އޮސްޓަރުލިޔާ

ކޮމަންވެލްތު އޮފް އޮސްޓްރޭލިޔާ އަކީ އޮސްޓްރޭލިޔާ (އިނގިރޭސި: Commonwealth of Australia އަކީ Australia) ބައްރަށް ނިސްބަތްވާ ޤައުމެކެވެ.

އޮސްޓްރޭލިޔާ ބައްރަކީ ދުނިޔޭގެ ބައްރުތަކުގެ ތެރެއިން އެންމެ ކުޑަ ބައްރެވެ. އެހެން ނަމަވެސް މި ބައްރުގައިި އޮންނަނީ އެންމެ ޤައުމެއް ކަމުގައިވާތީ މި ޤައުމަކީ ދުނިޔޭގައި 6 ވަނައަށް އެންމެ ބޮޑު ޤައުމެވެ.

Commonwealth of Australia
Australia
އޮސްޓަރުލިޔާ އޮސްޓަރުލިޔާ
Flag Coat of arms
Anthem: Advance Australia Fair[N1]
އޮސްޓަރުލިޔާ
Location of Australia
CapitalCanberra
Largest city Sydney
Official languages None[N2]
National language English (de facto)[N2]
Demonym Australian,
Aussie (colloquial)
Government Federal parliamentary democracy and constitutional monarchy, see Government of Australia
 -  Monarch Queen Elizabeth II
 -  Governor-General Quentin Bryce
 -  Prime Minister Julia Gillard
Independence from the United Kingdom
 -  Constitution 1 January 1901 
 -  Statute of Westminster 11 December 1931 
 -  Statute of Westminster Adoption Act 9 October 1942 (with effect from 3 September 1939) 
 -  Australia Act 3 March 1986 
Area
 -  Total 7,617,930 km2 (6th)
2,941,299 sq mi
Population
 -  2024 estimate 28,427,000 (51st)
 -  2006 census 19,855,288
 -  Density 2.833/km2 (232nd)
7.3/sq mi
GDP (PPP) 2008 estimate
 -  Total $799.054 billion (18th)
 -  Per capita $36,918 (15th)
GDP (nominal) 2008 estimate
 -  Total $1.013 trillion (14th)
 -  Per capita $46,824 (13th)
HDI (2007)އޮސްޓަރުލިޔާ 0.970
Error: Invalid HDI value · 2nd
ކަރަންސީ Australian dollar (AUD)
Time zone various[N3] (UTC+8 to +10.5)
 -  Summer (DST) various[N3] (UTC+8 to +11.5)
ޑްރައިވްސް left
Calling code +61
އިންޓަރނެޓް ޓީއެލްޑީ .au

އަވަސް ކަޅިއަކުން ބަލައިލުމެއް

އޮސްޓްރޭލިޔާގެ ރަސްމީ ބަހެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް ރަސްމީ ހުރިހާ ކަމެއްގައި ވެސް ބޭނުން ކުރެވޭ ބަހަކީ އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން އޮސްޓްރޭލިޔާ މީހުންނަށް ކިޔަނީ އޮސްޓްރޭލިޔަންސް ނުވަތަ އޮސީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސިޑްނީއެވެ. އޮސްޓްރޭލިޔާގެ ވެރިރަށަކީ ކެންބަރާއެވެ. އޮސްޓްރޭލިޔާއަކީ ދުސްތޫރީ ރަސްކަމެކެވެ. އަދި ފެޑެރަލް ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 22 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 52 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 7.6 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ au. އެވެ. ކޯލިން ކޯޑަކީ +61 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އޮސްޓްރޭލިޔަން ޑޮލަރެވެ.

ނަން

އޮސްޓްރޭލިޔާގެ ނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. މި ބަސް ނެގިފައިވަނީ ލެޓިން ބަހުގެ އޮސްޓްރާލިސް މި ބަހުންނެވެ. މީގެ މާނައަކީ “ދެކުނު” މިއެވެ. އެހެން ކަމުން އޮސްޓްރޭލިޔާގެ މާނައަކީ ދެކުނުގައިވާ ޤައުމެވެ. އެންމެ ފުރަތަމައަށް އިނގިރޭސި ބަހުން އޮސްޓްރޭލިޔާ މި ބަސް ލިޔެވިފައިވަނީ 1625 ވަނަ އަހަރުގައެވެ.

ޖުޣުރާފީ

އޮސްޓްރޭލިޔާއާ އަވަށްޓެރި ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިޔާ އާއި އީސްޓް ޓިމޯރާއި ޕަޕުއާ ނިއު ގިނީ އާއި ސޮލޮމަން އައިލެންޑްސް އާއި ވަނުއާޓޫ އާއި ނިއު ކެލެޑޯނިޔާ އާއި ނިއުޒިލޭންޑް ހިމެނެއެވެ.

ތާރީޚު

އޮސްޓްރޭލިޔާއަކީ ވަރަށް ކުރީއްސުރެ އިންސާނުން ދިރިއުޅެމުން އަންނަ ޤައުމެކެވެ. ފުރަތަމަ އޮސްޓްރޭލިޔާގައި ދިރިއުޅެން ފެށި ބަޔަކީ މިހާރު އޮސްޓްރޭލިޔާގެ އަދިވާސީންގެ ގޮތުގައި ތިބި އެބޮރިޖިން ދަރިކޮޅުގެ މީހުންގެ ކާބަފައިން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ. ތާރީޚު ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި މީގެ އެތައް ހާސް އަހަރެއް ކުރީން މުޅި ދުނިޔެ ވެސް އޮތީ އެއް ފަސް ގަނޑެއްގެ ގޮތުގައެވެ. އަދި އޮސްޓްރޭލިޔާގައި މީހުން ވަޒަންވެރިވެފައިވަނީ މި ގޮތަށް މުޅި ދުނިޔެ އެއް ފަސްގަނޑެއްގެ ގޮތުގައި އޮތް އިރު ބިމުގެ މަގުން ކަމުގައި އެ ބޭފުޅުން ޤަބޫލު ކުރައްވައެވެ. މި ގޮތުން އޮސްޓްރޭލިޔާގެ ފުރަތަމަ ވަޒަންވެރީން އެތަނަށް ގޮސްފައިވަނީ އިންޑިޔާ އާއި ދެކުނު އިރުމަތީ އޭޝިޔާއިން ކަމުގައި ތާރީޚު ޢިލްމުވެރިން ޤަބޫލުކުރައްވައެވެ. އެންމެ ފުރަތަމައަށް ޔޫރަޕުގެ މީހުން އޮސްޓްރޭލިޔާއަށް ގޮސްފައިވާ ކަމަށް ބެލެވެނީ 1606 ވަނަ އަހަރުގައެވެ. އެއީ ޑަޗުންނެވެ. 1770 ވަނަ އަހަރުގައި އިނގިރޭސީން އޮސްޓްރޭލިޔާއަށް ފައިބައި ނިއު ސައުތު ވޭލްސްގެ ނަމުން އޮސްޓްރޭލިޔާގެ އެއް ބަޔަށް ނަންދިނެވެ. އިނގިރޭސީން އެމީހުންގެ ޕީނަލް ކޮލޮނީއެއް އޮސްޓްރޭލިޔާގައި ޤާއިމުކުރިއެވެ. އޮސްޓްރޭލިޔާ ވެގެން ދިޔައީ އިނގިރޭސި ކުށްވެރިން އަރުވައިިލާ ތަނަކަށެވެ. މިއަދު ޓެސްމޭނިޔާގެ ގޮތުގައި އޮތް ރަށުގައި މީހުން ދިރިއުޅެން ފަށާފައިވަނީ 1803 ވަނަ އަހަރުގައެވެ. އަދި 1825 ވަނަ އަހަރާ ހަމައިގައި ވަކި ކޮލޮނީއެއްގެ އެތަނުގައި ޤާއިމުވިއެވެ. 1829 ވަނަ އަހަރުގައި އިނގިރޭސީން އޮސްޓްރޭލިޔާގެ ހުޅަނގު ފަޅި އެއީ އިނގިރޭސިވިލާތުގެ ބައެއް ކަމުގައި ހަމަޖެއްސިއެވެ.

ޑެމޮގްރަފިކްސް

އޮސްޓްރޭލިޔާއަށް ޔޫރަޕުގެ މީހުން އައި އިރު އޮސްޓްރޭލިޔާގެ އަޞްލު ވަޒަންވެރީންގެ ތެރެއިން ތިބީ 350000 މީހުންނެވެ. މިހާރު އޮސްޓްރޭލިޔާގައި 22 މިލިޔަން މީހުން ތިބިއިރު 90% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. ބާކީ ތިބީ ޗައިނާ، އިންޑިޔާ، ޖަޕާނު، އަދި ޢަރަބި ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންނާއި އޮސްޓްރޭލިޔާގެ އަދިވާސީން ކަމުގައިވާ އެބޮރިޖިނީންނެވެ.

ސަގާފަތު

އޮސްޓްރޭލިޔާއަކީ ވަރަށް މުއްސަނދި އަދިވާސީ ސަގާފަތެއް އޮތް ތަނެކެވެ.

އިޤްތިޞާދު

އޮސްޓްރޭލިޔާއަކީ ހަރުދަނާ އިޤްތިޞާދެއް އޮތް ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 36918 ޑޮލަރެވެ.

Tags:

އޮސްޓަރުލިޔާ އަވަސް ކަޅިއަކުން ބަލައިލުމެއްއޮސްޓަރުލިޔާ ނަންއޮސްޓަރުލިޔާ ޖުޣުރާފީއޮސްޓަރުލިޔާ ތާރީޚުއޮސްޓަރުލިޔާ ޑެމޮގްރަފިކްސްއޮސްޓަރުލިޔާ ސަގާފަތުއޮސްޓަރުލިޔާ އިޤްތިޞާދުއޮސްޓަރުލިޔާއިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ސާބިއާޖުޒުރުޤަމަރުޔޫސުފް މުޙައްމަދުފުޅުމާލެކޮންފޫޝާމަލާވީބަނޑުގައި ރިހުންރޫސީކީރިތި ޤުރުއާންތަލަކަޅު ބިބީމިލަޓޯނިންފުއްޕާމޭތޭރަވާ އިލޮޅިސައޮ ތޯމޭ އަދި ޕުރިންސިޕޭއިބްރާހީމް މުޙައްމަދު ޞާލިޙްޓެންޒޭނިއާވާދީ ލައްކާ ހަނގުރާމައޮސްޓްރިއާއަލަނާސި ބިބީއޭޑީއެޗްޑީއޮޅުދޫކަރައައިވަރީ ކޯސްޓުސުއޯމީއެމެރިކާކަނާތު އެޓްރީއަމްޒުވާރިހެރީ އެސް ޓްރޫމަންމައުރިބުނާރުތަކުގެ ނިޒާމްގޫގްލްޖަރުމަނުވިލާތްފަރަންސޭސިވިލާތްސެޕްޓެމްބަރު 14ޑިމޮކްރަސީމާރޗް 1ބުރެޒިލްގެ ނިޝާންޢުމަރު ޔަރުޢަދުއާދާނެސްނާމާމައްކީ އާއި މަދަނީ ސޫރަތްއޮކްޓޫބަރު 5އިބްރާހީމް ދޮށިމޭނާ ކިލެގެފާނުމާރޗް 13ފިލޮޅު އާއިލާ (މަސް)ޙައްޖުދިވެހިރާއްޖެނޮވެމްބަރު 22ޖަޕާނުސުއްނީ މުސްލިމުންމަލިކުގީނިއާމައިކްރޯސޮފްޓްގްރޯޘް ހޯރމޯން ރިލީސިންގ ހޯރމޯންބެލްޖިއަމް🡆 More