މައުރިބު

ކިންގްޑަމް އޮފް މޮރޮކޯ ނުވަތަ މަޣުރިބަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

Kingdom of Morocco
المملكة المغربية
al-Mamlaka al-Maġribiyya
މައުރިބު މައުރިބު
Flag Coat of arms
Motto: "Allāh, al Waṭan, al Malik"  (transliteration)
"God, Nation, King"
Anthem: "Hymne Chérifien"
Map of the Kingdom of Morocco
Map of the Kingdom of Morocco
Map of the Kingdom of Morocco
CapitalRabat
34°02′N 6°51′W / 34.033°N 6.850°W / 34.033; -6.850
Largest city Casablanca
Official languages Amazigh language and Arabic
Second language French
Ethnic groups Arab-Berber 99.1%, other 0.7%, Jewish 0.2%
Demonym Moroccan
Government Constitutional monarchy
 -  King Mohammed VI
 -  Prime Minister Abbas El Fassi
Unification 1554
 -  Unified by Saadi dynasty 1554 
 -  Alaouite dynasty (present) 1666 
 -  Independence from France March 2, 1956 
 -  Independence from Spain April 7, 1956 
Area
 -  Total 446,550 km2 (57th)
172,414 sq mi
 -  Water (%) 250km² (0,056%)
Population
 -  2009 estimate 31,993,000 (37th)
 -  2004 census 29,680,069
 -  Density 71.6/km2 (122nd)
185.5/sq mi
GDP (PPP) 2008 estimate
 -  Total $137.126 billion (57th)
 -  Per capita $4,362 (115th)
GDP (nominal) 2008 estimate
 -  Total $88.879 billion (61st)
 -  Per capita $2,827 (109th)
HDI (2007)މައުރިބު 0.654
Error: Invalid HDI value · 130th
ކަރަންސީ Moroccan dirham (MAD)
Time zone WET (UTC+0)
 -  Summer (DST) WEST (UTC+1)
ޑްރައިވްސް right
Calling code +212
އިންޓަރނެޓް ޓީއެލްޑީ .ma
1. French is widely used in official government texts, and by the business community, though neither instance is 'official.' Moroccan Arabic, an Arabic vernacular, is the most common native language. Amazigh or Berber languages are also widely spoken.
*All data excludes the Western Sahara, much of which is under Moroccan de facto administrative control.

އަވަސް ކަޅިއަކުން ބަލައިލުމެއް

މަޣުރިބުގެ ރަސްމީ ބަހަކީ ޢަރަބިބަހެވެ. އިނގިރޭސި ބަހުން މަޣުރިބުގެ މީހުންނަށް ކިޔަނީ މޮރޮކަންސްއެވެ. މަޣުރިބުގެ ދެވަނަ ބަހަކީ ފަރަންސޭސި ބަހެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަސަބްލަންކާއެވެ. މަޣުރިބުގެ ވެރިރަށަކީ ރަބާޠެވެ. މަޣުރިބަކީ ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 31 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 38 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ma. އެވެ. ކޯލިން ކޯޑަކީ +212 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮރޮކަން ދިރްހަމެވެ.

ނަން

މަޣުރިބަށް ޢަރަބި ބަހުން ކިޔަނީ މަމްލަކަތުލް މަޣްރިބިއްޔާއެވެ. މީގެ މާނައަކީ ހުޅަނގުގެ ރަސްކަމެވެ. އަލްމަޣުރިބުގެ މާނައަކީ ހުޅަނގެވެ. ކުރިން ޢަރަބި ދަތުރުވެރިން މިތަނަށް ކިޔައި އުޅެނީ އަލްމަޣްރިބުލްއަޤްޞާ އެވެ. މީގެ މާނައަކީ އެންމެ ދުރުގައިވާ ހުޅަނގެވެ. އަލްމަޣްރިބުލްއަޥްސަޠު އަކީ ޖަޒާއިރެވެ. މީގެ މާނައަކީ މެދު ހުޅަނގެވެ. އަލްމަޣްރިބުލް އަދްނާ އަކީ ތޫނިސްއެވެ. މީގެ މާނައަކީ ކައިރި ހުޅަނގެވެ. އިނގިރޭސި ބަހުން މަޣްރިބަށް ކިޔާ ނަން ކަމުގައިވާ މޮރޮކޯގެ ނަން ނެގިފައިވަނީ މުރާކިޝް މިނަމުންނެވެ. ފާރިސީ ބަހުން މަޣުރިބަށް ކިޔަނީ މަރާކިޝްއެވެ. ތުރުކީން ކިޔަނީ ފާސްއެވެ. “މުރާކިޝް” މިބަހުގެ އަޞްލަކީ ބަރްބަރީ ބަހުން މި ބިމަށް ކިޔާފައިވާ ނަން ކަމުގައިވާ މުރްއާކުޝް މި ނަމުންނެވެ. މީގެ މާނައަކީ އިލާހު ގެ ބިމެވެ. ކުރީ ޒަމާނުގައި މަޣުރިބަށް މުރިޓާނިޔާއޭ ވެސް ކިޔާފައިވެއެވެ. އެއީ މިހާރު މި އޮންނަ މުރިޓާނިޔާއެއް ނޫނެވެ.

ޖުޣުރާފީ

މަޣުރިބުގެ އިރުމަތީގައި އޮތީ ޖަޒާއިރެވެ. އުތުރުގައި އޮތީ ސްޕެއިނެވެ. ދެކުނުގައި އޮތީ ވެސްޓަރން ސަހަރާއެވެ.

ތާރީޚު

މަޣުރިބުގެ ތާރީޚަށް ބަލާއިރު ޢީސާގެފާނުގެ މީލާދުގެ 8000 އަހަރު ކުރީން ވެސް އެ ޤައުމުގެ ސަރަޙައްދުގައި މީހުން ދިރިއުޅެފައިވާކަން އެނގެއެވެ. ރޯމަނުންގެ ވެރިކަން ވެސް މަޣުރިބުގެ މައްޗަށް ހިނގާފައިވެއެވެ. އޭގެ ފަހުން އިރުމަތީގެ ރޯމަން އެމްޕަޔަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރގެ ވެރިކަން ވެސް ހިނގާފައިވެއެވެ. ދެން މަޣުރިބުގެ ތާރީޚުން ފެންނަން އޮތީ އިސްލާމީ ވެރިކަމުގެ ދުވަސްތަކެވެ. މީލާދީން ހަތްވަނަ ޤަރުނާ ހަމަޔަށް އައި އިރު މުސްލިމުންވަނީ އިސްލާމީ ދައުލަތް ވަރަށް ބޮޑަށް ފުޅާކުރައްވާފައެވެ. މީލާދީން 670 ވަނަ އަހަރުގައި މުސްލިމުންގެ ފާތިޙުން މަޣުރިބާ ހަމަޔަށް އައެވެ. އެއީ އުމަވީ ޚިލާފަތުގެ ތެރޭގައެވެ. އިސްލާމް ދީން ގެނައީ ޢަރަބީން ކަމުގައިވާތީ، މުސްލިމުންނާއެކު ޢަރަބި ސަގާފަތްތައް ވެސް އެމީހުން ވަނީ ގެނެސްފައެވެ. ދުވަސްކޮޅަކުން މަޣުރިބުގައި ފެށުނީ އިދްރީސީންގެ ވެރިކަމެވެ. އެހެން ކަމުން ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތާއި އަންދަލުސްގައި އޮތް އުމަވީ ވެރިކަމުގެ ދަށުން މަޣުރިބު ނެއްޓިގެންދިޔައެވެ. ފަހުން މަޣުރިބުގައި ވެސް އަންދަލުސްގައި ވެސް ވެރިކަންކުރީ ބަރްބަރީ ނަސްލަށް ނިސްބަތްވާ މުރާބިޠުންނެވެ.

ޑެމޮގްރަފިކްސް

މަޣުރިބަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެއީ މިޞްރާއި، ސޫދާނާއި ޖަޒާއިރަށް ފަހުގައެވެ. މަޣުރިބުގެ އާބާދީގެ 60% އަކީ ބަރުބަރީންނެވެ. ބަރްބަރީން މި ބިމުގައި އުޅެމުންދާތާ 5000 އަހަރުވަނީ ވެފައެވެ. ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި އެފްރިކާގެ ބަންޓޫ ދަރިކޮޅުގެ މީހުންނަށްވުރެ އުތުރު އެފްރިކާގެ މީހުންނާ ގާތީ އިބޭރިޔާ ނުވަތަ ޔޫރަޕުގެ އިސްޕެއިން ހިސާބު މީހުންނާއެވެ.

ސަގާފަތު

މަޣުރިބަކީ ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާ ތަނަކަށްވުމާއެކު މުއްސަނދި ސަގާފަތަކާއި ޙަޟާރަތެއް އޮތް ތަނެކެވެ.

އިޤްތިޞާދު

މަޣުރިބުގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ އިޤްތިޞާދެކެވެ. މަޣުރިބުގެ އިޤްތިޞާދު ހިނގަމުން ދަނީ “ލޯ އޮފް ޑިމާންޑް އެންޑް ސަޕްލައި” މި ޤާނޫނުގެ ދަށުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4362 ޑޮލަރެވެ.

Tags:

މައުރިބު އަވަސް ކަޅިއަކުން ބަލައިލުމެއްމައުރިބު ނަންމައުރިބު ޖުޣުރާފީމައުރިބު ތާރީޚުމައުރިބު ޑެމޮގްރަފިކްސްމައުރިބު ސަގާފަތުމައުރިބު އިޤްތިޞާދުމައުރިބު

🔥 Trending searches on Wiki ދިވެހިބަސް:

ބޭރު ކޮލުދަތްތައްދިޖުލަތު ކޯރުމިލަޓޯނިންސޯމާލިއާމާރޗް 25އިބްރާހީމް މުޙައްމަދު ޞާލިޙްގީނިއާރެހި އާއިލާ (މަސް)ކެންޔާކަށިތަކުގެ ނިޒާމްފޮނިޔަ މަސްއީސާގެފާނުލަޑިމިއަރ ޕޫޓިންއަލަނާސި ބިބީޕޮލެންޑުކީރިތި ޤުރުއާންޔޫސުފުގެފާނުމާލީކާރސް (ކާރޓޫނު ފިލްމު)ފިރިހެނުންގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރުޝެއިހް އަބްދުއް ރަހްމާންޑިސެމްބަރު 5August 30ބޮޓުސްވާނާމޭގައި ރިހުންތައްމަސްއެޕްރީލް 28ރުކުރާޖޯޖިޔާ (ޤައުމު)ލަހިސްތާނީނޮވެމްބަރު 23އެކުވެރި ދައުލަތްތައްސިއްކީމްޖޯޖް ހާރބަޓް ވޯކަރ ބުޝްޒުވާރިއެކުވެރި ޢަރަބި އިމާރާތުއޯޓިޒަމްއެންޓީރިކް ނާރވަސް ސިސްޓަމްއިޓަލީނޮވެމްބަރު 9ސަގާފަތުއައިވަރީ ކޯސްޓުއޭޑީއެޗްޑީސެޕްޓެމްބަރު 28ހަލުވި މަސްނެޓްފްލިކްސް🡆 More