އުޒްބެކިސްތާން

ރިޕަބްލިކް އޮފް އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.

ކުރިން މި ޤައުމަކީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޤައުމެކެވެ.

Republic of Uzbekistan
O‘zbekiston Respublikasi
Ўзбекистон Республикаси
އުޒްބެކިސްތާން އުޒްބެކިސްތާން
Flag Coat of arms
Anthem: National Anthem of the Republic of Uzbekistan
އުޒްބެކިސްތާން
Location of Uzbekistan
Capital
and largest city
Tashkent
41°16′N 69°13′E / 41.267°N 69.217°E / 41.267; 69.217
Official languages Uzbek
Recognised regional languages Karakalpak
Language for inter-ethnic
communication
Russian
Ethnic groups 80.0% Uzbek
5.5% Russian
5.0%-5.5% Tajik
3.0% Kazakh
2.5% Karakalpak
1.5% Tatar
2.5% Others
Demonym Uzbekistani; also Uzbek
Government Presidential republic
 -  President {{{leader_name1}}}
 -  Prime Minister Shavkat Mirziyoyev
Independence from the Soviet Union
 -  Formation 17471 
 -  Uzbek SSR 27 October 1924 
 -  Declared 1 September 1991 
 -  Recognized 8 December 1991 
 -  Completed 25 December 1991 
Area
 -  Total 447,400 km2 (56th)
172,742 sq mi
 -  Water (%) 4.9
Population
 -  2009 estimate 27,606,007 (45th)
 -  Density 61.4/km2 (136th)
159.1/sq mi
GDP (PPP) 2008 estimate
 -  Total $71.618 billion
 -  Per capita $2,634
GDP (nominal) 2008 estimate
 -  Total $27.918 billion
 -  Per capita $1,026
Gini (2000)26.8 އުޒްބެކިސްތާން 0.21
Error: Invalid Gini value · 95th
HDI (2007)އުޒްބެކިސްތާން 0.710
Error: Invalid HDI value · 119th
ކަރަންސީ Uzbekistan som (O'zbekiston so'mi) (UZS)
Time zone UZT (UTC+5)
 -  Summer (DST) not observed (UTC+5)
ޑްރައިވްސް right
Calling code 998
އިންޓަރނެޓް ޓީއެލްޑީ .uz
1. As Bukharian Emirate, Kokand Khanate, Khwarezm.

އަވަސް ކަޅިއަކުން ބަލައިލުމެއް

އުޒްބެކިސްތާނުގެ ރަސްމީ ބަހަކީ އުޒްބެކް ބަހެވެ. އިނގިރޭސި ބަހުން އުޒްބެކިސްތާނު މީހުންނަށް ކިޔަނީ އުޒްބެކްސް ނުވަތަ އުޒްބެކިސްތާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަޝްކަންތެވެ. އުޒްބެކިސްތާނުގެ ވެރިރަށަކީ ވެސް ތަޝްކަންތެވެ. އަފްޣާނިސްތާނަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 27 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 45 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ uz. އެވެ. ކޯލިން ކޯޑަކީ +998 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އުޒްބެކިސްތާން ސޯމްއެވެ.

ނަން

އުޒްބެކިސްތާން މި ނަމުގެ މާނައަކީ އުޒްބެކުންގެ ބިމެވެ. އުޒްބެކިސްތާނަށް މި ނަން ދެވިފައިވަނީ އެ ޤައުމުގައި އެންމެ ގިނައީ އުޒްބެކް ނަސްލުގެ މީހުން ކަމުގައިވާތީއެވެ.

ޖުޣުރާފީ

އުޒްބެކިސްތާނުގެ ހުޅަނގާއި އުތުގައި ގައި އޮތީ ކަޒަކިސްތާނެވެ. އިރުމަތީގައި އޮތީ ކިރްގިސްތާނާއި ތަޖިކިސްތާނެވެ. ދެކުނުގައި އޮތީ އަފްޣާނިސްތާނާއި ތުރުކުމަނިސްތާނެވެ.

ތާރީޚު

އެންމެ ފުރަތަމައަށް މެދުތެރޭ އޭޝިޔާއަށް އައީ އީރާނީ އަޝާޔަރުން (ވަކި ބިމެއްގައި ދާއިމީ ގޮތަކަށް ވަޒަންވެރިވެގެން ނޫޅޭ މީހުން ނުވަތަ ނޯމޭޑުން) ނެވެ. މި މީހުން އުޒްބެކިސްތާން އޮތް ސަރަޙައްދަށް އައިސްފައިވާ ކަމަށް ބެލެވެނީ ޢިސާއީ މީލާދުގެ ފުރަތަމަ ސާސްކަފުގެ ކުރީންނެވެ. މި ހިސާބުގައި އެންމެ ފުރަތަމަ ޝަހަރުތަކެއްގެ ގޮތުގައި ފާޅުވާން ފެށީ ބުޚާރާ އާއި ސަމަރްޤަންދެވެ. އުޒްބެކިސްތާނުގެ ބުޚާރާއަކީ މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ އިމާމް ބުޚާރީ އުފަންވެ ވަޑައިގަތް ޝަހަރެވެ. އެލެގްޒެންޑަރ ދަ ގްރޭޓް ވަނީ އީސާއީ މީލާދުގެ 327 އަހަރު ކުރީން މި ސަރަޙައްދު ފަތަޙަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބާޚްތަރީ ވެރިޔާގެ ދަރިކަނބަލުން ރޯޝަންގާ ކައިވެނި ބައްލަވައިގެންފައެވެ. ރޯޝަންގަށް ކިޔާ އެހެން ނަން ނަމުގެ ތެރެއިން ރުޚްސާނާ އާއި ރުކްސާނާ ހިމެނެއެވެ. އުޒްބެކިސްތާނު ކުރީން އޮތީ އީރާނުގެ ސާސާނީ އަދި އަޝްކާނީންގެ ވެރިކަމުގެ ދަށުގައެވެ. ޗެންގީޒް ޚާންގެ ވެރިކަމުގައި މޮންގޯލުން ވަނީ 13 ވަނަ ޤަރުނުގައި މި ސަރަޙައްދު ފަތަޙަކޮށްފައެވެ. މީގެ ސަބަބުން މި ސަރަޙައްދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. މޮންގޯލުން ވަނީ މި ހިސާބުގެ އަދިވާސީން ކަމުގައިވި ހިންދުއީރާނީ ދަރިކޮޅުގެ މީހުން އެއްކޮށް ހެން މި ބިމުން ބޭރުކޮށްފައި ނުވަތަ އެެމީހުންނާ ދެކޮޅަށް ޤަތުލުޢާއްމު ހިންގާފައެވެ. ޗެންގީޒް ޚާން އަވަހާރަވީ 1227 ގައެވެ. އޭނާ އަވަހާރަވުމުން އޭނާގެ ވެރިކަން ބަހާލެވުނީ އޭނާގެ ހަތަރު ދަރިންނާއި ޢާއިލާގެ މެންބަރުންގެ މެދުގައެވެ. މީލާދީން 16 ވަނަ ޤަރުނު ފެށުނުތަނާހެން އަރާލް ކަނޑުގެ އުތުރުގައި ދިރިއުޅެމުން ދިޔަ އުޒްބެކް ނަސްލުގެ މީހުންވަނީ މަވަރައްނަހްރަށް ޙަމަލާދޭން ފަށާފައެވެ. 20 ވަނަ ޤަރުނު ފެށުނު އިރު މުޅި މެދުތެރޭ އޭޝިޔާ އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. 27 އޮކްޓޯބަރު 1924 ގައި އުޒްބެކް ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކް އުފަންވިއެވެ. 31 އޯގަސްޓް 1991 ގައި އުޒްބެކިސްތާނަށް ރަޝިޔާގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބުނެވެ.

ޑެމޮގްރަފިކްސް

އުޒްބެކިސްތާނުގެ އާބާދީގެ 80% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 5.5% އަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. 5% މީހުންނަކީ ތަޖިކް ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ ކަޒަކް ނަސްލުގެ މީހުންނެވެ. 2.5% މީހުންނަކީ ކަރަކަލްޕާކް ނަސްލުގެ މީހުންނެވެ. 1.5% މީހުންނަކީ ތަތާރުންނެވެ.

ސަގާފަތު

އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާގެ މުއްސަނދި ސަގާފަތު އެންމެ ބޮޑަށް އޮތް އެއްް ޤައުމެވެ. ޢިލްމާއި ފަންނުވެރިކަމުން ވަރަށް ބޮޑު ކުރިއެރުމެއް އުޒްބެކުން ހޯދާފައިވެއެވެ.

އިޤްތިޞާދު

މިނިވަންކަމަށް ފަހު ފުރަތަމަ ކޮޅުގައި އުޒްބެކިސްތާނުގެ އިޤްތިޞާދަށް ހީނަރުކަމެެއް ލިބުނު ކަމުގައި ވިޔަސް މިހާރު އުޒްބެކިސްތާނުގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2634 ޑޮލަރެވެ.

Tags:

އުޒްބެކިސްތާން އަވަސް ކަޅިއަކުން ބަލައިލުމެއްއުޒްބެކިސްތާން ނަންއުޒްބެކިސްތާން ޖުޣުރާފީއުޒްބެކިސްތާން ތާރީޚުއުޒްބެކިސްތާން ޑެމޮގްރަފިކްސްއުޒްބެކިސްތާން ސަގާފަތުއުޒްބެކިސްތާން އިޤްތިޞާދުއުޒްބެކިސްތާން

🔥 Trending searches on Wiki ދިވެހިބަސް:

ތޭންގަދީބުމާރޗް 15ޖޯޖް ހާރބަޓް ވޯކަރ ބުޝްޒައިތޫނިކައްޓަފުޅި މިޔަރު2008ކިރިގިސްތާންޖޫން 1އިސްލާމް ދީނުގައި ކައިވެނިއަނޯނާއޮގަސްޓު 21ކޭލަކުނު ތަޅާލި ވިއްސާރަނޮވެމްބަރު 28ސޯވިއެޓް އިއްތިހާދުޖައިނިޒަމްއިބްރާހިމް ޝިހާބްފެބްރުއަރީ 20ޢުޘްމާނުގެފާނުދޮންދީނިޕޯޗުގީޒުގުރުދާ ފޭލްވުންއިންޑިޔާސުލޮވީނިއާމޫސާގެފާނުއުޒްބެކިސްތާންޕޯޗުގަލްޖެނުއަރީ 4އިނގިރޭސިރާކަނިފުޖީ ފަރުބަދަމެއި 19މެއި 23އިރުއުތުރު ސައިޕްރަސްނޮވެމްބަރު 15ޕާކިސްތާންކައިވެނީގެ ރަންއީސު ރިއްޔާދިވެހިހިމަގްލޯބިންނިއުޒިލޭންޑުއޮކްޓޫބަރު 31ބަންފު ޤައުމީ ޕާކުލެޓުވިއާއޮގަސްޓު 29ޅެންއަދަބިއްޔާތުނޮވެމްބަރު 20މުންބާއީބަނބުކެޔޮޖޫން 9ކޮޅުނުވުންއޮގަސްޓުބެލްޖިއަމްއޮކްޓޫބަރު 4އިބްނި ބަޠޫޠާނޮވެމްބަރު 9ގިނިހިލަލިތުއޭނިއާކިއުބާޝަހީދު ޙުސައިން އާދަމްއަރުމީނިއާމެއި 31ޑިސެމްބަރު 2އޮކްޓޫބަރު 7އަ ބަގްސް ލައިފް🡆 More