ކަޒަކިސްތާން

ކަޒަކިސްތާނަކީ ޔޫރޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.

ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގައި ނުވަވަނަ އަށް އެންމެ ބޮޑު ޤައުމެވެ. ދުނިޔޭގެ ބިންބަންދު (ލޭންޑްލޮކް) ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޤައުމަކީ ވެސް ކަޒަކިސްތާނެވެ.

Republic of Kazakhstan
Қазақстан Республикасы
Qazaqstan Respwblïkası
قازاقستان رهسپۋبلٸكاسى
Республика Казахстан
Respublika Kazakhstan
ކަޒަކިސްތާން ކަޒަކިސްތާން
Flag Coat of arms
Anthem: Менің Қазақстаным (Kazakh)
Meniñ Qazaqstanım (transcription)
"My Kazakhstan"
ކަޒަކިސްތާން
Location of Kazakhstan, Kazakstan, Qazaqstan
CapitalAstana
51°10′N 71°30′E / 51.167°N 71.500°E / 51.167; 71.500
Largest city Almaty
Official languages Kazakh (state and major for Kazakh officials, spoken by all Kazakhs)
Russian (2nd official (spoken by 85% of residents, including non-Russians))
Ethnic groups (2009 census)
67% Kazakh
18% Russian
2.7% Ukrainian
2.6% Uzbek
1.5% Uyghur
1.4% Tatar
1.3% German
5.5% Other
Demonym Kazakh
Kazakhstani
Government Presidential republic
 -  President Nursultan Nazarbayev
 -  Prime Minister Karim Massimov
Independence from the Soviet Union
 -  Kazakh Khanate 1465 
 -  Alash Autonomy December 13, 1917 
 -  Kazakh SSR December 5, 1936 
 -  Declared December 16, 1991 
 -  Finalized December 25, 1991 
Area
 -  Total 2,724,900 km2 (9th)
1,052,085 sq mi
 -  Water (%) 1.7
Population
 -  2009 census 16,402,861 .
 -  Density 6/km2 (226th)
15.6/sq mi
GDP (PPP) 2008 estimate
 -  Total $177.835 billion
 -  Per capita $11,434
GDP (nominal) 2008 estimate
 -  Total $135.601 billion
 -  Per capita $8,719
Gini (2005)30.4
Error: Invalid Gini value
HDI (2007)ކަޒަކިސްތާން 0.804
Error: Invalid HDI value · 82nd
ކަރަންސީ Tenge (ކަޒަކިސްތާން) (KZT)
Time zone West/East (UTC+5/+6)
ޑްރައިވްސް right
Calling code +7-6xx, +7-7xx
އިންޓަރނެޓް ޓީއެލްޑީ .kz

އަވަސް ކަޅިއަކުން ބަލައިލުމެއް

ކަޒަކިސްތާނުގެ ރަސްމީ ބަހަކީ ކަޒަކް ބަހެވެ. ދެވަނަ ރަސްމީ ބަހަކީ ރޫސީ ބަހެވެ. އިނގިރޭސި ބަހުން ކަޒަކިސްތާނުގެ މީހުންނަށް ކިޔަނީ ކަޒަކްސްއެވެ. ނުވަތަ ކަޒަކްސްތާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަލްމާތީއެވެ. ޤައުމުގެ ވެރިރަށަކީ އަސްތާނާއެވެ. އަސްތާނާާއަށް ކަޒަކިސްތާނުގެ ވެރިކަން ބަދަލުކޮށްފައިވަނީ 1997 ވަނަ އަހަރުގައެވެ. އޭގެ ކުރީން އެ ޤައުމުގެ ވެރިކަން ކުރަމުން އައީ ޤައުމުގެ އެންމެ ބޮޑު ޝަހަރު ކަމުގަިއވާ އަލްމާތީގައެވެ. ނެދަލޭންޑްސްއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 16 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 62 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.7 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kz. އެވެ. ކޯލިން ކޯޑަކީ +76 އަދި +77 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކަޒަކް ތެންޖެވެ.

ނަން

ކަޒަކްސްތާނުގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ އާބާދީގައި ހިމެނޭ އެންމެ ބޮޑު ނަސްލު ކަމުގައިވާ ކަޒަކް ނަސްލުގެ މީހުންނަށެވެ. ކަޒަކްސްތާނުގެ މާނައަކީ ކަޒަކް މީހުންގެ ބިމެވެ.

ޖުޣުރާފީ

ކަޒަކިސްތާނުގެ ސަރަޙައްދު ހުޅަނގު ޔޫރަޕަށް ވުރެ ބޮޑެވެ. ގަޑީގެ ކަށި ހިނގާ ބުރުން ބަލާއިރު ކަޒަކިސްތާނާ ބޯޑަރުގެ ގޮތުން ގުޅެނީ ރަޝިޔާ އާއި ޗައިނާ އާއި ކިރްގިސްތާނާއި އުޒްބެކިސްތާނާއި ތުރުކްމެނިސްތާނެވެ. ހަމަ އެހެންމެ ކަޒަކިސްތާނު ވަނީ ބޯޑަރުގެ ގޮތުން ކަސްބީ (ކެސްޕިއަން) ކަނޑާ ވެސް ގުޅިފައެވެ. އެހެން ނަމަވެސް މިއީ ދުނިޔޭގެ މާކަނޑުތަކަށް ހުޅުވިފައިނުވާ ކަނޑަކަށްވާތީ، ކަޒަކިސްތާނަކީ ބިން ބަންދު ޤައުމެކެވެ.

ތާރީޚު

ގަލުގެ ޒަމާނުން ފެށިގެން ކަޒަކިސްތާނުގައި އިންސާނުން ދިރިއުޅެމުން އަންނަ ކަމަށް ތާރީޚު ހެކިދެއެވެ. ކަޒަކިސްތާނުގެ މޫސުމާއި އެތަނުގެ އާބުހަވާއަކީ ނަޢަމް ސޫފި ގެންގުޅޭ ރެދިން (ނޯމޭޑްސް) ވަރަށް ހިތް ހަމަ ޖެހިގެން އުޅޭނޭ ފަދަ ތަނެކެވެ. ކަޒަކިސްތާނުގެ ޤަދީމީ ޝަހަރުތަކުގެ ތެރޭގައި ހިމެނޭ ތަރާޒް ފަދަ ޝަހަރުތަކަކީ އިރުމައްޗާއި ހުޅަނގު ގުޅުވައިދިން ފަށުވިމަގުގެ ރާސްތާގައި ހިމެނޭ މުހިއްމު ޝަހަރުތަކެވެ. ސިޔާސީ ގޮތުން ކަޒަކިސްތާނަށް މުހިއްމު ބަދަލުތަކެއްް އަންނަން ފަށާފައިވަނީ އެ ޤައުމަށް މީލާދީން 13 ވަނަ ޤަރުނުގައި މޮންގޯލިޔަނުންގެ ވެރިކަމުގައެވެ. ކަޒަކިސްތާނުގެ އިދާރީ ޑިސްޓްރިކްޓްތައް ވެސް ހަމަޖެހިފައިވަނީ މޮންގޯލިޔަނުންގެ ވެރިކަމުގައެވެ. މީލާދީން 15 ވަނަ ޤަރުނުގައި ކަޒަކް ނަސްލުގެ މީހުން، ވަކި ޕެހެޗާނެއްގެ ގޮތުގައި ބެލެވެން ފެށިއެވެ. ކަޒަކް ނަސްލު ވަކި ގޮތްޕެއްގެ ގޮތުގައި ވަކިވީ ތުރުކީ ޤަބީލާގެ ތެރެއިންނެވެ. އެހެންނަމަވެސް ކަޒަކް ނަސްލަކީ މުޅީން ވަކި ނަސްލެއް ކަމުގައި ބެލެވެން ފަށާފައިވަނީ މީލާދީން 16 ވަނަ ޤަރުނުގެ މެދުތެރޭގައި ވަކި ބަހެއްގެ ގޮތުގައި ކަޒަކް ބަސް ތަރައްޤީވުމުންނާއި، ވަކި ސަގާފަތަކާއި އިޤްތިޞާދެއް ޤާއިމުވުމުންނެވެ.

ޑެމޮގްރަފިކްސް

ކަޒަކިސްތާނުގެ އާބާދީގެ 67% މީހުންނަކީ ކަޒަކް ނަސްލުގެ މީހުންނެވެ. 18% މީހުންނަކީ ރޫސީ ނަސްލުގެ މީހުންނެވެ. 2.7% މީހުންނަކީ ޔުކްރޭނީންނެވެ. 2.6% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 1.5% މީހުންނަކީ އުއިޣޫރު ނަސްލުގެ މީހުންނެވެ. 1.4% މީހުންނަކީ ތަތާރުންނެވެ. 1.3% މީހުންނަކީ ޖަރުމަނު ނަސްލުގެ މީހުންނެވެ. 5.5% މީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނެވެ.

ސަގާފަތު

ކަޒަކިސްތާނުގެ އާބާދީގެ 65% މީހުންނަކީ މުސްލިމުންނެވެ. މި މީހުންގެ ތެރެއިން ގިނައީ ޙަނަފީ މަޒުހަބުގެ މީހުންނެވެ. 1% މީހުންނަކީ ޝާފިޢީ މަޒުހަބުގެ މީހުންނެވެ. އެއީ ޝީޝާން (ޗެޗްނިޔާ) ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. މުސްލިމުންގެ އިތުރުން ކްރިސްޓިޔަނުންނާއި ޔަހޫދީން ވެސް އުޅޭ މި ޤައުމުގައި ހަރޭ ކްރިޝްނާއިންނާއި ބުދިސްޓުން އުޅޭމެއެވެ.

އިޤްތިޞާދު

ކަޒަކިސްތާނަކީ ދުޅަހެޔޮ އިޤްތިޞާދެއް އޮތް ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 11434 ޑޮލަރެވެ.

Tags:

ކަޒަކިސްތާން އަވަސް ކަޅިއަކުން ބަލައިލުމެއްކަޒަކިސްތާން ނަންކަޒަކިސްތާން ޖުޣުރާފީކަޒަކިސްތާން ތާރީޚުކަޒަކިސްތާން ޑެމޮގްރަފިކްސްކަޒަކިސްތާން ސަގާފަތުކަޒަކިސްތާން އިޤްތިޞާދުކަޒަކިސްތާން

🔥 Trending searches on Wiki ދިވެހިބަސް:

ޙަބުޝްކަރަރަހިމުގެ ދޮރުމާރޗް 24އެޕްރީލް 16ފްރެންކްލިން ޕިއަރސްފާރިސީދީންއޮގަސްޓު 6މަނި އުފެދޭ ހޮޅިތައްމަޑު މަސްބްރަސީލިއާޝާހްނާމާއެޕްރީލް 3އެޕްރީލް 12ބުދަ ދުވަސްއިބްރާހިމް ޝިހާބްޖޫން 23ސޫރިޔާއޮގަސްޓު 30ޑިސެމްބަރު 12Moroccoޙައްޖުލޯނޮވެމްބަރު 27ތަމަޅަސަންތި ލޫސިއާސަންތި ކިޓަސް އަދި ނޭވީސްއަޙްމަދު ޒަކީސިމްޕަތެޓިކް ނާރވަސް ސިސްޓަމްރޮނަލްޑް ރޭގަންޕެރޫވެނެޒުއޭލާފެބްރުއަރީ 23ކެނެޑާސާކާފެންއޮކްޓޫބަރުކަނޑޫޗެސްޓަރ އެލާން އަރތަރފަރަންސޭސިސެރެލިއޯންފެބްރުއަރީ 10ސެޕްޓެމްބަރު 2ގެރެންޑާކާރސް (ކާރޓޫނު ފިލްމު)ދިމިޝްޤުޖުލައި 5ޕޮލެންޑުއަބޫބަކުރުގެފާނު2007ޢިރާޤުއިސްޕެއިންޑިސެމްބަރު 20ޖޫން 20އަކަކިލޯމީޓަރުކަރުދާސްއޮގަސްޓު 29އެކުވެރި ދައުލަތްތައްމެއި 19ތުރުކީވިލާތްއޮގަސްޓު 15ސެޕްޓެމްބަރު 7ލައިޕޯޓްރޮޕިންއެޕްރީލް 1ފުރަމޭގެ ކެންސަރުDid You Know Archivesމާރޗް 1އެޕްރީލް 19އުޒްބެކިސްތާންޖޭމްސް ބުޗަނަންއުރުދޫ🡆 More