ޕަޕުއާ ނިއު ގިނީ

ޕަޕުއާ ނިއު ގިނީއަކީ އޯޝަނިޔާ ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

މި ޤައުމަކީ އާބާދީގެ ތަރުތީބަށް ބަލާއިރު، ދުނިޔޭގައި 100 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެހެން ކަމުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަތޭކަ ޤައުމުގެ ލިސްޓުގެ އެންމެ ފަހަތުގައި އޮތް ޤައުމަކީ ވެސް ޕަޕުއާ ނިއު ގިނީއެވެ.

Independent State of Papua New Guinea
Independen Stet bilong Papua Niugini
ޕަޕުއާ ނިއު ގިނީ
Flag
Motto: Unity in diversity
Anthem: O Arise, All You Sons
ޕަޕުއާ ނިއު ގިނީ
Location of Papua New Guinea
Capital
and largest city
Port Moresby
9°30′S 147°07′E / 9.500°S 147.117°E / -9.500; 147.117
Official languages English, Tok Pisin, Hiri Motu
Demonym Papua New Guinean
Government Federal Constitutional Monarchy and Parliamentary Democracy
 -  Monarch Queen Elizabeth II
 -  Governor-General Sir Paulias Matane
 -  Prime Minister Sir Michael Somare
Independence From Australia
 -  Self-governing 1 December 1973 
 -  Independence 16 September 1975 
Area
 -  Total 462,840 km2 (54th)
178,703 sq mi
 -  Water (%) 2
Population
 -  2009 estimate 6,732,000 (100th)
 -  2000 census 5,190,783
 -  Density 14.5/km2 (201st)
37.7/sq mi
GDP (PPP) 2008 estimate
 -  Total $13.064 billion
 -  Per capita $2,108
GDP (nominal) 2008 estimate
 -  Total $8.092 billion
 -  Per capita $1,306
Gini (1996)50.9
high
HDI (2009)ޕަޕުއާ ނިއު ގިނީ 0.541
Error: Invalid HDI value · 148th
ކަރަންސީ Papua New Guinean kina (PGK)
Time zone AEST (UTC+10)
 -  Summer (DST) not observed (as of 2005) (UTC+10)
ޑްރައިވްސް left
Calling code +675
އިންޓަރނެޓް ޓީއެލްޑީ .pg

އަވަސް ކަޅިއަކުން ބަލައިލުމެއް

ޕަޕުއާ ނިއު ގިނީގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ތޮކް ޕިސިން ބަހާއި ހިރި މޮތު ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޕަޕުއާ ނިއު ގިނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޕޯޓް މޮރެސްބީ ޝަހަރެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ފެޑެރަލް ދުސްތޫރީ ރަސްކަމެކެވެ. އެހެނީ ޕަޕުއާ ނިއު ގިނީއަކީ ކޮމަންވެލް^ް ރިއަލްމެކެވެ. މިއީ މިނިވަން ޤައުމެއް ކަމުގައި ވިޔަސް ދައުލަތުގެ ވެރިޔަކީ އިނގިރޭސި ރާނީ ކްއީން އެލިޒަބަ^ް 2 ވަނައެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 100 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 462840 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ pg. އެވެ. ކޯލިން ކޯޑަކީ +675 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކީނާއެވެ.

ނަން

ޕަޕުއާ ނިއު ގިނީގެ ރަސްމީ ނަމަކީ އިންޑިޕެންޑެންޓް ސްޓޭޓް އޮފް ޕަޕުއާ ނިއު ގިނީއެވެ.

ޖުޣުރާފީ

ޕަޕުއާ ނިއު ގިނީގެ އެއްބަޔަކީ ނިއު ގިނީ ޖަޒީރާގެ އިރުމަތީ ބައެވެ. މި ޖަޒީރާގެ ހުޅަނގު ބައި އޮންނަނީ އިންޑޮނޭޝީޔާގެ ބައެއްގެ ގޮތުގައެވެ. އެއީ އިންޑޮނޭޝިޔާގެ ޕަޕުއާ ޕްރޮވިންސާއި ވެސްޓް ޕަޕުއާ ޕްރޮވިންސުގެ ގޮތުގައެެވެ.

ތާރީޚު

އާސާރީ ހެކިތަކުން ފެންނަ ގޮތުގައި މީގެ 50000 އަހަރު ކުރީން ވެސް ޕަޕުއާ ނިއު ގިނީ ސަރަޙައްދުގައި މީހުން ދިރިއުޅެފައިވެއެވެ. ތާރީޚު ޢިލްމުވެރީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި ޕަޕުއާ ނިއު ގިނީގައި އިންސާނުން އާބާދުވެފައިވާނީ އޮސްޓްރޭލިޔާއާ އެއް ދުވަސްވަރެއްގައެވެ. ޕަޕުއާ ނިއު ގިނީ ކުރީން އޮތީ އޮސްޓްރޭލިޔާގެ ވެރިކަމުގެ ދަށުގައެވެ. އޮސްޓްރޭލިޔާގެ ސީދާ ވެރިކަމުގެ ދަށުން ނެއްޓި ޒާތީ ވެރިކަމެއް ކުރުމުގެ ފުރުޞަތު އެ ޤައުމަށް ލިބިގެން ދިޔައީ 1 ޑިސެންބަރު 1973 އިން ފެށިގެންނެވެ. މިނިވަންކަން ލިބުނީ 16 ޑިސެންބަރު 1975 ގައެވެ.

ޑެމޮގްރަފިކްސް

މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް އެންމެ ނަސްލުތަކުގެ ތަފާތު ބޮޑު އެއް ޤައުމުގެ ތެރޭގައި ޕަޕުއާ ނިއު ގިނީ ހިމެނޭނެއެވެ. ޕަޕުއާ ނިއު ގިނީގެ އަދިވާސީން ކަމުގައި ހިމެނޭ އެތައް ސަތޭކަ ނަސްލެއްގެ މީހުން މިއަދު ވެސް އެ ބިމުގައި ދިރިއުޅެމުން އެބަ ގެންދެއެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ނެތް ވަރަށް ތަފާތު ބަސްބަހުން މޮށި އުޅޭ މީހުން ޕަޕުއާ ނިއު ގިނީގައި އެބަ ތިއްބެވެ. މި ގޮތުން ތަފާތު 820 އަދިވާސީ ބަސް ފާހަގަ ކުރެވިފައިވެއެވެ. އެހެން ކަމުން މުޅި ދުނިޔޭގައި މޮށިއުޅޭ ބަސްތަކުގެ ތެރެއިން 12% ބަސް ނިސްބަތްވަނީ ޕަޕުއާ ނިއު ގިނީއަށެވެ. ޕަޕުއާ ނިއު ގިނީގައި ތަޢުލީމު ދެވެނީ އިނގިރޭސި ބަހުންނެވެ. އެހެން ނަމަވެސް މިއީ އެހައި ޢާއްމު ބަހެއް ނޫނެވެ. ޕަޕުއާ ނިއު ގިނީ ގައި މިއަދު އެންމެ ގިނަ މީހުން މޮށިއުޅޭ ބަހަކީ ތޮޮކް ޕިސިން ބަސް ނުވަތަ ނިއު ގިނީ ޕިޑްގިން ބަހެވެ. މިއީ މި ޤައުމުގެ ރަސްމީ ބަސްތަކުގެ ތެރޭގައި ހިމެނޭ ބަހެކެވެ. މި ބަސް އެންމެ ޢާއްމު ނޫން ސަރަޙައްދަކީ ޕަޕުއާގެ ދެކުނު ސަރަޙައްދެވެ. މި ސަރަޙައްދުގައި މޮށި އުޅޭ ޢާއްމު ބަހަކީ ހިރި މޮތު ބަހެވެ. މިއީ ވެސް ޤައުމުގެ ރަސްމީ ބަހެކެވެ. ވަނުއާޓޫ ފިޔަވައި މުޅި ދުނިޔޭގައި ވެސް މޮށިއުޅޭ ބަސްތަކުގައި އެންމެ ތަފާތު އަދި އެންމެ ގިނަ ބަސްބަހުން މޮށިއުޅޭ ތަނަކީ ޕަޕުއާ ނިއު ގިނީއެވެ.

ސަގާފަތު

ޕަޕުއާ ނިއު ގިނީގައި ތަފާތު 1000 އެއް ހައި ސަގާފީ ގުރޫޕު ދިރިއުޅޭ ކަމަށް ބެލިފައިވެއެވެ. ޕަޕުއާ ނިއު ގިނީ އަކީ ސަގާފީ ގޮތުން އެތަކެއް ތަފާތު ހުރި، އެތައް ނަސްލެއްގެ މީހުން ދިރިއުޅެމުންދާ ތަނެއް ކަމުން، މި ތަނަކީ ދުނިޔޭގައި އެންމެ ބޮޑަށް ސަގާފީ މުއްސަނދިކަން ލިބިފައިވާ އެއް ތަނުގެ ގޮތުގައި ބެލެވިފައިވެއެވެ.

އިޤްތިޞާދު

ޕަޕުއާ ނިއު ގިނީ އަކީ ޤުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. އެހެން ނަމަވެސް ޤައުމުގެ ހިންގުމުގެ ކަންތައް ދޯހަޅިވުމުގެ ސަބަބުން އެކަމުގެ އަސަރުވަނީ އިޤްތިޞާދަށް ކޮށްފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2108 ޑޮލަރެވެ.

ރިފަރެންސް

Tags:

ޕަޕުއާ ނިއު ގިނީ އަވަސް ކަޅިއަކުން ބަލައިލުމެއްޕަޕުއާ ނިއު ގިނީ ނަންޕަޕުއާ ނިއު ގިނީ ޖުޣުރާފީޕަޕުއާ ނިއު ގިނީ ތާރީޚުޕަޕުއާ ނިއު ގިނީ ޑެމޮގްރަފިކްސްޕަޕުއާ ނިއު ގިނީ ސަގާފަތުޕަޕުއާ ނިއު ގިނީ އިޤްތިޞާދުޕަޕުއާ ނިއު ގިނީ ރިފަރެންސްޕަޕުއާ ނިއު ގިނީ

🔥 Trending searches on Wiki ދިވެހިބަސް:

ބްރަސީލިއާބޮލުގެ ނާށިގަނޑުޖޫން 14އޮގަސްޓު 12ޖުލައި 22ހޮންކޮންގުއޮކްޓޫބަރު 17ޑާކާއޮގަސްޓު 29ބަންގާޅުބެކްޓީރިޔާޖީޒާގެ ޕިރަމިޑްޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް2003ރަޝިޔަން ރޫބެލްޑިސެމްބަރު 13ޖަންބުސުލޮވީނިއާއިންޑިޔާގެ އިޤްތިޞާދުއެޕްރީލް 23އިކުއެޑޯރުސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުމަސްތަކާޖުލައި 5އެޕްރީލް 18ޖޫން 5އޮގަސްޓުބްރޫކްލީން ބްރިޖްޑިސެމްބަރު 24ޖުމްހޫރީ ޗައިނާމެއި 22ދިއްލީChinaފިޑެލް ކާސްޓްރޯނޮވެމްބަރު 20ލޭބެންޖަމިން ހެރިސަންމައްކީ އާއި މަދަނީ ސޫރަތްނޮވެމްބަރު 26އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރއޮކްޓޫބަރު 11އޮގަސްޓު 18ޖުލައި 1ޖުލައިޕިޓަކިރިން ޖަޒީރާއޮގަސްޓު 22މާރޗް 8ޖެނުއަރީ 4ޖުލައި 21ދުނިޔެބުދަ ދުވަސްޖިމީ ކާރޓަރމާރޗް 4ގޫގްލްދިވެހި އަދަބީ ތާރީހްހުތް އަލީ ދީދީހަކުރު ބަލީގެ ފުރަތަމަ ވައްތަރުޙަޔާތުނާމާމާރޗް 29އެޕްރީލް 26ބަންފު ޤައުމީ ޕާކުބާމިއުޑާޖޫން 7އިސްޕެއިންއެޕްރީލް 28އޮގަސްޓު 15ނަރަކަނޮވެމްބަރު 21ގުރުދާއެއިޑްސް ބަލިއޮގަސްޓު 19ފެބްރުއަރީ 9🡆 More