އާޖެންޓީނާ

ދަ އާޖެންޓައިން ރިޕަބްލިކް ނުވަތަ އާޖެންޓީނާއަކީ ދެކުނު އެމެރިކާ ބައްރުގައި އޮތް ދެވަނައަށް އެންމެ ބޮޑު ޤައުމެވެ.

އާޖެންޓީނާއަކީ މުޅި ދުނިޔެއަށް ބަލާއިރު ބިމުގެ ގޮތުން އަށްވަނައަށް އެންމެ ބޮޑު ޤައުމެވެ. ސްޕެނިޝް ބަހުން ވާހަކަދައްކާ ޤައުމުތަކުގެތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑު ޤައުމަކީ ވެސް އާޖެންޓީނާއެވެ. އެހެން ނަމަވެސް އިސްޕެނިޝް ބަހުން ވާހަކަދައްކާ ޤައުމުތަކުގެ ތެރެއިން މެކްސިކޯ އާއި އިސްޕެއިނާއި ކޮލަންބިޔާގެ އާބާދީ އާޖެންޓީނާގެ އާބާދީއަށް ވުރެ ބޮޑެވެ.

Argentine Republic
República Argentina  ފަންވަތް:Es icon
އާޖެންޓީނާ އާޖެންޓީނާ
Flag Coat of arms
Motto: En unión y libertad
"In Unity and Freedom"
Anthem: Himno Nacional Argentino
Orthographic projection of Argentina
Orthographic projection of Argentina
Orthographic projection of Argentina
Capital
and largest city
Buenos Aires
34°36′S 58°23′W / 34.600°S 58.383°W / -34.600; -58.383
Official languages Spanish
Ethnic groups 86.4% European (mostly Italian and Spanish), 8% Mestizo, 4% Arab and East Asian, 1.6% Amerindian
Demonym Argentine, Argentinian, Argentinean
Government Federal presidential republic
 -  President of Argentina Mauricio Macri
 -  Vice President Gabriela Michetti
 -  Supreme Court President Ricardo Lorenzetti
Independence from Spain
 -  May Revolution 25 May 1810 
 -  Declared 9 July 1816 
Area
 -  Total 2,766,890 km2 (8th)
1,068,302 sq mi
 -  Water (%) 1.1
Population
 -  2008 estimate 40,482,000 (33rd)
 -  2001 census 36,260,130
 -  Density 15/km2 (168th)
38/sq mi
GDP (PPP) 2008 estimate
 -  Total $572.668 billion (23rd)
 -  Per capita $14,408 (57th)
GDP (nominal) 2008 estimate
 -  Total $324.767 billion (31st)
 -  Per capita $8,171 (66th)
Gini (2006)49
Error: Invalid Gini value
HDI (2007)އާޖެންޓީނާ 0.866
Error: Invalid HDI value · 49th
ކަރަންސީ Peso (ARS)
Time zone ART (UTC-3)
ޑްރައިވްސް right (trains ride on the left)
Calling code +54
އިންޓަރނެޓް ޓީއެލްޑީ .ar

އަވަސް ކަޅިއަކުން ބަލައިލުމެއް

އާޖެންޓީނާގެ ރަސްމީ ބަހަކީ ސްޕެނިޝްބަހެވެ. އިނގިރޭސި ބަހުން އާޖެންޓީނާގެ މީހުންނަށް ކިޔަނީ އާޖެންޓައިން ނުވަތަ އާޖެންޓީނިއަންއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުއެނޮސް އައިރެސްއެވެ. އާޖެންޓީނާގެ ވެރިރަށަކީ ވެސް ބުއެނޮސް އައިރެސްއެވެ. އާޖެންޓީނާއަކީ ފެޑެރަލް ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 40 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 31 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.7 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އެހެން ނަމަވެސް ރޭލު ދަތުރުކުރަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ar. އެވެ. ކޯލިން ކޯޑަކީ +54 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.

ނަން

އާޖެންޓީނާގެ ނަން އައިސްފައިވަނީ ލެޓިން ބަހެއް ކަމުގައިވާ އާޖެންޓަމްއިންނެވެ. މީގެ މާނައަކީ ވިދުން، ހުދުކުލަ، ނުވަތަ ރިއްސެވެ. އާޖެންޓިނާގެ ނަން ބޭނުންކުރަން ފަށާފައިވާ ކަމަށް ފެނިފައިވަނީ މީލާދީން 16 ވަނަ ޤަރުނުހާ ތާނގައެވެ.

ޖުޣުރާފީ

އާޖެންޓީނާގެ ހުޅަނގުގައި އޮތް ފަރުބަދައިގެ ރޭންޖަކީ އެންޑީޒް މައުންޓެއިން ރޭންޖެވެ. އިރުމަތީގައިވަނީ އެޓްލާންޓިކް ކަނޑެވެ. އުތުރުގައިވަނީ ޕެރަގުއޭ އާއި ބޮލީވިއާއެވެ. އިރު އުތުރުގައިވަނީ އުރުގުއޭ އާއި ބްރެޒިލެވެ. ހުޅަނގާއި ދެކުނުގައި އޮތީ ޗިލީއެވެ. ދެން އޮތީ ބްރިޓިޝް އެންޓާޓިކް ޓެރިޓަރީއެވެ.

ތާރީޚު

އާޖެންޓީނާގެ ތާރީޚަށް ބަލާއިރު އެ ޤައުމަކީ ވަރަށް ކުރީއްސުރެ މީހުން ދިރިއުޅޭ ޤައުމެއްކަން ސާބިތުވެއެވެ. އިންކާއިންގެ ޕަޗަކޫޓީގެ ވެރިކަމުގައި ވަނީ މިހާރުގެ އާޖެންޓީނާގެ ހުޅަނގު އުތުރު ފަޅިޔަށް 1480 ގައި ޙަމަލާދީ އެތަން ފަތަޙަކޮށްފައެވެ. ޔޫރަޕުގެ މީހުން އާޖެންޓީނާއަށް އައިސްފައިވަނީ 1516 ވަނަ އަހަރުގައެވެ. 1542 ވަނަ އަހަރު ސްޕޭނު މީހުން ވައިސްރޯޔަލްޓީ އޮފް ޕެރޫ ޤާއިމުކުރިއެވެ. އަދި ދެކުނު އެމެރިކާގައި ސްޕޭނު މީހުންގެ ބާރު ހިނގާތަންތަނަކީ ވައިސްރޯޔަލްޓީ އޮފް ޕެރޫ ކަމުގައި ހަމަޖެއްސިއެވެ. 1580 ވަނަ އަހަރުގައި ސްޕޭނު މީހުންގެ ދާއިމީ ކޮލޮނީއެއް ބުއެނޮސް އައިރެސްގައި ޤާއިމުކުރިއެވެ. މިއާއެކު ބުއެނޮސް އައިރެސް ވެގެންދިޔައީ ސްޕޭނުން ހިޖުރަކުރި މީހުންނާއި އެމީހުންގެ ދަރިދަރިކޮޮޅުގެ މީހުންގެ ވަޒަނަކަށެވެ. 25 މެއި 1810 ވަނަ އަހަރުގައި އާޖެންޓީނާއިން އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރިއެވެ.

ޑެމޮގްރަފިކްސް

އާޖެންޓީނާގެ އާބާދީގެ ތާރީޚަށް ބަލާއިރުގައި 1869 ވަނަ އަހަރު އާޖެންޓީނާގައި ތިބީ 1.88 މިލިޔަން މީހުންނެވެ. 1895 ގައި ތިބީ 4 މިލިޔަން މީހުންނެވެ. 1914 ގައި ތިބީ 7 މިލިއަން މީހުންނެވެ. 1947 ގައި ތިބީ 15 މިލިޔަން މީހުންނެވެ. 1960 ގައި ތިބީ 20 މިލިޔަން މީހުންނެވެ. 1970 ގައި ތިބީ 23 މިލިޔަން މީހުންނެވެ. 1980 ގައި ތިބީ 27 މިލިޔަން މީހުންނެވެ. 1991 ގައި ތިބީ 32 މިލިޔަން މީހުންނެވެ. 2001 ގައި ތިބީ 36 މިލިޔަން މީހުންނެވެ. 2009 ގައި ތިބީ 40 މިލިޔަން މީހުންނެވެ. އާޖެންޓީނާއަކީ ހިޖުރަކޮށްފައިވާ މީހުންގެ ޤައުމެކެވެ. އާޖެންޓީނާގެ އާބާދީގެ 86.4% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. ސްޕޭނު އަދި އިޓަލީ ނަސްލުގެ މީހުންނެވެ. 8% މީހުންނަކީ މެސްޓިޒޯއިންނެވެ. 4% މީހުންނަކީ އިރުމަތީ އޭޝިޔާ މީހުންނާއި އަރަބީންނެވެ. އާޖެންޓީނާގެ އާބާދީގެ 92% މީހުންނަކީ ނަޞާރާއިންނެވެ. އާބާދީގެ 1.9% އަކީ މުސްލިމުންނެވެ.

ސަގާފަތު

އާޖެންޓީނާގެ ސަގާފަތަކީ ޔޫރަޕުން އިންޕޯޓުކުރެވިފައިވާ ސަގާފަތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އިޤްތިޞާދު

އާޖެންޓީނާގެ އިޤްތިޞާދަކީ އެކްސްޕޯޓުކުރުމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެކެވެ. 1975 އާއި 1990 ވަނަ އަހަރާ ދެމެދު އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ޤައުމުތަކުގެ ތެރޭގައި އޮތް އާޖެންޓީނާގެ އިޤްތިޞާދު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 14408 ޑޮލަރެވެ.

އާޖެންޓީނާ 
Wiki Commons has media related to:

Tags:

އާޖެންޓީނާ އަވަސް ކަޅިއަކުން ބަލައިލުމެއްއާޖެންޓީނާ ނަންއާޖެންޓީނާ ޖުޣުރާފީއާޖެންޓީނާ ތާރީޚުއާޖެންޓީނާ ޑެމޮގްރަފިކްސްއާޖެންޓީނާ ސަގާފަތުއާޖެންޓީނާ އިޤްތިޞާދުއާޖެންޓީނާ

🔥 Trending searches on Wiki ދިވެހިބަސް:

ޖަރުމަނުވިލާތްމެކްސިކޯޑިމޮކްރަސީސުލްޠާން އިބްރާހީމް އިސްކަންދަރުމުޙައްމަދު ޖަމާލުއްދީންސައޮ ތޯމޭ އަދި ޕުރިންސިޕޭމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުއަބޫބަކުރުގެފާނު (ޢާއިލީ ގަސް)ސާބިއާޝަހާދަތްއޯޓިޒަމްއޮރިއްސާލެޓުވިއާނަސްލު އުފައްދާ ނިޒާމްއިބްރާހީމް ދޮށިމޭނާ ކިލެގެފާނުކޮލަންބިއާނައިޖީރިއާލޮސްޓް (ޓީވީ ސިލްސިލާ)މައިދާގެ ކެންސަރުގުޔާނާމީލާދީ ކަލަންޑަރުމިލަޓޯނިން2008ހެޕަޓައިޓިސް ޑީބުރެޒިލްގެ ނިޝާންފުއްޕާމޭFAQs on composing Thaana on the computerނައުރޫބޮޓުސްވާނާދިވެހިJapanބަނޑުގައި ރިހުންމާރޗް 22ގޫގްލްޔުނައިޓެޑް ކިންގްޑަމްފިންލޭންޑުދާންދޫ (ގއ. އަތޮޅު)މައުރިބުފީޒިޔާއީ އިލްމުޕެރަގުއޭނިއުމޯނިޔާއެކުމާފާނުރޯދަމޯންސްޓާރސް، އިންކްފެބްރުއަރީ 28ނޮވެމްބަރު 5ރެހި އާއިލާ (މަސް)ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްއެލްބްރިޖް ގެރީޢަލީގެފާނު🡆 More