އަޔަރލޭންޑަކީ ހުޅަނގު އުތުރު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
Ireland[a] Éire | ||||||
---|---|---|---|---|---|---|
| ||||||
Anthem: Amhrán na bhFiann The Soldier's Song | ||||||
Location of Ireland (green) – in Europe (light green & grey) | ||||||
Capital and largest city | Dublin 53°20.65′N 6°16.05′W / 53.34417°N 6.26750°W | |||||
Official languages | Irish, English | |||||
Ethnic groups | 90.0% Irish, 7.5% Other White, 1.3% Asian, 1.1% Black, 1.1% mixed, 1.6% unspec. | |||||
Demonym | Irish | |||||
Government | Constitutional democratic republic and Parliamentary democracy | |||||
- | President (Uachtarán) | Mary McAleese | ||||
- | Taoiseach | Brian Cowen, TD | ||||
- | Tánaiste | Mary Coughlan, TD | ||||
Independence from the United Kingdom | ||||||
- | Declared | 24 April 1916 | ||||
- | Ratified | 21 January 1919 | ||||
- | Recognised | 6 December 1922 | ||||
- | Current constitution | 29 December 1937 | ||||
Area | ||||||
- | Total | 70,273 km2 (120th) 27,133 sq mi | ||||
- | Water (%) | 2.00 | ||||
Population | ||||||
- | 2009 estimate | 4,460,000 | ||||
- | 2006 census | 4,239,848 (121st) | ||||
- | Density | 60.3/km2 (139th) 147.6/sq mi | ||||
GDP (PPP) | 2009 (IMF) estimate | |||||
- | Total | $174 billion (53rd) | ||||
- | Per capita | $39,441 (8th) | ||||
GDP (nominal) | 2009 (IMF) estimate | |||||
- | Total | $226 billion (35th) | ||||
- | Per capita | $51,128 (6th) | ||||
HDI (2006) | 0.965 Error: Invalid HDI value · 5th | |||||
ކަރަންސީ | Euro (€) (EUR) | |||||
Time zone | WET (UTC+0) | |||||
- | Summer (DST) | IST (WEST) (UTC+1) | ||||
ޑްރައިވްސް | left | |||||
Calling code | 353 | |||||
އިންޓަރނެޓް ޓީއެލްޑީ | .ie[b] | |||||
a. ^ Article 4 of the Constitution of Ireland and Section 2 of the Republic of Ireland Act 1948 – the constitutional name of the state is Ireland; the supplementary legal description is the Republic of Ireland, but is deprecated by the state. b. ^ The .eu domain is also used, as it is shared with other European Union member states. |
އަޔަރލޭންޑްގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި އައިރިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އައިރިޝްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޑަބްލިންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ ޑިމޮކްރަސީއެކެވެ. ޖުމްހޫރިއްޔާއެކެވެ. ހަމަ އެހެންމެ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 119 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 70273 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ie. އެވެ. ކޯލިން ކޯޑަކީ +353 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
މި ޤައުމަށް ކިޔާ ނަމަކީ އޭއިރެ އެވެ. އިނގިރޭސި ބަހުން ކިޔާ ނަމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ އަޔަރލޭންޑެވެ. އައިރިޝް ބަހުން ލިޔާ ލިޔުންތަކުގައި އޮންނަނީ އޭއިރެ އެވެ. އައިރިޝް ބަހަކީ ރަސްމީ ބަހަކަށްވީ 1 ޖަނަވަރީ 2007 ގައެވެ. އޭގެ ފަހުން ޕާސްޕޯޓް ފަދަ ލިޔުންތަކުގައި ވެސް ދެ ބަހުން ކިޔާ ގޮތް ލިޔެވިފައި ހުރެއެވެ.
އަޔަރލޭންޑް ޖަޒީރާގެ 5/6 ހިއްސާކުރަނީ އަޔަރލޭންޑް ނުވަތަ އަޔަރލޭންޑްގެ ޖުމްހޫރިއްޔާއެވެ. އަޔަރލޭންޑްގެ އިރު އުތުރުގައި އޮތީ ނޮދަން އަޔަރލޭންޑެވެ. އެއީ ޔުނައިޓެޑް ކިންގޑަމްގެ ބައެކެވެ.
އަޔަރލޭންޑްގެ ދައުލަތެއް އުފެދުމަށް މެދުވެރިވި ސަބަބަކީ 1921 ވަނަ އަހަރުގައި އަޔަރލޭންޑްގެ ޖަޒީރާ އުތުރު އަޔަރލޭންޑަކަށާއި ދެކުނު އަޔަރލޭންޑަކަށް ވުމުންނެވެ. ދެކުނު އަޔަރލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ވެގެން ދިޔަޔަސް، އުތުރު އަޔަރލޭންޑުން ނިންމީ ޔުނައިޓެޑް ކިންގްޑަމްއާ އެކު އޮތުމަށެވެ. އެކްޓް އޮފް ޔޫނިއަން 1 ޖަނަވަރީ 1801 އިން ފެށިގެން 6 ޑިސެންބަރު 1922 އާ ހަމަޔަށް އަޔަރލޭންޑް އޮތީ ޔުނައިޓެޑް ކިންގްޑަމްގެ ބައެއްގެ ގޮތުގައެވެ. 19 ވަނަ ޤަރުނުގެ މެދަކާ ހިސާބުގައި އަޔަރލޭންޑުގެ އާބާދީގެ ގޮތުގައި 8 މިލިޔަން މީހުން ތިބި ނަމަވެސް ބޮޑުތަދުގެ ދުވަސްވަރުގައި ޤައުމުގެ އާބާދީގެ ތެރެއިން 30% މީހުން މަރުވެގެން ދިޔައީއެވެ. އޭގެ ފަހުން ވެސް އާބާދީ މަދުވެގެން ދިޔަ އެތައް ހާދިސާއެއް ކުރިމަތިވިއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ އިނގިރޭސީންގެ ވެރިކަން އޮތް އިރު ބަނޑުހައި ހޫނުކަމުގައި 1 މިލިޔަން މީހުން މަރުވެގެން ދިއުމާއި، 1.5 މިލިޔަން މީހުން ޤައުމު ދޫކޮށްފައި ދިއުމެވެ. އެހެންކަމުން 1960 ވަނަ އަހަރާ ހަމަޔަށް އަޔަރލޭންޑުގެ އާބާދީ ދިޔައީ ދަށަށެވެ. އަޔަރލޭންޑް މިނިވަން ޤައުމެއްގެ ގޮތުގައި އޮތް ނަމަވެސް އެ ޤައުމަށް ތަރައްޤީގެ ގޮތުން ވަރަށް ގިނަ ގޮން ޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ޚާއްޞަކޮށް އިޤްތިޞާދީ ގޮތުން ވަރަށް ބަނަ ދުވަސްތަކަކާ ކުރިމަތިލާން އެ ޤައުމަށް ޖެހުނެވެ. އެހެން ނަމަވެސް 1980 ގެ އަހަރުތަކަށް އެޅުމުން އަޔަރލޭންޑްގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ. އިޤްތިޞާދީ ގޮތުން ލިބެން ފެށި ކުރިއެރުންތަކާއެކު ވަޒީފާ ނެތް މީހުންގެ ޢަދަދު މަދުވެ، ޤައުމުން ބޭރަށް ހިޖުރަކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.
އަޔަރލޭންޑްގެ އާބާދީގެ 90% އަކީ އައިރިޝް ނަސްލުގެ މީހުންނެވެ. 7.5% އަކީ އެހެން ދޮން މީހުންނެވެ. 1.3% އަކީ އޭޝިޔާ ނަސްލުގެ މީހުންނެވެ. 1.1% މީހުންނަކީ ކަޅު މީހުންނެވެ. 1.1% މީހުންނަކީ މަސްހުނި ނަސްލުތަކުގެ މީހުންނެވެ. 1.6% މީހުންނަކީ ކޮން ނަސްލެއްކަން ތަފާސް ހިސާބުތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ސަގާފަތުގެ ގޮތުން ބަލާއިރު، އަޔަރލޭންޑްގެ ސަގާފަތަކީ ޔޫރަޕުގެ އެހެން ޤައުމުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ޤައުމެކެވެ. އަވަށްޓެރި ނޯދަން އަޔަރލޭންޑާއި އިނގިރޭސި ވިލާތް އަދި ވޭލްސް އާއި ސްކޮޓްލޭންޑްގެ ސަގާފަތް ވެސް އަޔަރލޭންޑްގެ ސަގާފަތާ އެއް ގޮތް ކަމަށްވެއެވެ.
ކުރީން އަޔަރލޭންޑްގެ އިޤްތިޞާދަކީ ދަނޑުވެރިކަމަށް ބިނާވެފައި އޮތް އިޤްތިޞާދެއް ކަމުގައި ވިޔަސް، މިއަދު އެއީ ނޮލެޖް ބޭސްޑް އިކޮނޮމީއެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 39441 ޑޮލަރެވެ.
This article uses material from the Wikipedia ދިވެހިބަސް article އަޔަލޭންޑުގެ ޖުމްހޫރިއްޔާ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.