ނ.މަނަދޫ
ޚުލާސާ މައުލޫމާތު | |
އަތޮޅު | މިލަދުންމަޑުލު ދެކުނުބުރި |
އޮންނަތަން | |
އަކަމިން | |
އާބާދީ | 2001 |
ދިގުމިން | 1650 m |
ފުޅާމިން | 950 m |
މާލެ އާއި ހުރި ދުރުމިން | 176 km |
އިދާރީ މައުލޫމާތު | |
ރަށު ކަތީބު | {{{island_chief}}} |
ރަށު އޮފީސް ފޯން ނަމްބަރު | 6560029 960+ |
ރަށު ފެކްސް ނަމްބަރު | 6560029 960+ |
މަނަދޫއަކީ ނ.އަތޮޅުގެ މެދުތެރޭގައި އިތުމަތީ ދުނީގައި އޮންނަރަށެކެވެ. ނ. އަތޮޅުގެ ވެރިކަންކުރާ ރަށަކީވެސް މަނަދޫއެވެ. މަނަދޫގެ އާބާދީގައި 2001 މީހުން ދިރިއުޅެމުންދާއިރު ތަރައްޤީގެގޮތުން މަސްވެރިކަންކުރުމާއި، ދަނޑުވެރިކަމާއި، ފަންގިވިނުން، ރޯނުވެށުމާއި، ގެދޮރު ޢިމާރާތްކުރުމާއި، އަދި ފަތުރުވެރިކަމުގެދާއިރާގައި މަސައްކަތްކުރާ ޢުމުރުގެ ގިނަ ބަޔަކު ހަރަކާތްތެރިވަމުންދެއެވެ. މަނަދޫގައިހުރި އަތޮޅުހޮސްޕިޓަލުން ދެވޭޚިދުމަތްތަކުގެތެރޭގައި ލޭއަޅައިދިނުމުގެ ޚިދުމަތް، އީ.ސީ.ޖީ. ހަދައިދިނުމުގެ ޚިދުމަތް، ލެބޯޓްރީގެ އެކިއެކި ޓެސްޓްތައް ހަދައިދިނުން، އެކިކަހަލަ ކުދިއޮޕަރޭޝަންތައް ކޮށްދިނުމުގެ ޚިދުމަތް، އަދި ތަފާތު ބަލިބައްޔަށް ފަރުވާދިނުން ހިމެނެއެވެ. މަނަދޫގައިހުންނަ ނ. އަތޮޅުމަދަރުސާއަކީ ގްރޭޑް 1 އިންފެށިގެން ގްރޭޑް 10 އަށް ތަޢްލީމްދެވެމުންދާ މަދަރުސާއެކެވެ. މިމަދަރުސާގައި ބޭރުރަށްރަށުގެ ކުދިންވެސް ތަޢްލީމް ޙާޞިލްކުރަމުންދެއެވެ. މަނަދޫއަކީ ސަރުކާރުން ފަޅުކޮނެ ބަނދަރު ހައްދަވައިދެއްވާފައިވާ ރަށެކެވެ. މަނަދޫއާ އެންމެކައިރިއަށް އޮންނަނީ މާފަރާއި މިލަދޫއެވެ.
މަނަދޫ ނިސްބަތްވަނީ މަނަދޫ ދާއިރާއަށެވެ.
މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލް އިދާރާ - ފޯނު ނަންބަރު: 6560012 / 6560028
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލް އިދާރާ - ފޯނު ނަންބަރު: 6560029
ނ. އަތޮޅު ހޮސްޕިޓަލް - ފޯނު ނަންބަރު: 6560037
ނ. އަތޮޅު އަތޮޅުމަދަރުސާ - ފޯނު ނަންބަރު: 6560003
ނ. މަނަދޫ ޕޮލިސް ސްޓޭޝަން - ފޯނު ނަންބަރު: 9792039
ނ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރ
ބޭންކް އޮފް މޯލްޑިވްސް ނ. މަނަދޫ ބްރާންޗް
ޕްރޮސެކިއުޓަރ ޖެނެރަލް ނ. ގޮފި
މަނަދޫ މެޖިސްޓްރޭޓް ކޯޓު - ފޯނު ނަންބަރު: 6560097
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އޮފީސް
ފެނަކަ މަނަދޫ ބްރާންޗް
ރަށުގެ ބޮޑުމިން: 116.92 ހެކްޓަރ
ދިގުމިން:1650މީޓަރ
ފުޅާމިން: 950މިޓަރ
މާލެއާ ދެމެދުގައި ހުރި ދުރުމިން: 175.72ކިލޯމީޓަރ
ލޮންޖިޓިއުޑް:73?24'38"E
ލެޓިޓިއުޑް: 05?45' 46"N
ރަށުގެ ފޯނު، ފެކްސް ނަމްބަރ: 6560029
ޕޯސްޓަލް ކޯޑު ނަންބަރު: 04110
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަކީ ތާރީޚީ ގޮތުން ބަލާއިރު އާސާރީ ތަރިކަތަކެއް ހުރި ރަށެއްކެވެ. ތާރީޚީ އާސަރުތައް ބެލެހެއްޓުމަށް ދޭންޖެހޭ ފަރުވާތެރިކަން ނުދިނުމުގެ ސަބަބުން އެތަންތަން ނެތިދަނީއެވެ. ގިނަ މީހުންނަކަށް މަނަދޫގައި ތާރީޚީ ތަރިކަތަކެއް ހުރިކަމެއްވެސް ނޭނގެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވާފައިވާ ދިވެހިރާއްޖޭގެ އާސާރީ ތަންތަނާބެހޭ މައުލޫމާތު ފޮތުގައި މަނަދޫގެ ބައެއް ތަންތަނުގެ ވާހަކަ ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް މާބޮޑު ތަފްސީލެއް ނެތެވެ. މި މަޒުމޫނުގައި މަނަދޫގެ ތާރީޚާއި ތާރީޚީ ތަރިކަތަކާމެދު ފުން ނަޒަރެއް ދެވޭނެއެވެ. މަނަދޫގައި އެންމެ ފަހުން ކަތީބުކަން ކުރެއްވީ މަނަދޫ މާލްރޯޑް އަލްފާޟިލް ސަޢީދު ޤާސިމެވެ. މަނަދޫއަީ ރައްޔިތުންގެ ފަރާތުން ކަރަންޓްގެ ޚިދުމަތް ދެމުންދިޔަ ރަށެކެވެ. ފެނެކައާ އިންޖީނުގެ ހަވާލުވިއިރު އެ އިންޖީނުގެއަކީ 24 ގަޑިއިރު ޚިދުމަތްދޭ އިންޖީނު ގެއެކެވެ. އެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރގެ ކެޕޭސިޓީއަކީ އޭރުގައި 68 ، 85 ، 40 ، 85 އެވެ. ފަހުން ފެނަކައިން ވަނީ ކަރަންޓްގެ ޚިދުމަތް ވަރަށް ބޮޑަށް ތަރައްޤީ ކޮށްފައެވެ.
ބޯހިމެނުން 2014: 677 އަނެހެން، 618 ފިރިހެން (ޖުމުލަ: 1295) / ބިދޭސީން: 23 އަންހެން، 78 ފިރިހެން (ޖުމުލަ 102 ބިދޭސީން)
ރަޖިސްޓްރީވެފައިވާ އާބާދީ 2017: 927 އަންހެން، 1013 ފިރިހެން (ޖުމުލަ: 1940)
ދިރިއުޅޭ އާބާދީ 2019: 957 އަންހެން، 1044 ފިރިހެން (ޖުމުލަ: 2001)
ޚާއްޞަ އެހީއަށް ބޭނުންވާ އާބާދީ: 14 އަންހެން، 16 ފިރިހެން (ޖުމުލަ: 30)
މަސްވެރިކަން
އިމާރާތް ކުރުމުގެ މަސައްކަތް
ވަޑާން ކުރުން
ދަނޑުވެރިކަން
ފަންގިވިނުން
ރޯނުވެށުން
ނ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މަނދޫ ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ ( ތާރީޚް ) ގައެވެ. ނ. އަތޮޅު ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވީ 18 ޑިސެމްބަރ 1990 ގައި އޭރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބުލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ޞިއްޙީ މަރުކަޒުގެ ކުރިން ހުރީ ހެލްތު ސެންޓަރެކެވެ. އެތަން ހުރީ ނ. އަތޮޅުގޭގެ ކުރިންމަތީގައެވެ. އޭރު އެތަނުގައި ހުންނަވަނީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެކެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި މިހާރު އެކްސްރޭގެ ޚިދުމަތާއި ލެބޯޓްރީ ޓެސްޓްތައް ކުރެވެއެވެ.
ގެވަޅުގެ ގޮތުގައި ދެވިފައިވާ ބިންބިމުގެ އަދަދު 319
ގެދޮރު އިމާރާތްކޮށްފައިވާ ތަންތަން 237
ގެދޮރު އިމާރާތް ނުކުރެވިހުރި ތަންތަން 1
މަނަދޫގައި ގެވަޅު ލިބެންހުރި އަދަދު 784
މިސްކިތް (އަންހެނުންގެ) 2
މިސްކިތް (ފިރިހެނުންގެ) 2
ސުނާމީ ކާރިސާ
2004 ޑިސެމްބަރ 26 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަނަދޫއަށްވެސް ރާޅު އަރާފައިވެއެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. އަދި ސުނާމީއާ ގުޅިގެން މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނުކަމަކަށްވެސް ރެކޯޑް ކުރެވިފައެއްނުވެއެވެ. ތިރީގައިވާ ފޮޓޯތަކަކީ ސުނާމީ ކާރިސާގައި މަނަދޫއަށް ސުނާމީ ރާޅު އެރިވަގުތުގެ ފޮޓޯތަކެކެވެ.
ނ. މަނަދޫގައި ތާރީޚީ ތަރިކަތަކެއް
އަބްދުﷲ ސަޢީދުގެ ހޯމްޕޭޖް
This article uses material from the Wikipedia ދިވެހިބަސް article މަނަދޫ (ނ. އަތޮޅު), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.