ކަށި ވިދުރި

ކަށި ވިދުރި(އިނގިރޭސި ބަހުން: smallpox) އަކީ ޑީއެންއޭ ވައިރަސް ތަކުގެ ތެރޭގައި ހިމެނޭ ޕޮކްސް ގްރޫޕްގެ ވައިރަސްގެ ތެރޭގައި ހިމެނޭ ވޭރިއޯލާ ވައިރަސް ގެ ސަބަބުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.

ވޭރިއޯލާ ވައިރަސްގެ ދެބާވަތެއް ހުރެއެވެ. އެއީ ކަށި ވިދުރި ޖައްސާ ވޭރިއޯލާ މޭޖަރ ވައިރަސް އަދި އެލަސްޓްރިމް ކިޔާ ބައްޔެއް ޖައްސާ ވޭރިއޯލާ މައިނަރ ވައިރަސް އެވެ.


ބަލިޖެހުން

މިބަލި ޖެހެނީ ހަށިގަނޑަށް ވައިރަސް ވާޞިލްވުމުންނެވެ. ވައިރަސް ހަށިގަނޑަށް ވާޞިލްވަނީ ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ރުމާ ފަދައެއްޗެއް ބޭނުންކުރުން، ނުވަތަ ވައިރަސް އާ ތަޣައްޔަރުވެފައިވާ އެއްޗެއް ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑަށް ވާޞިލްވުމުންނެވެ.


ޢަލާމާތްތައް

ފުރަތަމަ ކޮޅު ހުން އައުމާއެކު މިބަލީގެ އަސަރު ކުރާނީ ނޭފަތުގެ ބަތާނަ ނުވަތަ އެތެރޭގެ ތެތް ދުލި ފަށަލަ އަށެވެ. އެއަށްފަހު ވައިރަސް ރެޓިކިއުލޯ އިންޑޯތީލިއަލް ނިޒާމް އަށް ވާޞިލްވެއެވެ. އަދި ލޭގެ ތެރެއަށް ވައިރަސް ފޯރައެވެ. އެއަށްފަހު ވައިރަސް ހަންގަނޑުގެ ދަށުގައި އޭގެ ހިޔާވަހިކަން ހޯދައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ބިހިތަކެއް ހަންގަނޑުގައި ނަގަން ފަށައެވެ. އެއަށްފަހު އެބިހިތައް ފޮޅުތަކަށް ބަދަލުވެ، ފޮޅުތަކަށް ދޮސްއެރި، ފެޅި، ރަގަޅުވާއިރު ދާއިމީ ލަކުނުތަކެއް ހަންގަނޑުގައި ލާފައި ހުރެއެވެ.


ދުނިޔެއިން ފުހެލުން

1980 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިންވަނީ މިބަލި ދުނިޔެއިން ފުހެލާފައެވެ. ނަމަވެސް މިހާރު ވެސް ބައެއް ގައުމުތަކުގައި މިބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު މީހުންނަށް އެކަމުން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ދީ އުޅެއެވެ. މިގޮތުންދީއުޅޭ ވެކްސިނަށް ކިޔަނީ ކަފް ލިމްފް ވެކްސިން އެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ސުލްޠާން މުޙައްމަދު އަލްމާކުރަތީއެޕްރީލް 21ކޮންޕިއުޓަރު ހާޑުވެޔަރގެ ތާރީހުބިންސެޕްޓެމްބަރު 4ބަންގާޅުގެ ނިޝާންނޮވެމްބަރު 18ރައްޔިތުންގެ މަޖިލިސްމައި ޞަފްޙާއޮޑިދޮށު މަސްFAQs on composing Thaana on the computerޖެނުއަރީ 22John C. Calhounޞިއްފީން ހަނގުރާމައިބްރާހީމް ނާޞިރުޑިމިޓްރީ މެޑްވެޑޭވްލުބުނާންސެޕްޓެމްބަރުމާރޗް 3ވޭމަންޑޫ (ތ. އަތޮޅު)މެންކޫރީ ޕިރަމިޑްމައްކާމޮންސެރާޓުސެޕްޓެމްބަރު 24Chemical elements data referencesސެޕްޓެމްބަރު 21ސެޕްޓެމްބަރު 29އޮގަސްޓު 8ސަމޯއާޖެނުއަރީ 11މޭޒުފެބްރުއަރީ 10އުތުރު މެރިއާނާ ޖަޒީރާމަޑަވެލި (ގދ. އަތޮޅު)Fuvammulah (Gnaviyani Atoll)ގަން (އައްޑުއަތޮޅު)މެއި 10މާޅޮސް (ބ. އަތޮޅު)ނޮވެމްބަރު 13ޑިސެމްބަރު 5ސުނާމީވިކިޕީޑިޔާޖޫން 19ރުމޭނިއާއިނގިރޭސިވިލާތްފެބްރުއަރީ 18ދިވެހި އަދަބިއްޔާތުހަސަން އަފީފް(ޖަންބު)ޖެނުއަރީ 8ފުރަގަސް ފަރާތްމުޙައްމަދު ޢަބުދުﷲ (މުޙައްމާ)ޑިސެމްބަރު 10ޖޫން 25އޮކްޓޫބަރު 8ޑިސެމްބަރު 171989ސާބިއާއެމެރިކަން ސަމޯއާNelson Rockefellerފަށުވި ރަންކަރުމަސްދާނެސްނާމާކެނެޑާސްޓޯންހެންޖްHubert Humphreyއިކުއެޑޯރުއިޓަލީވިލާތްއަލްއުސްތާޛު އަޙްމަދު ކާމިލް ދީދީޖުލައި 6🡆 More