ކޯވިޑް-19 ވެކްސިން

ކޯވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (SARS-CoV-2) އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ .

ކޯވިޑް-19 ގެ ބަލިމަޑުކަމަކ،ީ ޞިއްޙ،ީ އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިކުރުވަމުންދާ ކާރިސާ އެކެވެ. ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރުފުރައިގެ މީހުންވެސް ދަނީ މިބަލީގެ ސަބަބުން ޞިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ . މި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑ،ީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައ،ި ސިއްޙީ ހިދުމަތްތެރިންނާއި މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަޙައްމަލު ކުރާ މީހުން ހިމެނެއެވެ .

އެހެނިހެން ވެކްސިންތަކެކޭ ވެސް އެއްފަދައިން މި ވެކްސިންގެ ރައްކާތެރިކަން ވަނީ ވެކްސިން އުފެއްދުމުގެ މަރުޙަލާގައި ކަށަވަރުކޮށްފައެވެ. ޒަމާނުއްސުރެ ވެކްސިން އުފެދުމުގައި އަމަލުކުރާ އުސޫލުގެ ދަށުނ،ް މިވެކްސިންވެސް 3 މަރުހަލާއެއްގައި ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޮންމެ މަރުހަލާއެއްގައި މި ވެކްސިން ޖެހި މީހުންގެ އަދަދު އެހެން ވެކްސިންތަކެކޭ އެއްފަދައިން ހަމަހަމައެވެ .

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުނ،ް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުންނަށް ޖަހައިގެން ޓެސްޓްކުރުމުގެ މަރުޙަލާގައިވާއިރ،ު 173 ވެކްސިނެއް މިހާރު ދަނީ ތައްޔާރުކޮށް ލެބޯޓްރީގައި ޓެސްޓްކުރަމުންނެވެ. އަދި ވެކްސިން ޓެސްޓްކުރުމުގެ އެންމެ ފަހު މަރުޙަލާގެ ތެރޭގައި 15 ވެކްސިނެއް ފުޅާ ދާއިރާއެއްގައި ޓެސްޓްކުރެވެމުން އެބަދެއެވެ .

ކޯވިޑް-19 ވެކްސިން ހޯދުމަށްޓަކައި ދިވެހިރާއްޖެއިން ވަނީ ހަމަހަމަ ކަމާއެކު ރައްކާތެރި ވެކްސިން ޤައުމުތަކަށް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ. ކޯވެކްސް ފެސިލިޓީގެ ތެރެއިން ދިވެހިރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ 2021 ގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައެވެ. މީގެ އިތުރުނ،ް ދިވެހި ސަރުކާރުން ދަނީ އެސްޓްރާޒެނެކާ (AstraZeneca) ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ގަތުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިގޮތުން, ވެކްސިންގެ 000،700 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ .

2021 ޖަނަވަރީ 20 ވަނަ ބުދަ ދުވަހު, އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ, SII އިން ތައްޔާރުކުރަމުންދާ ‘ކޮވިޝީލްޑް’ ވެކްސިންގެ 000،100 ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ .

’ކޮވިޑްޝީލްޑް‘ އަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ޕވޓ ލޓޑ އިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ .

‘ކޮވިޝީލްޑް’ އަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެކެވެ. އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުނ،ް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެއެވެ .

މި ވެކްސިން މިހާރުވަނީ ކްލިނިކަލް ޓްރަޔަލް ގެ އެންމެ ފަހު މަރުހަލާ ކަޑައްތުކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގައެވެ. ދިވެހިރާއްޖޭގައި ދޭ ހުރިހާ ވެކްސިންތަކަކީ ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިގެން ބޭނުންކުރެވޭ ވެކްސިންތަކެވެ. އެމް.އެފް.ޑީ.އޭ އިން ހުއްދަދެވޭއިރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލޭނެއެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިދާނެއެވެ. މިގޮތުން އާންމުކޮށް ހަށިގަނޑުން ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ރަނގަޅުވާނެއެވެ. މިވެކްސިންގެ ސައިޑް އިފެކްޓްސްގެ ތެރޭގައި : • އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައ،ި ތަދުވ،ެ ރަތްވ،ެ ހިރުވ،ާ ދުޅަވެ ނޫފައިގަތުން ފަދަ ކަންކަނ ް • ހުންއައުނ ް • ވަރުބަލިވުނ ް • ބޮލުގައި ރިއްސުނ ް • މޭ ނުބައިކުރުނ ް • ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުނ ް

ވެކްސިންގެ ޑޯޒް ދޭންޖެހޭ އަދަދު ބިނާވަނީ ވެކްސިންގެ ބާވަތަށެވެ . 19-ްމޮޑަރނާ ކޯވިޑ’ ،(Pfizer-BioNTech) ‘ްފައިޒަރ-ބަޔޯއެންޓެކ ،(Covishield) ‘ްއ ެގޮތުން ‘ކޮވިޝީލްޑ. ެމިއިން ކޮންމެ ވެކްސިނެއްގެވެސް 2 ޑޯޒް ޖަހަންޖެހެއެވ (Moderna COVID-19 Vaccine) ‘ްވެކްސިނ

ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބު ކަނޑައަޅަނީ ވެކްސިން ލިބޭ އަދަދަށް ބަލާފައެވެ. ވެކްސިންދިނުމުގައި އިސްކަންދޭތަރުތީބު ބަހާލައިފައިވަނީ ތިރީގައިވާ ތިންބަޔަށެވެ. ހ. ސިއްޙީ ޚިދުމަތުގައި އަދި އިޖްތިމާއީ ޚިދުމަތުގައި އިސްސަފުގައި މަސައްކަތްކުރާ މީހުން: މީގެ ތެރޭގައި ހިމެނެނީ ޞިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިނ،ް ބަލިމީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ފަރާތްތަކާއ،ި ބަލިމީހުންނަށް ފަރުވާދޭ ތަންތަނުގައި ކުނި ނުވަތަ ބަލިމީހާގެ ހަށިގަނޑުން ބޭރުވާ ދިޔައަކަށް ނުވަތަ ނަޖިހަކަށް ހުށަހެޅޭފަދަ މަސައްކަތްތައް ކުރާ މީހުންނާއި އުމުރުން ދުވަސްވީމީހުންނާއި އެހެނިހެން އިޖްތިމާއީ ޙާލަތްތަކުގައި ހިމެނޭ މީހުންނަށް ހިދުމަތްދޭ މީހުންނެވެ. ށ. މި ބައްޔަށް ހުށަހެޅިއްޖެނަމ،ަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުނ ް މީގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ މީހުނ،ް އަދި އުމުރުން 50 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން : • ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުނ ް • ހަކުރު ބަލި ހުންނަ މީހު ން • ހިތުގެ ބަލިތައް ހުންނަ މީހު ން • ސްޓްރޯކެއް ޖެހިފައިވާ މީހު ން • އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން ) • ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހު ން • ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހު ން • ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހު ން • ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުނ ް ނ. އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން • ޓީޗަރުނ ް • ފުލުހުނ ް • ސިފައިނ ް • ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނަށް ޚިދުމަތްދިނުމުގައި އިސްސަފުގައި ހަރަކާތްތެރިވާ މީހުން : o އެއާރޕޯޓުގެ އިސްސަފުގައި ހަރަކާތްތެރިވާ މުވައްޒަފުން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުިނ މެނޭްޖކުރު ުމ ަގ ިއ ހަަރާކތްތެ ިރވާ މުވައްޒަފުން ހިމެނޭ ) o ޓްރެަވލް އެޖެންސީތަކުގެ ކަުއ ްނ ަޓރުގައި މަސައްކަްތ ކުރާ މުވައްޒަ ުފ ްނ o މަތިން ާދބޯޓުެގ ފަ ުޅވެރިން (މީގެ ތެރޭަގިއ ސާުފކުރާ މީހުންނާިއ ކުނި މެނޭޖްކުރު ުމގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ ) o ފަތުރުވެރިކަމުގެ ދާއިރާގެ އިސްސަފުގައި މަސައްކަތްކުރާ މުވައްޒަފުން . o ކުނި މެނޭޖްކު ުރ ުމގައި ހަރަކާތް ެތ ިރވާ މުވައްަޒފުން. ެއ ްއގަމާއި ކަނޑުގެ ަޕބްލިކް ޓްރާންސްޕޯރޓްަގއި މަސައްކަތްުކާރ މީހުން ހިމެނުންވެސް މުހި ްނ މު


ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެކެވެ. މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުންދަށުގެ ކުދިން ހިމެނިފައި ނުވާތީ މި އުމުރުފުރާގެ ކުދިންނަށް ވެކްސިނެއް ނުޖަހާނެއެވެ .


ދިވެހި ރާއްޖެއަށް ގެންނަ ވެކްސިން ދިވެހި ރައްޔިތުން އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް އަގަކާނުލައެވެ .


• ވެކްސިން ދިނުމަށް ނިންމާފައިވާ ޚާއްސަ ގުރޫޕްތަކަށް ވެކްސިން ދޭނެ ތަރުތީބު ވަނީ އެކަމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އޮނިގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފަ އި • ވެކްސިން ރައްކާކުރުމުގައި ޢަމަލުކުރަންވީ މިންގަނޑުތަކަށް ބަލައ،ި ކޯލްޑްޗެއިން ނިޒާމު ހަރުދަނާ ކުރުން . • ވެކްސިން ފޯރުކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލުން . • ވެކްސިން ދޭނެ ގޮތާއި ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ސިއްހީ ޚިދުމަތްތެރިންނަށް އުނގަންނައިދީ ތަމްރީނުކުރުން . • ވެކްސިންގެ މުހިންމުކަން އާންމުންނަށް އަންގައިދީ ވެކްސިނާ ބެހޭ ރަގަޅު މައުލޫމާތު ފޯރުކޮށްދިނުނ ް

ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށް ހުއްދަ ދީފައިވާ ވެކްސިންތައް. ކޮންމެ ވެކްސިނެއްވެސް ރައްކާކޮށް ފޯރުކޮށްދިނުމުގައި އެ ވެކްސިނެއް ބަހައްޓަންޖެހޭ ފިނިހޫނުމިން (ކޯލްޑް ޗެއިން) ބެލެހެއްޓޭނެއެވެ. މީގެ އިތުރުން ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ދުނިޔޭގެ ޞިއްހަތު ޖަމުއިއްޔާއާއި ޔުނިސެފްގެ އެހީގައި ދަނީ ކުރަމުންނެވެ. އޭ.އީ.އެފް.އައި މޮނިޓަރިންގ: ވެކްސިންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރެއް ހަށިގަނޑަށް ކުރިތޯ ބެލުމަށް ވެކްސިން ޖަހާފައިވާ ފަރާތްތައް ވަކިވަކިން މޮނިޓަރ ކުރަމުންގެންދާނެއެވެ. އަދި މިގޮތުން ކުރިއަށް ގެންދާ މޮނިޓަރިންގ ކުރިއަށް ގެންދާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ .


ވެކްސިނެއް ތައްޔާރުކުރެވޭނ،ީ ބަލި ޖެހުމަށް މެދުވެރިކުރުވާ އެއްޗަކީ ކޮބައިކަން ދެނެގަނެވުމުންނެވެ. 2-SARS-CoV އަކީ މީގެ ކުރިން ފެނިފައި ނުވާ އައު ވައިރަހެއްކަމުނ،ް ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށޭނ،ީ މި ވައިރަސް (CoV-SARS-2) ދެނެގަނެ އޭގެ ޖެނެޓިކް ހަގީގަތް ބަލާ ދިރާސާކުރުމަށް ފަހު އެވެ. އެހެންނަމަވެސް،މި ވެކްސިންތައް އުފެއްދުމުގައިވެސް ވެކްސިން ތައްޔާރުކުރުމުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ .


މި ވެކްސިން ޖެހުން މަޖުބޫރެއް ނޫނެވެ. ވެކްސިންޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެއެވެ. ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމ،ަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެއެވެ. ވަކި ފަރުދަކަށް ބަލައިފިކަމުގައިވާނަމަވެސ،ް މި ވެކްސިންޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ .

ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރެއް ކޮށްފާނެއެވެ. މިގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި : • ހުންއައު ން • ވަރުބަލިވު ން • ބޮލުގައި ރިއްސު ން • އިންޖެކްޝަން ޖަހާ ތަނަށް ތަދުވުން ނުވަތަ ދުޅަވު ން މިފަދަ އަލާމާތްތަކާއި މެދު ކަންބޮޑުވާނަމަ ނުވަތަ ރަނގަޅުނުވެ ގިނަ ދުވަސްވާނަމ،ަ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދަން ވާނެއެވެ. ނުވަތަ 1676 އަށް ގުޅާ ރިޕޯޓްކުރަންވާނެއެވެ .

ކޯވިޑް-19 ގެ ވެކްސިންތަކަށް ފުރަތަމަ ހުއްދަ ދިންއިރު މި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނެ މުއްދަތަކީ ކިހާ ދުވަހެއްތޯ އެނގިފައެއް ނުވެއެވެ. ސަބަބަކީ މިކަމަކީ އަދިވެސް ދިރާސާ ކުރަމުން އަންނަކަމަކަށް ވެފައ،ި ޔަޤީން ކުރެވޭނީމިކަން ގިނަ ހޯދުންތައް ހޯދާ މިކަމުގެ މަޢުލޫމާތުތައް އެއްކުރެވިގެން ކަމަށްވާތީއެވެ. މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތައް ދައްކާގޮތުން ވެކްސިންގެ އަސަރު 1 އަހަރު ދުވަހަށް ދެމިހުންނާނެއެވެ .

ވައިރަހަކީ އޭގެ ޒާތުގައި އަބަދުވެސް ބަދަލުވަމުންދާ (މިއުޓޭޓްވަމުންދާ) އެއްޗެކެވެ. ވައިރަސް މިއުޓޭޓްވުމަކީ އޭގެ ޖެނެޓިކް މެޓީރިއަލް އަށް ބަދަލުއައުމެވެ. އެކި ވައިރަސް މިއުޓޭޓްވާން ނަގާ މުއްދަތު ތަފާތެވެ. މިގޮތުން ވައިރަހަށް އަންނަ ބަދަލަކީ އޭގެ ސަބަބުން ވެކްސިނުން ލިބޭ ފައިދާއަށް އަސަރުކުރާ ކަމަކަށް ނުވެދާނެއެވެ . ކޯވިޑް-19 ޖައްސާ ވައިރަސް (2-SARS-CoV) އަށް އަންނަ ބަދަލުތަކާއ،ި މިވައިރަސްގެ އަލަށް ފެންނަ ބާވަތްތަކުން ނުވަތަ ވޭރިއަންޓްތަކުން ކޯވިޑް-19ގެ ވެކްސިންދީގެން ހަށިގަނޑު ރައްކާތެރިކުރުވާ މިންވަރު ސައިންސްވެރިންނާއި ރެގިއުލޭޓަރީ އިދާރާތަކުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ . ވައިރަހުގެ ޒަރީއާއިން ޖެހޭ ހިމަބިހ،ި ރުބެއްލާ ފަދަ ބަލިތަކާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އަސަރު ހަށިގަނޑުގައި ގިނަ އަހަރުތަކަކަށް ދެމިހުރެއެވެ. ނަމަވެސް އިންފުލުއެންޒާ ފަދަ އަރިދަފުސް ރޯގާގެ ބަލިތައް ޖައްސާ ވައިރަސްއާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާ ވެކްސިނަކީ ކޮންމެ އަހަރަކު ބަދަލު ގެންނަންޖެހޭ ވެކްސިނެކެވެ. ސަބަބަކީ ރޯގާ ޖައްސާ ވައިރަހަކީ އޭގެ އަސްލަށް ވަރަށް އަވަސްއަވަހަށް ބަދަލުއަންނަ އެއްޗަކަށް ވުމެވެ. ރޯގާ ޖައްސާ ވައިރަހުގެ އެކި ބާވަތްތައް މޫސުމީ ރޯގާގެ ގޮތުގައި ފެނެއެވެ .

ކޯވިޑް-19 އާ ދެކޮޅަށް ‘ހަރޑް އިމުއިނިޓީ’ ހާސިލުކުރުމަށް ވެކްސިން ދޭންޖެހޭ އާބާދީގެ އިންސައްތަ ކަމާބެހޭ މާހިރުންނަށް އަދި ދެނެގަނެފައެއް ނުވެއެވެ. ‘ހަރޑް އިމިއުނިޓީ’ އަކީ ވެކްސިންޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބަދީގެ ބޮޑު އިންސައްތައެއް ހޭނި އެބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ. މިހެންވުމުނ،ް މުޖުތަމައެއްގައި ދިރިއުޅޭ ޚާއްޞަ ހާލަތްތަކުގައި ބައެއް މީހުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސ،ް އެ މުޖްތަމައުގައި ދިރިއުޅޭ އެންމެން ތިބޭނީ މި ބަލިން ރައްކާތެރިކުރެވިފައެވެ. ‘ހަރޑް އިމުއިނީޓީ’ ހާސިލުކުރުމަށް ބަލިން ރައްކާތެރިވެފައިވާ އާބާދީގެ އިންސައްތަ ހުންނަންޖެހޭ މިންވަރު އެކި ބަލި ބަލީގައި ތަފާތެވެ .

ކޯވިޑް-19 އަށް ހުށަހެޅުމުގެ ސަބަބުން މި ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމުގައި ރައްކާތެރިކަން އުފެދި ދެމިހުންނަ މުއްދަތު މި ބައްޔާބެހޭ ގޮތުން އަދި ރަގަޅަށް ހޯދިފައި ނެތުމުން މި ބަލި ޖެހި ރަނގަޅު ވެފައިވާ މީހާއަށްވެސް ކޯވިޑް-19 ގެ ވެކްސިން ޖެހޭނެއެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ .

ކޯވިޑް-19 ތަހައްމަލު ކުރަމުންދާ މީހުނ،ް ބަލިން ރަނގަޅުވެ ބަލީގެ އަލާމާތްތައް ފިލައިދަންދެން ވެކްސިން ނުޖަހާ މަޑުކުރަންވާނެއެވެ .

ވެކްސިންޖެހުމަށް ރަޖިސްޓަރީކުރުމުން މިހާރު ދިރިއުޅޭ ތަނާއި ޞިއްޙީ ހާލަތާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އެޗް.ޕީ.އޭ އަށް ހުށަހެޅޭނެއެވެ. އަދި މި މަޢުލޫމާތު ބޭނުންކޮށްގެން ވެކްސިންދިނުމަށް އިސްކަންދޭ ތަރުތީބަށް ބަލައ،ި ވެކްސިންޖަހަން ދާންޖެހޭ ތަން ކަނޑައެޅޭނެއެވެ. ‘ހާލުބެލުން’ ފަދަ ޕޯޓަލްއެއް މެދުވެރިކޮށް މި މަޢުލޫމާތުތައް ކުރިން ހުށަހަޅާފައި ވީނަމަވެސ،ް އެ މަޢުލޫމާތައް އެއްވެސް ބަދަލެއް އައިސްފައިވޭތޯ މި ރެޖިސްޓްރޭޝަންގެ ތެރެއިން ދެނެގަނެވޭނެއެވެ .

ވެކްސިންޖެހުމަށް ދެކޮޅު ހެދުމަކީ މުޅި ދުނިޔޭގައިވެސް ހިނގާކަމެކެވެ. އަދި މިއީ ދިވެހިރާއްޖޭއިންވެސް ފާހަގަވަމުން އަންނަ މައްސަލައެކެވެ. ވެކްސިން ޖެހުމާއި ދެކޮޅުހަދާ މީހުންނާ މުޢާމަލާތްކުރުމަށް ބައިނަލްއަޤްވާމީގޮތުން ބަލައިގަނެފައިވާ އެކި ގޮތްތައް މައުލޫމާތުގެ އެހީގައި ވެކްސިން އަދި ކޯވިޑް-19 އާއި ބެހޭ ތެދު މަޢުލޫމާތު ގިނަގިނައިން އާންމުންނަށް ފޯރޮކޮށްދިނުން. އަދި އެޗް.ޕީ.އ،ޭ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ އަދި ޔުނިސެފް ފަދަ އިތުރުބާރު ހުރި ފަރާތްތަކުން ތެދު މައުލޫމާތު ހޯދުމަށް ބާރު އެޅުމާއި އެ މަޢުލޫމާތު ހޯދާނެގޮތް އާންމުންނާއި ކަމާބެހޭ މީހުންނަށް އުގަންނައިދިނުން.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ހުއްޓާލާނެ މުއްދަތެއް މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކަށް ބިނާކޮށް އަދި ކަނޑައެޅޭކަށް ނެތެވެ. މިކަމަށް ގޮތެއް ނިންމުމަށްޓަކައ،ި ވެކްސިންގެ ސަބަބުން މިބަލިން މީހާ ރައްކާތެރިކޮށްދޭ މުއްދަތު ކަމާބެހޭ މާހިރުން ދެނެގަންނަންޖެހެއެވެ. އަދި މިކަން ކަނޑައެޅުމަށް ކޯވިޑް-19 ވެކްސިން ޖަހާފައިވާ މީހުންގެ އަދަދާއ،ި މުޖުތަމައުގައި މިބަލި ފެތުރޭ މިންވަރަށް ބަލަންޖެހެއެވެ .

މިފަދަ މީހުންނަށް ވެކްސިން ޖެހޭނެކަން ނުވަތަ ނޫންކަން ޔަގީންކުރެވޭނީ ވެކްސިންގެ ބާވަތަށާއ،ި ސްޓެރޮއިޑް ބޭނުންކުރާ މުއްދަތު އަދި އެ މީހެއްގެ ހުރި ޞިއްޙީ މައްސަލަތަކަށް ބިނާކޮށެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ .

ވެކްސިންޖަހާތާ 4 ހަފުތާފަހުން ލޭ ހަދިޔާކުރެވޭނެއެވެ .

ސްޓެރޮއިޑް ބޭނުންކުރުން ކުރިއަށްގެންދެވިދާނެކަން ޔަގީންކުރެވޭނީ ޖަހާ ވެކްސިންގެ ބާވަތަށާއި ބޭނުންކުރާ ސްޓެރޮއިޑްގެ މިންވަރަށް ބިނާކޮށެވެ .

ލޭދިޔާކުރާ ބޭސް ބޭނުންކުރާނަމ،ަ ވެކްސިންޖެހުމުގެ ކުރިން ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ. އަދި ލޭގެ ޓެސްޓުގެ ނަތީޖާ ގެންދަންވާނެއެވެ .

އެންޓިބަޔޮޓިކް ނުވަތަ އިމިއުނޯސަޕްރެސެންޓް (ދިފާއީ ނިޒާމު ބަލިކަށިވާފަދަ ބޭސް) ބޭނުންކުރަމުންދާނަމ،ަ ވެކްސިންޖެހުމުގެ ކުރިން ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ .

މިކަން ބިނާވަނީ ވެކްސިންގެ ބާވަތަށާއ،ި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިފަހުން ފާއިތުވެފައިވާ މުއްދަތު އަދި ވެކްސިންދިނުމުގައި އިސްކަންދޭ ތަރުތީބަށް ބަލައި ވެކްސިންލިބެންހުރި މިންވަރަށެވެ .

އާނއެކެވެ. ނަމަވެސް މިފަދަ މީހުން ވެކްސިން ޖެހުމުގެ ކުރިން މި މަޢުލޫމާތު ހިއްސާކުރަންވާނެއެވެ. އަދި ވެކްސިންޖެހުމަށްފަހު މިފަދަ މީހުން މޮނިޓަރކުރުމަށް ސެންޓަރުގައި ބައިތިއްބޭނެއެވެ .

ވެކްސިންގެ އަސަރުކުރާނީ ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރުމުންނެވެ. އަދި ވެކްސިންގެ ސަބަބުން ބަލިންދިފާއުކޮށްދޭ މުއްދަތު ބިނާވާނީ ވެކްސިންގެ ބާވަތަށެވެ. މިހެންކަމުން ކަރަންޓީން ވާންޖެހޭނެކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ ޖަހާ ވެކްސިންގެ ބާވަތަކުންނެވެ. ތަފާތު ވައްތަރުތަކުގެ ވެކްސިނާއި ގުޅޭ އިތުރު މައުލޫމާތު ލިބުނުވަރަކުން ކަރަންޓީނުވުމުގެ އުސޫލުތައް ހިއްސާކުރެވޭނެއެވެ .

ނޫނެކެވެ. ނަމަވެސް ކޯވިޑް-19ގެ ތަފާތު އެކި ވެކްސިންގެ އަސަރު ހަށިގަނޑުގައި ދެމިހުންނާނީ ކިހާ މުއްދަތަކަށްތޯ އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އިބްރާހީމް ނާޞިރުރިނދަވާލިވާދޫ ދަންނަ ކަލޭގެފާނުހަސަން އަފީފް(ޖަންބު)ބަލްގޭރިއާފިޔަލަ އާއިލާ (މަސް)އަޔޮޑިންކުވެއިތުދެކުނު ކޮރެއާއެކުވެރި ދައުލަތްތައްނޭޕާލްޞޫފީންހައިޑްރަޖަންސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)ޖުލައި 28އޮގަސްޓުBމެއި 23ޖުޒާމު ބަލިނޮވެމްބަރު 29ނީޖަރުކޮމޯރޯސްHistory of Gabonދިގުރަށް (އދ. އަތޮޅު)ޑެންމާކުފަރަންސޭސިޖުލައި 1އަޒަރުބައިޖާންމަރިޔަމް ޒުހުރާHubert Humphreyފާދިއްޕޮޅުޖެނުއަރީ 22ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުސެޕްޓެމްބަރު 24ޔޫ.ޓީ.ސީ.މޭބިސްކަދުރުބައިނަލްއަޤްވާމީ އަޑުބިނާގެ އަލިފުބާސެޕްޓެމްބަރު 29ސެޕްޓެމްބަރު 15ސަން މަރީނޯފެބްރުއަރީ 17ސެޕްޓެމްބަރު 12އީރާންކަރައްޔެ ކަޅުތުއްތުދީދީގަމު ލޯމާފާނުޢުމާންޖުލައި 25މެއި 272016ނޭވާލާ ނިޒާމްއެޕްރީލް 21މުޙައްމަދު ޢަބުދުﷲ (މުޙައްމާ)މޮރިޝަސްPhilosophyކޮސްޓަރީކާނޭފަތުން ލޭއައުންއިންޑިޔާގެ ޑެމޮގްރަފީދަމުއިދިވެހިންނާއި ޕީއެޗްޑީތުރުކީވިލާތްމާރޗް 8ކަޅުކައްޅަކޯލިސިސްޓަކައިނިންބިލެއް ކައްޓަލަމާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތައްހަންޝިން ޓައިގަރސްލޯއެޕްރީލް 25🡆 More