ނިއުޒިލޭންޑު

ނިއުޒިލޭންޑަކީ (އިނގިރޭސި: Aotearoa :Māori ،New Zealand) ޕެސިފިިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.

New Zealand
Aotearoa  (Māori)

ނިއުޒިލޭންޑު ނިއުޒިލޭންޑު
Flag Coat of arms
Anthem: "God Defend New Zealand"
"God Save the Queen"1
ނިއުޒިލޭންޑު
Location of New Zealand
CapitalWellington
41°17′S 174°27′E / 41.283°S 174.450°E / -41.283; 174.450
Largest city Auckland2
Official languages English (98%)3
Māori (4.2%)3
NZ Sign Language (0.6%)3
Ethnic groups 78% European/Other4
14.6% Māori4
9.2% Asian4
6.9% Pacific peoples4
Demonym New Zealander,
Kiwi (colloquial)
Government Parliamentary democracy and Constitutional monarchy
 -  Head of State HM Queen Elizabeth II
 -  Governor-General Sir Anand Satyanand
 -  Prime Minister John Key
 -  Speaker Dr Lockwood Smith
 -  Chief Justice Dame Sian Elias
Independence from the United Kingdom
 -  1st Parliament 25 May 18545 
 -  Dominion 26 September 19075 
 -  Statute of Westminster 11 December 1931 (adopted 25 November 1947) 
 -  Constitution Act 1986 13 December 1986 
Area
 -  Total 268,021 km2 (74th)
103,483 sq mi
 -  Water (%) 2.1
Population
 -  2024 estimate 5,269,589 (123rd)
 -  2006 census 4,027,9476
 -  Density 16.1/km2 (201st)
41.6/sq mi
GDP (PPP) 2008 estimate
 -  Total $115.809 billion (60)
 -  Per capita $27,083 (34)
GDP (nominal) 2008 estimate
 -  Total $128.409 billion (54)
 -  Per capita $30,030 (28)
Gini (1997)36.2
medium
HDI (2009)ނިއުޒިލޭންޑު 0.950
Error: Invalid HDI value · 20th
ކަރަންސީ New Zealand dollar (NZD)
Time zone NZST7 (UTC+12)
 -  Summer (DST) NZDT (UTC+13)
(Sep to Apr)
ތާރީޚް ފޯމެޓް dd/mm/yyyy
ޑްރައިވްސް left
Calling code +64
އިންޓަރނެޓް ޓީއެލްޑީ .nz8
1 "God Save the Queen" is officially a national anthem but is generally used only on regal and vice-regal occasions. 
2 Auckland is the largest urban area; Auckland City is the largest incorporated city.
3 Percentages add to more than 100% because some people speak more than one language. They exclude unusable responses and those who spoke no language (e.g. too young to talk).
4 Percentages add to more than 100% because some people identify with more than one ethnic group.
5 There is a multitude of dates that could be considered to mark independence (see Independence of New Zealand).
6 Number of people who usually live in New Zealand.
7 The Chatham Islands have a separate time zone, 45 minutes ahead of the rest of New Zealand.
8 The territories of Niue, the Cook Islands and Tokelau have their own cctlds, .nu, .ck and .tk respectively.

އަވަސް ކަޅިއަކުން ބަލައިލުމެއް

ނިއުޒިލޭންޑުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި މާއޮރީ ބަހާއި ނިއުޒިލޭންޑް ސައިން ލޭންގުއޭޖެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނިއުޒިލޭންޑަރސްއެވެ. ނުރަސްމީ ނަމެއްގެ ގޮތުގައި ކިވީސް ވެސް ކިޔައެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޯކްލޭންޑެވެ. މި ޤައުމުގެ ވެރިރަށަކީ ވެލިންޓަންއެވެ. ނިއުޒިލޭންޑަކީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 123 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 268021 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ nz. އެވެ. ކޯލިން ކޯޑަކީ +64 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނިއުޒިލޭންޑް ޑޮލަރެވެ.

ނަން

ޔޫރަޕުގެ މީހުން ނިއުޒިލޭންޑަށް އައުމުގެ ކުރީގައި މާއޮރީ ބަހުން މުޅި މި ޤައުމަށް އެއްކޮށް ކިޔާ ނަމެއް އޮންނަ ކަމެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ރަށްތަކަށް ވަކީން އެމީހުން ކިޔާ ނަންތަކެއް އޮތެވެ. މި ގޮތުން ނޯތު އައިލެންޑަށް، އެ ބަހުން ކިޔާ ނަމަކީ “ތެ އިކަ އަ މާއުއި” އެވެ. މީގެ މާނައަކީ (މާއުއީގެ މަހެވެ). އަދި ސައުތު އައިލެންޑަށް ކިޔާ ނަމަކީ “ތެ ވައި ޕައުނަމު” އެވެ. މީގެ ނަމަކީ ގްރީންސްޓޯންގެ ފެނެވެ. މީގެ އިތުރުން ވެސް ސައުތު އައިލެންޑަށް “ތެ ވަކަ އޮ އައޮރަކީ” އެވެ. 20 ވަނަ ޤަރުނާ ހަމަޔަށް ނޯތު އައިލެންޑަށް ކިޔަމުން އައި ނަމަކީ އައޮތެއަރޮއަ” އެވެ. މީގެ މާނައަކީ “ލޭންޑް އޮފް ލޯންގް ވައިޓް ކްލައުޑް” އެވެ. މިހާރު މާއޮރީ ބަހުން މުޅި ޤައުމަށް ވެސް ކިޔާ ނަމަކީ މިއީއެވެ. ކުރީން ޔޫރަޕު މީހުން މި ޤައުމަށް ކީ ނަމަކީ ނޮވާ ޒީލޭންޑިޔާއެވެ. ފަހުން މި ނަން އިނގިރޭސި ކުރުމަށް ފަހު ނިއުޒިލެންޑް މި ނަމަށް ބަދަލުކުރެވުނީއެވެ.

ޖުޣުރާފީ

ނިއުޒިލޭންޑަކީ ޕެސިފިކްގެ ހުޅަނގު ދެކުނުގައި އޮތް ޖަޒީރާ ޤައުމެކެވެ. މި ޤައުމު އެކުލެވިގެންވަނީ ބޮޑު ދެ ބިމަކާއި ބައިވަރު ކުދި ރަށްތަކެއްގެ މައްޗަށެވެ. ބޮޑު ދެ ބިމަކީ ނޯތު އައިލެންޑާއި ސައުތު އައިލެންޑެވެ. ކުޑަރަށްތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ ސްޓެވަރޓް އައިލެންޑް/ރަކިއުރާ އާއި ޗަތަމް އައިލެންޑްސްއެވެ. ރިއަލްމް އޮފް ނިއުޒިލޭންޑްގެ ތެރޭގައި ކުކް އައިލެންޑްސް އާއި ނީއު ވެސް ހިމެނެއެވެ. މިއީ ޒާތީ ވެރިކަމެއް ކުރާ ތަންތަނެވެ. މީގެ އިތުރުން ތޮކެލާއު އާއި ރޮސް ޑިޕެންޑެންސީ ވެސް ހިމެނެއެވެ. ރޮސް ޑިޕެންޑެންސީއަކީ އެންޓާޓިކާ ބައްރުގައި ނިއުޒިލޭންޑުން އެ ޤައުމުގެ ބައެއް ކަމުގައި ކްލެއިމްކުރާ ސަރަޙައްދެވެ.

ތާރީޚު

ނިއުޒިލޭންޑަކީ ދުނިޔޭގެ ރަށްތަކުގެ ތެރެއިން އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ރަށްތަކުގެ ތެރޭގައި ހިމެނޭ ޖަޒީރާއެކެވެ. މިތަނުގައި މީހުން ވަޒަންވެރިވެފައިވާ ކަމަށް ބެލެވިފައިވަނީ މީލާދީން 13 ވަނަ ޤަރުނުގައެވެ. ނިއުުޒިލެންޑަށް އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުނީ 25 މެއި 1854 ގައެވެ.

ޑެމޮގްރަފިކްސް

ނިއުޒިލޭންޑުގެ އާބާދީގެ 78% މީހުންނަކީ ޔޫރަޕުގެ ނަސްލަށް ނިސްބަތްވާ މީހުންނެވެ. ޔޫރަޕު ދަރިކޮޅުގެ ނިއުޒިލެންޑް މީހުންނަށް ކިޔާ ނަމަކީ “ޕާކޭހާ” އެވެ. މިއީ މާއޮރީ ބަހުން، މާއޮރީ މީހުން ނޫން މީހުންނަށް ކިޔާ އާއްމު ނަމެކެވެ. ޔޫރަޕު ދަރިކޮޅަށް ބަލާއިރުގައި ނިއުޒިލޭންޑުގައި ގިނަވާނީ ބްރިޓިޝް އަދި އައިރިޝް ދަރިކޮޅުގެ މީހުންނެވެ. 1987 ވަނަ އަހަރާ ހަމަޔަށް ނިއުޒިލޭންޑުގެ ހަމައެކަނި ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. އެހެން ނަމަވެސް 1987 ވަނަ އަހަރުން ފެށިގެން ނިއުޒިލޭންޑުގެ އަސްލު ރަށްވެހީންގެ ބަސްކަމުގައިވާ މާއޮރީ ބަހަކީ ނިއުޒިލޭންޑުގެ ރަސްމީ ބަހެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ. ހަމަ އެހެންމެ 2006 ވަނަ އަހަރު ނިއުޒިލޭންޑުގެ އިޝާރީ ބަހަކީ ވެސް ރަސްމީ ބަހެއް ކަމުގައިވަނީ ހަމަޖައްސާފައެވެ. ރަސްމީ ދަރަޖަ ލިބިފައިނުވާ ބަސްތަކުގެ ތެރެއިން އެންމެ އާއްމު ބަހަކީ ސަމޯއަން ބަހެވެ. މީގެ އިތުރުން ފަރަންސޭސި ބަހާއި ހިންދީ ބަހާއި ޔޫ ބަހާއި އުތުރު ޗައިނާ ބަސްވެސް ފާހަގަކޮށްލެވެއެވެ. ނިއުޒިލޭންޑުގައި ދިވެހި އާއިލާތައް ވެސް ދިރިއުޅެމުން ގެންދެއެވެ.

ސަގާފަތު

މިއަދުގެ ނިއުޒިލެންޑްގެ ސަގާފަތަށް ބަލާއިރުގައި، އެންމެ ބޮޑު ނުފޫޒެއް އައިސްފައިވަނީ އިނގިރޭސި ސަގާފަތުންނެވެ. މީގެ އިތުރުން އެމެރިކަން އަދި އެ ޤައުމުގެ އަޞްލު ރަށްވެހީން ކަމުގައިވާ މާއޮރީ ދަރިކޮޅުގެ މީހުންގެ ސަގާފަތުގެ އަސަރު ވެސް މިއަދުގެ ނިއުޒިލޭންޑުގެ ސަގާފަތުގެ ތެރެއިން ފެނެއެވެ.

އިޤްތިޞާދު

ނިއުޒިލެންޑުގެ އިޤްތިޞާދަކީ މި ޒަމާނާ އެކަށޭނަ ގޮތުން ތަރައްޤީކުރެވިފައިވާ އިޤްތިޞާދެކެވެ. ނިއުޒިލޭންޑުގެ ރައްޔިތުންގެ މެދުގައި ކުރެވޭ ގިނަ ސަރވޭތަކުގައި އެ ޤައުމުގެ ރައްޔިތުން ބުނަނީ އެމީހުންގެ ދިރިއުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމުގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 27083 ޑޮލަރެވެ.

Tags:

ނިއުޒިލޭންޑު އަވަސް ކަޅިއަކުން ބަލައިލުމެއްނިއުޒިލޭންޑު ނަންނިއުޒިލޭންޑު ޖުޣުރާފީނިއުޒިލޭންޑު ތާރީޚުނިއުޒިލޭންޑު ޑެމޮގްރަފިކްސްނިއުޒިލޭންޑު ސަގާފަތުނިއުޒިލޭންޑު އިޤްތިޞާދުނިއުޒިލޭންޑުen:Māori languageއިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ބުރޮޅިއެވޭލާއަކުރުއިސްލާމް ދީނުގައި ކައިވެނިސިންގަޕޫރުއަކަކިލޯމީޓަރުGeorge Clinton (vice president)ފާގަޝާދުއޮގަސްޓުމާރޗް 6ޖޫން 21ލޭދައުރުކުރާ ނިޒާމްފެބްރުއަރީ 3ބަޙްރައިންސެރެލިއޯންއީރާންނިއުމޯނިޔާހަވީރު ނޫސްއޮޅުދޫކަރަމާރޗް 8އުއްތަރުކަންދުޝަހީދު ޙުސައިން އާދަމްޙަޔާތުނާމާސެޕްޓެމްބަރު 1ކަޒަކިސްތާންވައިގުގޫޖިމީ ވޭލްސްއިންޑޮނޭޝިޔާHow to read Thaana scriptކެންސަރުފުޖީ ފަރުބަދަދުނިޔެވިޔަފާރިމާރޗް 10އޮކްޓޫބަރު 5ފެބްރުއަރީ 24މާރޗް 7ގަހަވީ އިލްމުލާއޯސްތިލެޔޮމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުސޯމާލިއާޖުލައި 25ޓައިރޮލައިން ރަށުގެ ވާހަކައެވެބާބަޑޮސްނަސްލު އުފައްދާ ނިޒާމްއިސްރާއީލުކޮރެޔާ ބަސްބެލަރޫސްއެމެރިކާރުކުރާމައިކްރޯސޮފްޓްއޮގަސްޓު 30އޮގަސްޓު 4ޖަޕާނީއެޕްރީލް 26އިބްރާހިމް ޝިހާބްމުޢާވިޔަތު ބިން އަބީ ސުފުޔާންBއޯޓިޒަމްސްޕައިޑަރ މޭން 2ދާނެސްނާމާދިވެހިމުސިންބީޖޯޖިޔާ (ޤައުމު)އުތީމު ގަނޑުވަރުސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުކަޢުބާ🡆 More