ޖަޒާއިރު

ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އަލްޖީރިއާ ނުވަތަ ޖަޒާއިރަކީ (ޢަރަބިބަހުން: الجزائر) އުތުރު އެފްރިކާއަށް ނިސްބަތްވާ ގައުމެކެވެ.

އަލްޖީރިއާއަކީ މެޑިޓެރޭނިއަން ސަރަޙައްދުގައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޤައުމެވެ. އަދި އެފްރިކާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ޤައުމު ވެސްމެއެވެ.

الجمهورية الجزائرية الديمقراطية الشعب
الجزائر   (Arabic)
ⵟⴰⴳⴷⵓⴷⴰ ⵜⴰⵎⴻⴳⴷⴰⵢⵜ ⵜⴰⵖⴻⵔⴼⴰⵏⵜ

ⵜⴰⵣⵣⴰⵢⵔⵉⵜ

ޖަޒާއިރު
Flag
Motto: " بالشّعب وللشّعب "  (Arabic)
"By the people and for the people"
Anthem: [[]]  (Arabic)
The Pledge
ޖަޒާއިރު
Location of Algeria
Capital
and largest city
Algiers
36°42′N 3°13′E / 36.700°N 3.217°E / 36.700; 3.217
Official languages ,Tamazight language|Tamazight]] Arabic
Second language French
Demonym Algerian
Government Semi-presidential republic
 -  President Abdelaziz Bouteflika
 -  Prime Minister Ahmed Ouyahia
Establishment
 -  Hammadid dynasty from 1014 
 -  Ottoman rule from 1516 
 -  French rule from 1830 
 -  Independence from France 5 July 1962 
Area
 -  Total 2,381,741 km2 (11th)
919,595 sq mi
 -  Water (%) negligible
Population
 -  2009 estimate 34,895,000
 -  1998 census 29,100,867
 -  Density 14.6/km2 (204th)
37.9/sq mi
GDP (PPP) 2008 estimate
 -  Total $233.479 billion (38th)
 -  Per capita $6,709 (88th)
GDP (nominal) 2008 estimate
 -  Total $159.669 billion (48th)
 -  Per capita $4,588 (84th)
Gini (1995)35.3
medium
HDI (2007)ޖަޒާއިރު 0.754
Error: Invalid HDI value · 104th
ކަރަންސީ Algerian dinar (DZD)
Time zone ފަންވަތް:Tz
 -  Summer (DST) not observed (UTC)
ޑްރައިވްސް right
Calling code 213
އިންޓަރނެޓް ޓީއެލްޑީ .dz

އަވަސް ކަޅިއަކުން ބަލައިލުމެއް

ޖަޒާއިރުގެ ރަސްމީ ބަހަކީ ޢަރަބިބަހެވެ. އިނގިރޭސި ބަހުން ޖަޒާއިރުގެ މީހުންނަށް ކިޔަނީ އަލްޖީރިއަންސްއެވެ. ޖަޒާއިރުގެ ދެވަނަ ބަހަކީ ފަރަންސޭސި ބަހެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަލްޖިއަރސްއެވެ. ޖަޒާއިރުގެ ވެރިރަށަކީ އަލްޖިއަރސްއެވެ. ޖަޒާއިރަކީ ސެމީ ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 35 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 35 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ dz. އެވެ. ކޯލިން ކޯޑަކީ +213 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އަލްޖީރިއަން ދީނާރެވެ.

ނަން

އަލްޖަޒާއިރުގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ ވެރިރަށް ކަމުގައިވާ އަލްޖިއަރސްއަށެވެ. މި ނަން އުފެދުނީ “ޖަޒާއިރު ބަނީ މަޒްޣަނާ” މި ނަމުންނެވެ. މީގެ މާނައަކީ ބަރްބަރީ ޤަބީލާ މަޒްޣަނާގެ ރަށެވެ. ކުރީ ޒަމާނުގައި ޖަޒާއިރުގެ ސަރަޙައްދަށް ކިޔާ ނަމަކީ ނުމީދިޔާއެވެ. ނުމީދިޔާގެ ސަރަޙައްދުގެ ތެރޭގައި ހިމެނެނީ މިހާރުގެ ތޫނިސްގެ ހުޅަނގާއި މިހާރުގެ މަޣުރިބުގެ އިރުމަތިވެސް އެކުލެވިގެންނެވެ.

ޖުޣުރާފީ

ޖަޒާއިރުގެ އިރު އުތުރުގައި އޮތީ ތޫނިސްއެވެ. އިރުމަތީގައި އޮތީ ލީބިޔާއެވެ. އިރުދެކުނުގައި އޮތީ ނީޖަރެވެ. ހުޅަނގު ދެކުނުގައި އޮތީ މާލީ އާއި މުރިޓާނިޔާއެވެ. ހަމައެހެންމެ ހުޅަނގު ސަހަރާގެ ބައެއްވެސް މިތަނުގައިވޭމެއެވެ. ހުޅަނގާއި ހުޅަނގު އުތުރުގައި އޮތީ މަޣުރިބެވެ. އުތުރުގައި އޮތީ މެޑިޓެރޭނިޔަން ކަނޑެވެ.

ތާރީޚު

މީގެ 10000 އަހަރު ކުރީއްސުރެ ޖަޒާއިރުގައި ބަރުބަރީން ވަނީ ދިރިއުޅެން ފަށާފައެވެ. ޢީސާގެފާނުގެ މީލާދުގެ 1000 އަހަރު ކުރީއްސުރެން ޤަރްޠާޖުން ވަނީ އައްސޭރި ފަށުގައި ދިރިއުޅެން ފަށާފައެވެ. ބަރުބަރީންނާއި ޤަރްޠާޖުންނާ ދެމެދު ހަނގުރާމަތަކެއް ހިނގުމަށްފަހު، ބަރުބަރީން ވަރަށް ވަރުގަދަ ރަސްކަމެއްގެ ގޮތުގައި ފާޅުވާން ފެށިއެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ނުމީދިޔާއެވެ. ޢީސާއީ މީލާދުގެ 200 އަހަރުކުރީން ރޫމާނީންގެ ބާރު މި ހިސާބުގައި ގަދަވެގެން ދިޔައެވެ. އެހެން ނަމަވެސް ހުޅަނގުގެ ރޫމާނީ އަމްބަރާޠޫރިއްޔަތު ބަލިކަށިވެގެން ދިއުމުން އަނެއްކާވެސް ބަރުބަރީންނަށް މިނިވަންކަން ލިބުނެވެ. އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވެ އިރުމަތީގެ ރޫމާނީ އަމްބަރާޠޫރިއްޔަތު ކަމުގައިވާ ބީޒަންޓައިން އެމްޕަޔަރގެ ދަށަށް ދިޔައެވެ. ޢަރަބީން މި ހިސާބަށް އަންނަންދެން މިތަން އޮތީ ބީޒަންޓައިން އެމްޕަޔަރގެ ދަށުގައެވެ.

ޑެމޮގްރަފިކްސް

ޖަޒާއިރަކީ އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ތަނެކެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ޢަރަބީންނާއި މިޞްރީންނާއި ޔޫނާނީންނާއި ޔޫރަޕީންގެ އިތުރުން ތުރުކީންނާއި ފީނީޤީން ވެސް ޖަޒާއިރުގެ މީހުންގެ ގޮތުގައި މިއަދު އެބަތިއްބެވެ. އެހެން ނަމަވެސް މިއަދު އެމީހުން ވާހަކަ ދައްކާ ބަހަކުން އެއީ މިވެނި ނަސްލެއްގެ ބައެއް ކަމެއް ނޭނގޭނެއެވެ. މިހެން ދެންނެވި ކަމުގައިވިޔަސް ބަރުބަރީ ބަހުން ވާހަކަ ދައްކާ ޤަބީލާ ބަރުބަރީން ކޮންމެވެސް ވަރަކަށް ފެންނާނެއެވެ.

ސަގާފަތު

ޖަޒާއިރުގެ އާބާދީގައި ހިމެނޭ ތަފާތު ނަސްލުތަކުގެ އަސަރު އެ ޤައުމުގެ ސަގާފަތަށް ވަރަށް ބޮޑު އަސަރެއް ފޯރުވާފައިވެއެވެ. މި ގޮތުން ފާހަގަކުރެވެނީ ފަރަންސޭސީންގެ ސަގާފަތުގެ އަސަރެވެ. ޖަޒާއިރުގެ ވަރަށް ގިނަ މީހުންނަކީ ފަރަންސޭސި ބަހުން ވާހަކަ ދައްކަން ދަންނަ މީހުންނެވެ. ފަރަންސޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާންއަކީ ޖަޒާއިރުގެ ދަރިކޮޅަކަށް ނިސްބަތްވާ ކުޅުންތެރިއެއްކަން ފާހަގަކުރެވެއެވެ.

އިޤްތިޞާދު

ޖަޒާއިރަކީ އިޤްތިޞާދީ ގޮތުން ރަނގަޅު ކުރިއެރުމެއް ހޯދަމުން އަންނަ ޤައުމެކެވެ. އެ ޤައުމުގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ފޮސިލް ފިއުލްގެ މައްޗަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 6709 ޑޮލަރެވެ.

Tags:

ޖަޒާއިރު އަވަސް ކަޅިއަކުން ބަލައިލުމެއްޖަޒާއިރު ނަންޖަޒާއިރު ޖުޣުރާފީޖަޒާއިރު ތާރީޚުޖަޒާއިރު ޑެމޮގްރަފިކްސްޖަޒާއިރު ސަގާފަތުޖަޒާއިރު އިޤްތިޞާދުޖަޒާއިރުArabic language

🔥 Trending searches on Wiki ދިވެހިބަސް:

ވައިޓް ހައުސްއެޕްރީލް 21ކޮރެޔާ ބަސްޑިސެމްބަރު 17އައިސްލަންޑަންކީރިތި ޤުރުއާންނޮވެމްބަރު 10ސަންތި ހެލީނާޗެނަލް ޓަނެލްޖެނުއަރީ 4ލޭމިލާރޑް ފިލްމޯރދިއްލީނޮވެމްބަރު 21ލީޝްތެންސްޓީންއިރުމަތީ ޓިމޯރުއޮގަސްޓު 31މާރޗް 22އޮގަސްޓު 15މެކްސިކޯޑެޑްސީދިވެސް އަކުރުކަށި އިނގިލިފޭސްބުކްމިޞްރުތުރުތުރުއަޅާ ބަލިޖުލައި 15ޖުލައި 21ފެބްރުއަރީ 30ސައޮ ތޯމޭ އަދި ޕުރިންސިޕޭChinaފެބްރުއަރީ 26ފެބްރުއަރީ 2ސެޕްޓެމްބަރު 16ޖަރުމަނުވިލާތްގުރަންދަނާމާއެޕްރީލް 30އޮގަސްޓު 3އިސްލާމްދީނުގެ ރުކުންތައްއޮގަސްޓު 24އަރޫބާWalter Mondaleމެޓަލިކާޙަޔާތުނާމާހަނދި އާއިލާ (މަސް)ފަރަންސޭސި ޕޮލިނޭޝިއާރީނދޫވުންގެރެންޑާއުރުދުންޗިން ޝީ ހުއަންގއެރިތުރިއާހަރިޔާނާސެޕްޓެމްބަރު 30ރަޝިޔަން ރޫބެލްރޭޑިއަސް ކަށިގަނޑުޑިސެމްބަރު 13މެއި 6ކާފޫރުކަދުރާޒެމްބިއާނޮވެމްބަރު 20ޖުލައި 26ކެލްވިން ކޫލިޖްކޭޕް ވާޑޭބަނޑޭރި ހަސަން މަނިކުފާނުބަޙްރައިންމެއި 10ވަނުއާޓޫޑިސެމްބަރު 21ނޮވެމްބަރު 262010އިލްޔާސް އިބްރާހީމް🡆 More