ޔުގެންޑާ

ރިޕަބްލިކް އޮފް ޔޫގެންޑާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.

Republic of Uganda
Jamhuri ya Uganda

ޔުގެންޑާ ޔުގެންޑާ
Flag Coat of arms
Motto: "For God and My Country"
Anthem: Oh Uganda, Land of Beauty
ޔުގެންޑާ
Location of Uganda
Capital
and largest city
Kampala
Official languages English, Swahili
Vernacular languages Luganda, Luo, Runyankore, Ateso, Lusoga
Demonym Ugandan
Government Democratic Republic
 -  President Yoweri Museveni
 -  Vice President Gilbert Bukenya Balibaseka
 -  Prime Minister Apolo Nsibambi
Independence from the United Kingdom
 -  Republic October 9, 1962 
Area
 -  Total 236,040 km2 (81st)
91,136 sq mi
 -  Water (%) 15.39
Population
 -  2009 estimate 32,710,000 (38th)
 -  2002 census 24,227,297
 -  Density 138.5/km2 (82nd1)
358.9/sq mi
GDP (PPP) 2008 estimate
 -  Total $36.745 billion
 -  Per capita $1,146
GDP (nominal) 2008 estimate
 -  Total $14.565 billion
 -  Per capita $454
Gini (1998)43
medium
HDI (2008)ޔުގެންޑާ 0.514
Error: Invalid HDI value · 157th
ކަރަންސީ Ugandan shilling (UGX)
Time zone EAT (UTC+3)
 -  Summer (DST) not observed (UTC+3)
ޑްރައިވްސް left
Calling code +2562
އިންޓަރނެޓް ޓީއެލްޑީ .ug

1Rank based on 2005 figures.
2 006 from Kenya and Tanzania.

އަވަސް ކަޅިއަކުން ބަލައިލުމެއް

ޔޫގެންޑާގެ ރަސްމީ ބަހަކީ އިނގިރޭސިބަހާއި ސަވާހިލީ ބަހެވެ. އިނގިރޭސި ބަހުން ޔޫގެންޑާގެ މީހުންނަށް ކިޔަނީ ޔޫގެންޑަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަންޕާލާއެވެ. ޔޫގެންޑާގެ ވެރިރަށަކީ ކަންޕާލާއެވެ. ޔޫގެންޑާއަކީ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 32 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 37 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ug. އެވެ. ކޯލިން ކޯޑަކީ +256 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫގެންޑަން ޝިލިންގެވެ.

ނަން

ޔޫގެންޑާގެ ނަން ނިސްބަތް ކުރެވިފައިވަނީ ބޫގެންޑާ ރަސްކަމަށެވެ.

ޖުޣުރާފީ

ޔޫގެންޑާގެ އިރުމަތީގައި އޮތީ ކެންޔާއެވެ. އުތުރުގައި އޮތީ ސޫދާނެވެ. ހުޅަނގުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. ހުޅަނގު ދެކުނުގައި އޮތީ ރުވާންޑާއެވެ. ދެކުނުގައި އޮތީ ޓެންޒޭނިޔާއެވެ.

ތާރީޚު

މީގެ 2300 ވަރަކަށް އަހަރު ކުރީން ޔޫގެންޑާގެ ސަރަހައްދުގައި ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ މީހުންނެވެ. ބަންޓޫ ބަހުން ވާހަކަ ދައްކާ މީހުންވަނީ ޤައުމުގެ ދެކުނުގައި ވަޒަންވެރިވެފައެވެ. ބެލެވިފައިވާ ގޮތުން މި މީހުންނަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާއިން އައިސް ވަޒަންވެރިވި ބައެކެވެ. މި މީހުންވަނީ ޔޫގެންޑާއަށް ދަގަނދުގެ މަސައްކަތްކުރުމުގެ ހުނަރުތައް ތަޢާރަފުކޮށްފައެވެ. އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން އައު ވިސްނުންތައް ގެނެސްފައެވެ. ޢަރަބި ވިޔަފާރިވެރިން އިރުމަތީ އެފްރިކާއަށް ގޮސްފައިވަނީ މީލާދީން 1830 ވަނަ އަހަރު ތާނގައެވެ. 1860 ގައި އިނގިރޭސީންވަނީ ޔޫގެންޑާއަށް އައިސްފައެވެ. ޕްރޮޓެސްޓެންޓު މުބައްޝިރުން (މިޝަނަރީން) ޔޫގެންޑާއަށް ވަދެފައިވަނީ 1877 ވަނަ އަހަރުގައެވެ. ކެތަލިކް މުބައްޝިރުން ވަދެފައިވަނީ 1879 ގައެވެ. 1900 ވަނަ އަހަރާއި 1920 ވަނަ އަހަރާ ދެމެދުގައި ނިދިބަލީގެ ސަބަބުން މި ސަރަޙައްދުން 250000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ޑެމޮގްރަފިކްސް

ޔޫގެންޑާއަކީ ވަރަށް ގިނަ ނަސްލުތަކުގެ މީހުންގެ ވަޒަނެއް ކަމުގައިވެފައިވާ ޤައުމެކެވެ. މީގެ ތެރެއިން އެއްވެސް ނަސްލެއްގެ ބަޔަކަށް މުޅި ޤައުމުގެ އާބާދީގެ ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ޔޫގެންޑާގައި ތަފާތު 40 ބަހަކުން ވާހަކަ ދައްކައެވެ. ޔޫގެންޑާގެ މިނިވަންކަމަށް ފަހު އެ ޤައުމުން ވަނީ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސާފައެވެ. ޔޫގެންޑާގެ އިނގިރޭސި ބަހުގައި ވަނީ އެ ޤައުމުގެ ކުލަޖެހިފައެވެ. ސަވާހިލީ ބަހަކީ އިރުމަތީ އަދި މެދުތެރޭ އެފްރިކާގައި އެންމެ ބޮޑަށް ބޭނުންކުރާ އެއްބަހެއް ކަމުގައިވާތީ 2005 ވަނަ އަހަރުގައި އެ ޤައުމުންވަނީ ސަވާހިލީ ބަހަކީ އެ ޤައުމުގެ ދެވަނަ ރަސްމީ ބަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ޔޫގެންޑާގައި އޮތީ ވަރަށް ޒުވާން އާބާދީއެކެވެ. އެ ޤައުމުގެ އާބާދީގެ މީޑިޔަން ޢުމުރަކީ 15 އަހަރެވެ. ޔޫގެންޑާގައި އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. ޔޫގެންޑާގެ އާބާދީގެ 78% އަކީ ކްރިސްޓިއަނުންނެވެ. މުސްލިމުންނަކީ 12%އެވެ. އެހެން ދީންތަކަށް ތަބަޢަވާ އަދި އެއްވެސް ދީނަކަށް ތަބަޢަނުވާ މީހުންގެ ޖުމްލައަކީ 10% އެވެ.

ސަގާފަތު

ޔޫގެންޑާގެ ސަގާފަތަކީ ވަރަށް ބޮޑު ތަފާތުތަކެއް އެކުލެވިފައިވާ ސަގާފަތެކެވެ. ޔޫގެންޑާގެ އާބާދީގައި ހިމެނޭ އިންޑިޔާ ދަރިކޮޅުގެ މީހުން އީދީ އަމީނުގެ ދުވަސްވަރުގައި ޤައުމުން ބޭރުކޮށްލެވުނު ނަމަވެސް އެމީހުން މިހާރުވަނީ ޤައުމަށް އެނބުރި އައިސްފައެވެ. ނަތީޖާއެއްގެ ގޮތުން ޔޫގެންޑާގެ ސަގާފަތުގެ ތެރޭގައި އިންޑިޔާގެ ރަހަތައް ވަރަށް ބޮޑަށް އެކުލެވިފައިވެއެވެ.

އިޤްތިޞާދު

އެތައް ދުވަހެއް ވަންދެން ޔޫގެންޑާއިން ވަނީ ބަލިކަށި އިޤްތިޞާދީ ސިޔާސަތުތަކަކާ ހެދި ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. މިހާރު އެ ޤައުމުން ވަނީ އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން 2008 ވަނަ އަހަރު ޔޫގެންޑާގެ އިޤްތިޞާދަށް ވަނީ 7% ގެ ކުރިއެރުމެއް އައިސްފައެވެ. ޔޫގެންޑާއަކީ ޤުދުރަތީ ވަޞީލަތްތަކެއް ލިބިފައިވާ ޤައުމެކެވެ. މި ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ރަނގަޅު ފަހާއި، ޤަވާޢިދުން ވާރޭ ވެހުމާއި، ކޮޕަރ އަދި ކޮބޯލްޓް ފަދަ މިނަރަލްތަކުގެ ފުދޭވަރެއްގެ ރިޒަރވެއް ހުރުމާއި، ގޭހާއި ތެޔޮ ހުރުން ހިމެނެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1146 ޑޮލަރެވެ.

Tags:

ޔުގެންޑާ އަވަސް ކަޅިއަކުން ބަލައިލުމެއްޔުގެންޑާ ނަންޔުގެންޑާ ޖުޣުރާފީޔުގެންޑާ ތާރީޚުޔުގެންޑާ ޑެމޮގްރަފިކްސްޔުގެންޑާ ސަގާފަތުޔުގެންޑާ އިޤްތިޞާދުޔުގެންޑާ

🔥 Trending searches on Wiki ދިވެހިބަސް:

ފަލަ ގޮހޮރުVice President of the United Statesނޮވެމްބަރު 25Turkeyބޮޓުސްވާނާއެޕްރީލް 27އެޕްރީލް 4ސާކާއެޕްރީލް 12ފަޚުރުވެރި ދިވެހިބަސްޑިސެމްބަރު 17އިރުމަތީ ޓިމޯރުރޭޑިއަސް ކަށިގަނޑުއަފްޣާނިސްތާންއޮގަސްޓު 17ނާޑުކަތާމެއި 11އެޕްރީލް 15އިޓަލީވިލާތްކީމިއާއީ އިލްމުސިންގަޕޫރުއެޕްރީލް 26ސެޕްޓެމްބަރު 27އޮގަސްޓު 9Bޓެމިލް ނާޑޫފިޤްހުއިބްރާހީމް މުޙައްމަދު ޞާލިޙްއޮގަސްޓު 22މައި ޞަފްޙާޝާހްނާމާޖުލައި 26ބެލަރޫސްޗެނަލް ޓަނެލްޑާކާމައިދާކަށި އިނގިލިމޮރިޝަސްލޭފެބްރުއަރީ 131989ނޮވެމްބަރު 26ޖުލައި 3އެވަރެސްޓް ފަރުބަދަފޮނި ތޮށިމާރޗް 8އެދުރު އުމަރު މާފަތް ކަލޭގެފާނުޖެމެއިކާކާލް ފްރީދްރީޝް ގައުސްޑިސެމްބަރު 4ކިރިގިސްތާންއޮގަސްޓު 24ސެޕްޓެމްބަރު 20އޮކްޓޫބަރު 5މީދޫ (އައްޑުއަތޮޅު)އޮގަސްޓު 3ސެޕްޓެމްބަރު 2އިރުފެބްރުއަރީ 12ކެނެޑާސުއްނީ މުސްލިމުންޓެންޒޭނިއާމާރޗް 29ފެބްރުއަރީ 30ސެޕްޓެމްބަރު 13ރިޔާޟިއްޔާތުސެޕްޓެމްބަރު 1ތުރިޕޫރާއީރާން އިރާޤު ހަނގުރާމައިސްލާމް ދީނުގައި ކައިވެނިޑިސެމްބަރު 5ގުރުދާމޮނާކޯއިސްލާމްފެބްރުއަރީ 18އިނގިރޭސި🡆 More