ބުރުކީނާ ފާސޯއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.
| ||||||
Motto: "Unité, Progrès, Justice" (French) "Unity, Progress, Justice" | ||||||
Anthem: Une Seule Nuit (French) One Single Night – Thomas Sankara | ||||||
Capital and largest city | Ouagadougou 12°20′N 1°40′W / 12.333°N 1.667°W | |||||
Official languages | French | |||||
---|---|---|---|---|---|---|
Recognised regional languages | Mòoré, Dioula (Bambara) | |||||
Demonym | Burkinabé | |||||
Government | Semi-presidential republic | |||||
- | President | Blaise Compaoré | ||||
- | Prime Minister | Tertius Zongo | ||||
Independence from France | ||||||
- | Date | August 5, 1960 | ||||
Area | ||||||
- | Total | 274,000 km2 (74th) 105,792 sq mi | ||||
- | Water (%) | 0.1% | ||||
Population | ||||||
- | 2009 estimate | 15,757,000 (66th) | ||||
- | 1996 census | 10,312,669 | ||||
- | Density | 57.5/km2 (145th) 148.9/sq mi | ||||
GDP (PPP) | 2008 estimate | |||||
- | Total | $17.802 billion | ||||
- | Per capita | $1,267 | ||||
GDP (nominal) | 2008 estimate | |||||
- | Total | $8.116 billion | ||||
- | Per capita | $578 | ||||
Gini (2003) | 39.5 medium | |||||
HDI (2007) | 0.372 Error: Invalid HDI value · 173rd | |||||
ކަރަންސީ | West African CFA franc (XOF) | |||||
Time zone | (UTC+0) | |||||
- | Summer (DST) | not observed (UTC) | ||||
ޑްރައިވްސް | right | |||||
Calling code | 226 | |||||
އިންޓަރނެޓް ޓީއެލްޑީ | .bf | |||||
1. | The data here is an estimation for the year 2005 produced by the International Monetary Fund in April 2005. |
ބުރުކީނާ ފާސޯގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން ބުރުކީނާ ފާސޯގެ މީހުންނަށް ކިޔަނީ ބުރުކީނާބެއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮއުއަގަދައުގައުއެވެ. ޤައުމުގެ ވެރިރަށަކީ މިއެވެ. ބުރުކީނާ ފާސޯއަކީ ސެމީ ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 63 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.27 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bf. އެވެ. ކޯލިން ކޯޑަކީ +226 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.
ބުރުކީނާ ފާސޯގައި ވާހަކަ ދައްކާ ބަހެއް ކަމުގައިވާ ބަންބަރަ ބަހުން، ބުރުކީނާ ފާސޯގެ މާނައަކީ އިޚްލާޞްތެރިންގެ ބިމެވެ.
ބުރުކީނާ ފާސޯގެ އުތުރުގައި އޮތީ މާލީއެވެ. އިރުމަތީގައި އޮތީ ނިޖަރެވެ. އިރުދެކުނުގައި އޮތީ ބެނީނެވެ. ދެކުނުގައި އޮތީ ޓޯގޯ އާއި ގާނާއެވެ. ހުޅަނގު ދެކުނުގައި އޮތީ އައިވަރީ ކޯސްޓެވެ. ބުރުކީނާ ފާސޯއަކީ ޤުދުރަތީ ގޮތުން ގިނަ ވަސީލަތްތަކެެއް ލިބިފައިވާ ޤައުމެކެވެ. މި ޤައުމުގެ ޤުދުރަތީ ވަސީލަތްތަކުގެ ތެރޭގައި މެންގަނީޒް އާއި ލައިމްސްޓޯން އާއި މާބްލް އާއި ފޮސްފޭޓް އާއި ޕިއުމައިސް އާއި ލޮނުގެ އިތުރުން ކޮންމެވެސް މިންވަރަކަށް ރަން ވެސް ހިމެނެއެވެ.
ބުރުކީނާ ފާސޯގައި މީހުން ދިރިއުޅެމުން އަންނަތާ އެތައް ހާސް އަހަރެއް ވެއްޖެ ކަމަށް އެ ޤައުމުގެ ތާރީޚު ހެކިދެއެވެ. ބުރުކީނާ ފާސޯއަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 5 އޯގަސްޓު 1960 ގައެވެ.
ބުރުކީނާ ފާސޯގެ އާބާދީގެ 50% އަކީ މުސްލިމުންނެވެ. އަދި އަނެއް 50% އަކީ ކްރިސްޓިޔަނުންނެވެ.
ބުރުކީނާ ފާސޯގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެކައްޗަކީ އެމީހުންގެ މިއުޒިކެވެ. މި ގޮތުން ވެސް ބޮޑު ބެރު ޖެހުމެވެ. ބުރުކީނާ ފާސޯގެ ބޮޑު ބެރާއި ދިވެހިރާއްޖޭގެ ބޮޑު ބެރާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އޮތް ކަމަށް ފާހަގަކުރެވެއެވެ. މި ގޮތުން ބަލާއިރު، މިހާރު މިޖަހާ ހަމަތަކަށް، މި ގޮތަށް “ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބެރު ޖަހަން ފެށި ބަޔަކީ އަރިއަތޮޅު ފެރިދޫގައި ތިބި ބަބުރުންނެވެ.” އަރިއަތޮޅު ފެރިދުއަށް ބަލާލާއިރު، އެ ރަށުގައި ބަބުރު ދަރިކޮޅެއް އޮތްކަން ސާބިތުވާން އެބައޮތެވެ. އަދި އެ ރަށު މީހުންނަކީ ބޮޑު ބެރު ޖެހުމުގައި އަދިވެސް އެފަދަ ދެވަނައެއް ނެތް ބައެކެވެ. ފެރިދޫގައި މިވަގުތު ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ، އެ މީހުން ބުނާ ގޮތުގައި “ސަންގޯރުކާފަ” ގެ ދަރިންގެ ދަރިންގެ ދަރިކޮޅުތަކުން އައިސްފައިވާ މީހުންނެވެ. އަދި އެންމެ ފުރަތަމަ ބެރު ޖެހި މީހަކީ ވެސް އެ މީހުން އެ ބުނާ “ސަންގޯރުކާފަ” އާއި އޭނާގެ އެކުވެރިން ކަމަށް ފެރިދޫގައި މިހާރު ހުރި ބޮޑުބެރުގެ އެންމެ ބޮޑު އެދުރުކަމުގައިވާ އއ. ފެރިދޫ ޖަވާހިރުވާދީ ޢަބްދުއްރައްޒާޤު (ރައްޒާގުބެ) ބުނެއެވެ. ފެރިދޫ މީހުން “ސަންގޯރުކާފަ”އެއްގެ ވާހަކަ ދައްކާއިރު، ހުޅަނގު އެފްރިކާގެ ޤައުމެއް ކަމުގައިވާ ބުރްކިނާފާސޯގައި “ސަންގޯރާ” ނަމަކަށް ކިޔާ ރަށެއް އޮންނަ ކަމާއި، ދިވެހިރާއްޖޭގެ މީހުންނަށް “މޯލްޑިވިއަނުން”ނޭ ކިޔާ ގޮތަށް ސަންގޯރާގެ މީހުންނަށް ކިޔަނީ “ސަންގޯރާބޭ” ކަމެއް ފެރިދޫ މީހުން ނުދަނެއެވެ. އަދި ބުރްކިނާފާސޯގެ މީހުންނަށް ކިޔަނީ “ބުރްކިނާބޭ” ކަމެއް ވެސް ފެރިދޫ މީހުން ނުދަނެއެވެ. ބުރުކީނާ ފާސޯގެ ސަންގޯރާއޭ ކިޔާ ރަށް އޮންނަނީ މާލީ އާއި އައިވަރީ ކޯސްޓްގެ ބޯޑަރާ ކައިރީގައެވެ. މާލީ އާއި އައިވަރީކޯސްޓާއި ބުރްކިނާ ފާސޯއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ތިން ޤައުމެވެ. މި ތިން ޤައުމުގައި ވެސް “ބަރަ” ނަމަކަށް ކިޔާ ވައްތަރެއްގެ ބެރެއް ގެންގުޅެއެވެ. އަދި މިއަށް “ބެންޑްރެ ބަރަ” އޭ ވެސް އެމީހުން ކިޔައެވެ. މި ލިޔުމުގެ ތެރޭގައި ހިމަނާފައިވާ ފޮޓޯތަކުގެ ތެރެއިން ބެރު އެކަނި ދައްކައިދޭ ވަކި ދެ ފޮޓޯގައިވަނީ ބުރުކިނާފާސޯ އާއި މާލީ އާއި އައިވަރީކޯސްޓުގައި ބޭނުންކުރާ “ބަރަ” އެވެ. މި ދެ ފޮޓޯ އަށް ބަލާލުމުން، އެ މީހުންގެ “ބަރަ” އާއި ދިވެހިރާއްޖޭގެ“ބެރު” އާއި ހުރި ގުޅުން ވަރަށް ބޮޑަށް ތަޞައްވަރު ވެގެން ދެއެވެ. އެމީހުން ވެސް އެމީހުންގެ “ބަރަ” ހެދުމަށް ބަކަރިހަން ބޭނުން ކުރާ ފަދައިން އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ “ބެރު” ހެދުމުގައި ބަކަރިހަމުގެ ބޭނުން ކުރަމުއެވެ. އަދި ބެރުގެ ކޮޅު ހިފެހެއްޓުމަށް ޓަކައިި ގަތާފައިވާ ގެތުން ގަނޑު ވެސް ވަރަށް ބޮޑަށް އެއްގޮތްމެއެވެ. އަދި “ބަރަ” މިނަމާއި “ބެރު” މިނަމާ ދެމެދު ހުރި ތިމާގެ ކަމަކީ ވެސް ފާޅުކޮށް ފެންނަން ހުރި ކަމެކެވެ. އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި “ބެރު” މިހެން ކިޔުމުގެ ބަދަލުގައި “ބެރަ” މިހެން ވެސް ކިޔާކަމީ ޙަޤީޤަތެކެވެ. އެހެންކަމުން އެމީހުންގެ “ބަރަ” އާއި އަޅުގަނޑުމެންގެ “ބެރު” އާ ދެމެދު ހުރީ ހަމަ އެކަނި ފިއްޔެއް ނުވަތަ ދެފިލީގެ ތަފާތެކެވެ. މިފަދަ ތަފާތުތައް އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ މީހުން ވާހަކަ ދައްކާ ބަހުރުވައިން ވެސް ފެނެއެވެ. އަދި އެމީހުން އެކިޔާ “ބެންޑްރެ ބަރަ” އާއި އަޅުގަނޑުމެން ކިޔާ “ބޮޑު ބެރު” މިނަމާ ވެސް ގުޅުން އެބަހުށްޓެވެ. އެހެންކަމުން ދިވެހިންގެ ސަގާފީ ބެރުގެ އަޞްލަކީ ހުޅަނގު އެފްރިކާގެ ރަށްރަށުގައި ޖަހާ “ބަރަ” ކަމާމެދަކު ޝައްކެއް ނެތެވެ. އަދި ދިވެހިރާއްޖެއަށް ބޮޑު ބެރު ތަޢާރަފްކުރި “ސަންގޯރުބެ” ނުވަތަ “ސަންގޯރުކާފަ” އަކީ ބުރްކިނާފާސޯގެ ސަންގޯރާ ކިޔާ ރަށުން އައި “ސަންގޯރުބެ” އެއް ކަމާ މެދަކު ޝައްކެއްނެތެވެ.
ބުރުކީނާ ފާސޯއަކީ މުޅި ދުނިޔޭގައި ވެސް އިޤްތިޞާދީ ގޮތުން އެންމެ ދަށުގައި އުޅޭ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1267 ޑޮލަރެވެ.
This article uses material from the Wikipedia ދިވެހިބަސް article ބުރުކީނާ ފާސޯ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.