ތޫނިސް

ޓިއުނީޝިޔާ ނުވަތަ ތޫނިސްއަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ އުތުރަށް އޮތް ޤައުމެވެ.

Tunisian Republic
الجمهورية التونسية
al-Jumhūriyya at-at-Tūnisiyya
ތޫނިސް ތޫނިސް
Flag Coat of arms
Motto: حرية، نظام، عدالة (Hurriya, Nidham, 'Adala)
"Liberty, Order, Justice"
Anthem: Humat Al Hima
ތޫނިސް
Location of Tunisia
ތޫނިސް
Location of Tunisia
Capital
and largest city
Tunis
36°50′N 10°9′E / 36.833°N 10.150°E / 36.833; 10.150
Official languages Arabic
Second language French
Demonym Tunisian
Government Republic
 -  President Kais said
 -  Prime Minister Elyes Fakhfakh
Independence
 -  from France March 20, 1956 
Area
 -  Total 163,610 km2 (92nd)
63,170 sq mi
 -  Water (%) 5.0
Population
 -  July 1, 2009 estimate 10,432,500 (79th)
 -  2004 census 9,910,872
 -  Density 63/km2 (133rd (2005))
163/sq mi
GDP (PPP) 2008 estimate
 -  Total $82.636 billion
 -  Per capita $8,002
GDP (nominal) 2008 estimate
 -  Total $40.843 billion
 -  Per capita $3,955
Gini (2000)39.8
medium
HDI (2007)ތޫނިސް 0.769
Error: Invalid HDI value · 98th
ކަރަންސީ Tunisian dinar (TND)
Time zone CET (UTC+1)
 -  Summer (DST) not observed (UTC+1)
ޑްރައިވްސް right
Calling code 216
އިންޓަރނެޓް ޓީއެލްޑީ .tn

އަވަސް ކަޅިއަކުން ބަލައިލުމެއް

ތޫނިސްގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. ދެވަނަ ބަހެއްގެ ގޮތުގައި ގެންގުޅެނީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޓިއުނީޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތޫނިސްއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 79 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. އިންޓަނެޓް ކޯޑަކީ tn. އެވެ. ކޯލިން ކޯޑަކީ +216 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ނަން

ތޫނިސްއަށް ކިޔާ ނަން ކަމުގައިވާ ތޫނިސް ނެގިފައިވަނީ، މި ޒަމާނުގެ ތޫނިސްގެ ވެރިރަށް ކަމުގަައިވާ ރަށަށް ނިސްބަތްކޮށެވެ. އިނގިރޭސީން މި ޤައުމަށް ކިޔަނީ ޓިއުނީޝިޔާއެވެ. އެއީ ފަރަންސޭސި ބަހުން ކިޔާޤ ނަމުގެ ފަހަތަށް އައި.އޭ އިތުރުކޮށްގެން ކިޔާފައިވާ ނަމެކެވެ. މިއީ ފީނީޤީންގެ ކަލާނގެއެއް ކަމުގައިވާ ތާނިސް ނުވަތަ ތޫނިސްއަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ޖުޣުރާފީ

ޓިއުނީޝިޔާ ނުވަތަ ތޫނިސް އޮންނަނީ އެފްރިކާ ބައްރުގެ އުތުރު ބިތުގައި މެދުތެރޭ ކަނޑުގެ އައްސޭރީގައެވެ. އެޓްލާންޓިކް ކަނޑާއި ނީލުގެ ވާދީއާ ގާތްގަނޑަކަށް މެދުގައެވެ. ތޫނިސްގެ ހުޅަނގުގައި އޮތީ ޖަޒާއިރެވެ. އިރުދެކުނުގައި އޮތީ ލީބިޔާއެވެ. ތޫނިސްއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އެ ޤައުމަކީ ޤުދުރަތީ ވަސީލަތްތައް ވަރަށް ވެސް މުއްސަނދި ޤައުމެކެވެ.

ތާރީޚު

ފެންނަން ހުރި ތާރީޚަށް ބަލާއިރުގައި ތޫނިސްގައި އެންމެ ފުރަތަމަ ވަ×ަންވެރިވެފައިވަނީ ބަރްބަރީ ޤަބީލާތަކަށް ނިސްބަތްވާ މީހުންނެވެ. ޢީސާއީ މީލާދުގެ 10 ޤަރުނު ކުރީގައި ފީނީޤީން ވަނީ އައްސޭރި ފަށުގައި ދިރިއުޅެން ފަށާފައެވެ. ޤަރްޠާޖް ޝަހަރަކީ މީލާދުގެ ކުރީގެ 9 ވަނަ ޤަރުނުގައި މިއަދުގެ ލުބުނާން ހިސާބުން އައި ވަޒަންވެރީން ބިނާ ކުރި ޝަހަރެކެވެ. ފީނީޤީންގެ އިތުރުން އެހެން ކަންޢާނީން ވެސް ވަނީ މި ސަރަޙައްދަށް އައިސް ވަޒަންވެރިވެފައެވެ. ޔޫނާނީންގެ ސިސިލީ އާ އެކު ކުރެވުނު ގިނަ ހަނގުރާމަތަކަކަށް ފަހުގައި ޤަރްޠާޖްގެ ބާރު ގަދަވެގެން ދިޔައެވެ. އަދި މިއީ ހުޅަނގު މެޑިޓެރޭނިޔަން ސަރަޙައްދުގައި އޮތް އެންމެ ވަރުގަދަ ބާރަށް ވެސް ވެގެން ދިޔަމެއެވެ. މީލާދީން 8 ވަނަ ޤަރުނާ ހަމައަށް އައި އިރު މި ސަރަޙައްދު އޮތީ މުސްލިމުންނަަށް ފަތަޙަވެފައިވާ ތަނެއްގެ ގޮތުގައެވެ. ތޫނިސްގެ މަޝްހޫރު ޝަހަރެއް ކަމުގައިވާ ޤައިރްވާން ބިނާ ކުރީ މުސްލިމް ޢަރަބީންނެވެ. މިއީ މުޅި އުތުރު އެފްރިކާގައި ވެސް އުފެދުނު އެންމެ ފުރަތަމަ އިސްލާމީ ޝަހަރެވެ.ތޫނިސްއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 20 މާރިޗް 1956 ގައެވެ.

ޑެމޮގްރަފިކްސް

މިއަދުގެ ޓިއުނީޝިޔާގެ އާބާދީގެ 98% މީހުންނަކީ ޢަރަބީންނެވެ. ނުވަތަ މުސްތަޢުރިބު ޢަރަބީން ކަމުގައިވާ ބަރްބަރީންނެވެ. އެމީހުން ވާހަކަ ދައްކަނީ ޢަރަބި ބަހުގެ ލަހެޖާތަކުގެ ތެރެއިން ތޫނިސްގެ ލަހެޖާއިން ނުވަތަ ޑައިލެކްޓުންނެވެ. މިއަދު މި ސަރަޙައްދުގައި ބަރްބަރީންގެ ގޮތުގައި ތިބީ އެންމެ 1% މީހުންނެވެ. ގާތްގަނޑަކަށް 1% ގެ މީހުންނަކީ އިޓަލީ އަދި ފަރަންސޭސިވިލާތުން އައިސްތިބި މީހުންނެވެ.

ސަގާފަތު

ތޫނިސްގެ ތާރީޚަށް ބަލާއިރު އެ ޤައުމާ ގުޅިފައިވާ ހާދިސާތަކުގެ ސަބަބުން އެ ޤައުމުގެ ސަގާފަތަށް ވަރަށް ބޮޑު އަސަރުތަކެއް ފޯރުވާފައިވެއެވެ. މީގެ ތެރޭގައި ފީނީޤީންނާއި، ރޯމަނުންނާއި ވެންޑަލްއިންނާއި. ބައިޒަންޓީނުންނާއި، ޢަރަބީންނާއި ތުރުކީންގެ އިތުރުން ސްޕެނިޔަރޑުންނާއި ފަރަންސޭސީންގެ ސަގާފަތްތަކުގެ އަސަރު ވެސް ތޫނިސްގެ ސަގާފަތަށް ފޯރާފައިވެއެވެ.

އިޤްތިޞާދު

ޓިއުނީޝިޔާގެ އިޤްތިޞާދުގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން މައިންކުރުމާއި ތަކެއތި އުފެއްދުމުން ހިމެނެއެވެ. ތެލާއި ފަތުރުވެރިކަމަކީ ވެސް މި ޤައުމުގެ އިޤްތިޞާދުގައި މުހިއްމު ދައުރުތަކެއް ކުޅެމުން އަންނަ ކަންކަމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8002 ޑޮލަރެވެ.

Tags:

ތޫނިސް އަވަސް ކަޅިއަކުން ބަލައިލުމެއްތޫނިސް ނަންތޫނިސް ޖުޣުރާފީތޫނިސް ތާރީޚުތޫނިސް ޑެމޮގްރަފިކްސްތޫނިސް ސަގާފަތުތޫނިސް އިޤްތިޞާދުތޫނިސް

🔥 Trending searches on Wiki ދިވެހިބަސް:

ލޭގެ ހުދު ސެލްއަލްޤާޒީ އައްސައްޔިދު ޙުސައިން ޢަފީފުއްދީންސެޕްޓެމްބަރު 9ޕެރަސެޓަމޯލްޖެނުއަރީ 14ސުލްޠާން ޙަސަން ޢިއްޒުއްދީންބާޑީގޭ މުޙައްމަދު އަޙުމަދުދީދީSay it in Dhivehi/Mahlފެބްރުއަރީ 28މައިފަލައަގީދާމޮލިބްޑިނަމްFlag of Nigeriaސިންގަޕޫރުސޮލޮމޮން ޖަޒީރާފެޑެރަލް ޖުމްހޫރިއްޔާލޫޓީއިނައިޒިންގ ހޯރމޯންދިވެހިބަސްޢަލީ އަޙުމަދުAlphabetic contentsވިލާތު ބަށިމިލާރޑް ފިލްމޯރކަޒަކިސްތާންރަތުލޯއެމްޕައަރ ސްޓޭޓް ބިލްޑިންގޖުޒުރުޤަމަރުސޫރިޔާޓްރައި އަޔޯޑޯ ތައިރޮނީންކަރައިވަރުނާލާފުށި (މ. އަތޮޅު)ޓުރާންސްނިސްޓުރިއާއެޕްރީލް 22މެލޭޝިޔާނޭޕާލްއޮށަނިނިލަންދެއަތޮޅު ދެކުނުބުރިސެޕްޓެމްބަރު 1މެޓަލިކާޢުލޫމުލްއިސްލާމްކިއުބާއޮގަސްޓު 1ޢުމަރުގެފާނުލަވަމީދޫ (ރ. އަތޮޅު)ފިންލޭންޑްޔޫ.ޓީ.ސީ.ބޮޓުސްވާނާޝަހީދު ކުޑަ އާދަމް ކުޑަ ތުއްތުފަޚްރުއްދީން އަޙްމަދުދިއްދޫ (ހއ. އަތޮޅު)އަލްއިސްލާހުމެއި 17ހަތިފުށި (ހއ. އަތޮޅު)ބޫޓާންމެސެޑޯނިއާމެއި 19ކަލާމްރެހެނދި ޚަދީޖާނިއުދިއްލީދާނެސްނާމާޑިސެމްބަރު 23އެޕްރީލް 15ބޮލީވިއާލަޑިމިއަރ ޕޫޓިންޝާހުރުކް ޚާންނިއުޒިލޭންޑުއޮގަސްޓު 30🡆 More