ޕެރަގުއޭ

ޕެރަގުއާއި އަކީ ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބިން ބަންދު ދެ ޤައުމުން އެއް ޤައުމެވެ.

މިފަދަ އަނެއް ޤައުމަކީ ބޮލީވިއާއެވެ.

Republic of Paraguay
República del Paraguay  ފަންވަތް:Langicon
Tetã Paraguái  ފަންވަތް:Langicon
ޕެރަގުއޭ ޕެރަގުއޭ
Flag Coat of arms
Motto: Paz y justicia  ފަންވަތް:Es icon
"Peace and justice"
Anthem: Paraguayos, República o Muerte  ފަންވަތް:Es icon
"Paraguayans, Republic or Death"
ޕެރަގުއޭ
Location of Paraguay
Capital
and largest city
Asunción
25°16′S 57°40′W / 25.267°S 57.667°W / -25.267; -57.667
Official languages
  • Spanish
  • Guaraní
  • Ethnic groups 95% mestizo, 5% other
    Demonym Paraguayan
    Government Constitutional presidential republic
     -  President Fernando Lugo
     -  Vice President Federico Franco
    Legislature Congress
     -  Upper house Chamber of Senators
     -  Lower house Chamber of Deputies
    Independence from Spain
     -  Declared May 14, 1811 
    Area
     -  Total 406,752 km2 (59th)
    157,048 sq mi
     -  Water (%) 2.3
    Population
     -  2009 estimate 6,349,000 (101st)
     -  Density 15.6/km2 (192nd)
    39/sq mi
    GDP (PPP) 2008 estimate
     -  Total $29.451 Billion
     -  Per capita $4,786
    GDP (nominal) 2008 estimate
     -  Total $28.006 Billion
     -  Per capita $2,601
    Gini (2002)57.8
    high
    HDI (2007)ޕެރަގުއޭ 0.761
    Error: Invalid HDI value · 101st
    ކަރަންސީ Guaraní (PYG)
    Time zone (UTC-4)
     -  Summer (DST)  (UTC-3)
    ޑްރައިވްސް right
    Calling code 595
    އިންޓަރނެޓް ޓީއެލްޑީ .py

    އަވަސް ކަޅިއަކުން ބަލައިލުމެއް

    ޕެރަގުއާއިގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހާއި ގުއަރާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕެރަގުއާޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަސުންސިލޯނެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ، ރިޔާސީ، ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 103 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 406752 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ py. އެވެ. ކޯލިން ކޯޑަކީ +595 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގުއަރާނީއެެވެ.

    ނަން

    ޕެރަގުއާއި ގެ ނަން ނެގިފައިވަނީ އެ ޤައުމާ ގުޅިފައި އޮތް ކޯރަކަށް ނިސްބަތް ކޮށެވެ. “ޕެރަ” މި ބަހުގެ މާނައަކީ ވަރަށް ގިނަ ކުލަތަކުގެ. އެވެ. “ގުއާ” ގެ މާނައަކީ އެތަނަށް ނިސްބަތްވާ. އެވެ. “އި” ގެ މާނައަކީ ކޯރު ނުވަތަ ފެންގަނޑެވެ.

    ޖުޣުރާފީ

    ޕެރަގުއޭގެ ދެކުނާއި ހުޅަނގު ދެކުނުގައި އޮންނަނީ އާޖެންޓީނާއެވެ. އިރުމައްޗާއި އިރު އުތުރުގައި އޮންނަނީ ބްރެޒީލެވެ. ހުޅަނގު އުތުރުގައި އޮންނަނީ ބޮލީވިއާއެވެ. އެމެރިކާ ބައްރުގައި ޕެރަގުއޭ އޮންނަ މަޤާމުގެ ސަބަބުން ގިނަ ފަހަރަށް ޕެރަގުއޭއަށް ކިޔައި އުޅެނީ ވެސް އެމެރިކާގެ ހިތެވެ.

    =ތާރީޚު

    ޕެރަގުއާއިގެ ސަރަޙައްދަކީ ވަރަށް ކުރީއްސުރެ އިންސާނުން ދިރިއުޅެން ފަށާފައިވާ ސަރަހައްދެކެވެ. އެމެރިކާ އާއި ދެކުނު އެމެރިކާގެ އެހެން ޤައުމުތައް ފަދައިން ޕެރަގުއާއި ގައި ވެސް ދިރިއުޅެމުން ދިޔައީ އެމެރިންޑިޔަނުންނެވެ. މިއީ ޔޫރަޕުގެ މީހުން އެމެރިކާ ބައްރަށް ވަދެގަތުމުގެ ކުރީންނެވެ. ބައެއް ތަންތަނުގައި ޔޫރަޕުގެ މީހުންނާއި އެމެރިންޑިޔަނުން މަސްހުނިވުމުގެ ކަންތައް ހިނގާފައިވަނީ ތަންކޮޅެއް ކުޑަކޮށެވެ. އެހެން ނަމަވެސް ބައެއް ތަންތަނުގައި ވަރަށް ބޮޑަށް މި މަސްހުނިވުން ފާހަގަކުރެވެއެވެ. ޕެރަގުއާއި އަކީ މިފަދަ އެއް ޤައުމެވެ. ޔޫރަޕުގެ މީހުން މި ސަރަޙައްދަށް ފުރަތަމަ އައިސްފައިވަނީ ސޯޅަވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އަސުންސިލޯން ޝަހަރު ބިނާކުރެވުނީ 15 އޯގަސްްޓް 1537 ގައެވެ. މި ޝަހަރު ވެގެން ދިޔައީ އިސްޕޭނު މީހުންގެ ހުރިހާ ފައްނުތަކެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެމެރިކާ ބައްރުން ފެނިގެން ދިޔަ އެެއް ޝަހަރެވެ. ޕެރަގުއާއިގެ ތާރީޚަށް ބަލާއިރު، މި ޤައުމު ފާހަގަވެފައިވަނީ އަވަށްޓެރި ޤައުމުތަކާ ވަރަށް ގިނައިން ހަނގުރާމަކޮށްފައިވާ ޤައުމެއްގެ ގޮތުގައެވެ. މިހެން މިކަން ދިމާވުމުގެ އެންމެ މައިގަނޑު ސަބަބަކީ އެ ޤައުމަކީ ބިންބަންދު ޤައުމަކަށް ވުމުގެ ސަބަބުން އެހެން ޤައުމުތަކުގެ ތެރެއިން ލާފައި ނޫން ގޮތަކަށް ކަނޑާ ހަމަޔަށް ނުދެވޭތީ، ކަނޑު މަގެއް ހޯދުން ކަމަށް ބައެއް މުޙައްލިލުން ލަފާ ކުރައްވައެވެ. ޕެރަގުއާއި އަށް ސްޕެއިންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 14 މެއި 1811 ގައެވެ.

    ޑެމޮގްރަފިކްސް

    ޕެރަގުއާއިއަކީ ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ މަސްހުނިވުން ބޮޑު އެއް ޤައުމެވެ. ނަތީޖާއެއްގެ ގޮތުން ޕެރަގުއާއިގެ އާބާދީގެ 95% އަކީ މެސްޓިޒޯއިންނެވެ. ނުވަތަ ޔޫރަޕު މީހުންނާއި އެމެރިންޑިޔަނުން އިނދެގެން ލިބިފައިވާ ދަރީންގެ ދަރިކޮޅެވެ. ސަގާފަތު ޕެރަގުއާއިއަކީ މުޅި ދެކުނު އެފްރިކާގައި ވެސް އޮތް އެންމެ ހޯމޯޖީނަސް އެއް ޤައުމެވެ. އެހެން ކަމުން ޕެރަގުއާއިގެ ސަގާފަތުން މިކަމުގެ އަސަރު ފެނިގެންދެއެވެ. އެމެރިންޑިޔަނުންނާއި ސްޕެނިޝް ނުވަތަ ޔޫރަޕުގެ މީހުންގެ މަސްހުނި ސަގާފަތް އެންމެ ބޮޑަށް ފެންނަ ޤައުމަކީ ވެސް ޕެރަގުއާއިއެވެ.

    އިޤްތިޞާދު

    ޕެރަގުއާއި އަކީ ތަރައްޤީ ވަމުން އަންނަ ޤައުމެކެވެ. ދެކުނު އެމެރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ފަޤީރު ޤައުމަކީ ވެސް ޕެރަގުއާއިއެވެ. ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ދިރިއުޅެވޭ ޝަހަރަކީ ވެސް ޕެރަގުއާއިގެ ވެރިރަށް އަސުންސިއޯނެވެ. މި ގޮތުގައި އެ ޝަހަރު އޮންނަތާ ފަސްވަރަކަށް އަހަރުވަނީވެފައެވެ. ޕެރަގުއާއިގެ އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން ދަނީ އެ ޤައުމުގެ ދަނޑުވެރިކަމުގެ ޞިނާޢަތެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4786 ޑޮލަރެވެ.

    Tags:

    ޕެރަގުއޭ އަވަސް ކަޅިއަކުން ބަލައިލުމެއްޕެރަގުއޭ ނަންޕެރަގުއޭ ޖުޣުރާފީޕެރަގުއޭ =ތާރީޚުޕެރަގުއޭ ޑެމޮގްރަފިކްސްޕެރަގުއޭ އިޤްތިޞާދުޕެރަގުއޭ

    🔥 Trending searches on Wiki ދިވެހިބަސް:

    ބިންފެބްރުއަރީ 13މާރޗް 24އެޕްރީލް 23އޮސްޓްރިއާރޫސީވިލާތްޖީޒާގެ ޕިރަމިޑްޢުމަރު ޔަރުޢަދުއާފެބްރުއަރީ 28ޖުލައި 21އެސޯސިއޭޓެޑް ޕްރެސްމެއި 26ނޯވޭއެޒިތުރޯމައިސިންކެންސަރުކޮކާ ކޯލާޑިސެމްބަރު 4ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްޖެނުއަރީ 4ޖިމީ ކާރޓަރޓީ ލިމްފަސައިޓްޒަކަރީ ޓޭއިލޯރގިނިހިލަނެދަލޭންޑުބެންޖަމިން ހެރިސަންއިޓަލީނޮވެމްބަރު 10ލަޑިމިއަރ ޕޫޓިންމާރޗް 29ހަޖަމުކުރާ ނިޒާމްކަޒިރަންގާ ގައުމީ ޕާރކްއޮގަސްޓު 31ޖޫން 11ފަރަންސޭސިވިލާތްޑިސެމްބަރު 5ސުލޮވީނިއާޑޭވިޑް ވުޑާޑްކޮލަންބިއާޖޯޖް ހާރބަޓް ވޯކަރ ބުޝްއޮކްޓޫބަރު 14ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުޖޫންމެޓަލިކާބެލްގޮރޯޑް ސަރަހައްދުގައެވެފެބްރުއަރީ 26މާމަގުޕިޓަކިރިން ޖަޒީރާއައްޓަމަސް އާއިލާ (މަސް)ޖުލައި 4އޮގަސްޓު 3ވެރިރަށްފެބްރުއަރީ 8ހަކުރު ބަލީގެ ފުރަތަމަ ވައްތަރުމެއި 30ޖަންބުއެޕްރީލް 9ޖިއްދާޑިސެމްބަރު 1އުއްދަނޑިސެޕްޓެމްބަރު 4އެޕްރީލް 3ލުފައިޒުރުމޭނިއާޖޫން 13އެޕްރީލް 25މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުޖެނުއަރީ 27ފާރިސީޓޯކިޔޯފީޒިޔާއީ އިލްމުސަންތި ހެލީނާޖުލައި 13ސެޕްޓެމްބަރު 2ބޫޓާންމާރޗް 11🡆 More