އަލިފުބާ

އަލިފުބާ، ބަހެއްގެ ތަފާތު އަޑުތައް ތަމްސީލުކޮށް ދިނުމަށް ޓަކައި ބޭނުން ކުރެވޭ ރަމްޒުތަކުގެ ގުރޫޕެކެވެ.

މި ރަމްޒުތައް ނުވަތަ އަކުރުތައް ބޭނުންކޮށްގެން ބަހެއްގެ ހުރިހާ ލަފުޒެއް ވެސް ލިޔެވިދާނެއެވެ. އަލިފުބާގެ އަކުރުތަކަށް ދެވިފައިވާ ނަމަކާއި އެތުރިގެންވާ ތަރުތީބެއް އޮވެއެވެ. ދުނިޔޭގައި މިއަދު ބޭނުން ކުރެވޭ ލިޔެކިއުމުގެ އެންމެ އާންމު ވައްތަރަކީ އަލިފުބާއެވެ. އަލިފުބާ ބޭނުން ނުކުރަނީ ޖާފާނުބަހާއި ސީނީބަސް ފަދަ މަދު ބަހެއްގައެވެ.

އަލިފުބާ

ތާރީޚު

ފުރަތަމަ އަލިފުބާއެއް ބޭނުންކޮށްފައިވަނީ މީގެ ގާތްގަނޑަކަށް 3500 އަހަރު ކުރީން މެދުތެރޭކަނޑުގެ އައްސޭރީގައި ދިރިއުޅުނު ބައެކެވެ. މިބައި މީހުންގެ ބަހަކީ ސާމީ އާއިލާއަށް ނިސްބަތްވާ ބަހެކެވެ. ކުރީގެ އަލިފުބާއަކަށް ސަލާމަތުން އޮތް އެންމެ ދުވަސްވީ އަލިފުބާއަކީ ފިއްނީސުން ބޭނުންކުރި އަލިފުބާއެވެ. މީގެ 3000 އަހަރު ކުރީން ފިއްނީސުންގެ އަލިފުބާ އިރުމަތީން ސާމީންގެ ތެރެއަށް ހުޅަނގުން ޔޫނާނީންގެ ތެރެއަށް ފެތުރުނެވެ. އަލިފުބާ މިބަސް އުފެދިފައިވަނީ ފިއްނީސުންގެ އަލިފުބާގެ ފުރަތަމަ ދެ އަކުރު ކަމުގައިވާ އަލިފު އަދި ބާ އަށް ނިސްބަތްކޮށެވެ. ރޫމާނީންނާއި އަދަރުކާނީންގެ ތެރެއަށް އަލިފުބާ ގެންގޮސްދިނީ ޔޫނާނީންނެވެ. މިއަދު ދުނިޔޭގައި މުފްރަދު 50 ވަރަކަށް އަލިފުބާ ބޭނުން ކުރެވެއެވެ. އިނގިރޭސި ބަސް ލިޔުމަށް ޓަކައި ބޭނުން ކުރެވޭ ރޫމާނީ އަލިފުބާ ފަދައިން ގިނަ އަލިފުބާ ތަކުގައި އަކުރު އޮންނަނީ 20 އަކުރާއި 30 އަކުރާ ދެމެދުގެ އަދަދަކަށެވެ. މަދު އަޑުތައް ބޭނުންވާ ބަސްބަހުގެ އަލިފުބާގައި އޮންނާނީ މަދު އަކުރުތަކެވެ. މިސާލަކަށް ހަވާއީ ބަހުގެ އަޑުތައް ލިޔަނީ ރޫމާނީ އަލިފުބާގެ ތެރެއިން އެންމެ 12 އަކުރު ބޭނުންކޮށް ގެންނެވެ. މިއީ އެންމެ މަދު އަކުރުން ލިޔާ ބަހެވެ. ސިރީލަންކާގެ ސިންހަޅަ ބަހާއި ހިންދުސްތާނުގެ މަލަޔާޅަމް ބަސް ފަދަ ބަސްބަހުގައި 50 ނުވަތަ އެއަށް ވުރެ ގިނަ އަކުރު ބޭނުން ކުރެއެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ބޮޓުސްވާނާއެޕްރީލް 22އޮގަސްޓު 17ސޫރިޔާގުރަންދަނާމާފެބްރުއަރީ 26ޖޯޖިޔާ (ޤައުމު)ފެބްރުއަރީ 5ޢަޤީދާޖުލައި 3ކަލާމްމާރޗް 3ބައްރެސަޣީރުލިތުއޭނިއާރަން ދޮރާށި ފާލަން2011ސެޕްޓެމްބަރު 5ހުންއައުންސުއްނަތްޤުރްއާނުގެ ޢިލްމުޢުލޫމުލްއިސްލާމްޑިސެމްބަރު 5ޖެނުއަރީ 4ނާގަލޭންޑުނައިޖީރިއާޑިސެމްބަރު 9ހުޅަނގު ސަހަރާއީރާން އިރާޤު ހަނގުރާމަހަޖަމުކުރާ ނިޒާމްއެސޯސިއޭޓެޑް ޕްރެސްHow to read Thaana scriptވަންދޭ މާތަރަމްއީރާންޖޯޖް ވޯކަރ ބުޝްއާޖެންޓީނާއިސްލާމްނޫސްވެރިންބެލްގޮރޯޑް ސަރަހައްދުގައެވެފެބްރުއަރީ 2ލޭހޮޅިސެރެލިއޯންސައޫދީ އަރަބިއްޔާޕިސްތާ ބަދަންލުބުނާންފަރުޖުބަންގާޅުސެޕްޓެމްބަރު 16ވަނުއާޓޫޑިސެމްބަރު 4ޖެނުއަރީ 5ބަހަވިއްޔާތުNowy Dwór Królewskiއޮކްޓޫބަރު 3ޖިމީ ވޭލްސްވިޓަމިން ބީ6އެޕްރީލް 8އޮކްޓޫބަރު 21ދެކުނު އެފްރިކާސިލިކަންވެޓިކަން ސިޓީމާރޗް 26އެކުވެރި ޢަރަބި އިމާރާތުއަޒަރުބައިޖާންޤަޠަރުފުރަމޭގެ ކެންސަރުރޫސީވިލާތުގެ ދިދަފެބްރުއަރީ 23މަދީނާޑެޑްސީ🡆 More