ފެން

ފެނަކީ ކޮންމެ ދިރޭއެއްޗެއް ދިރިހުރުމަށް އެންމެ މުހިއްމު އެއް މާއްދާ އެވެ.

އިންސާނާގެ ހަށިގަނޑުގައި ފެން ވަރަށް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ.މިގޮތުން 50 ކިލޯގެ ބަރުދަން ހުންނަމީހެއްގެ ހަށިގަނޑުގައި 31 ލީޓަރުގެ ފެން ހުންނަކަމަށް ވެއެވެ. އަދި 10 ކިލޯގްރާމްގެ ބަރުދަން ހުންނަ ކުޑަކުއްޖެއްގެ ހަށިގަނޑުގައި 8 ލީޓަރުގެ ފެން ހުރެއެވެ. ކާނާ އާއި ނުލާ ދެތިން ހަފްތާ ވަންދެން މީހުންނަށް ދިރިތިބެވިދާނެ އެވެ. ނަމަވެސް ފެނާއި ނުލާ ދެތިން ދުވަސްވަންދެން ވެސް ދިރިއެއް ނުތިބެވޭނެ އެވެ. ހަށިގަނޑުން ފެންމަދުވުމުން ދިޔާއެއްޗެތި ދޭންޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީ އެވެ. މިސާލަކަށް ބޭރަށްހިންގުން ފަދަ ބައްޔެއް ޖެހިއްޖެނަމަ ގިނަ އަދަދަކަށް ދިޔާއެއްޗެތި ދޭންޖެހެއެވެ. އެއީ ހަށިގަނޑުން ގެއްލިގެންދާ ފެން ވަގުތުން ހަމަކޮށްދިނުމަށްޓަކައެވެ. އިންސާނުންނަށް ފެން ބޭނުންވަނީ ތިރީގައި މިވާ ބޭނުންތަކަށް ޓަކައެވެ.

  • ހަށިގަނޑުގައިވާ ދިރުތަކާއި ދިޔަތައް (ލޭ، ހަޖަމީ ދިޔަ، ކަރުނަ) އުފެއްދުމަށް
  • ކާތަކެތި ހަށިގަނޑުގެ ތެރޭގައި ފަސޭހައިން ހަޖަމުކުރެވޭގޮތް ހެދުމަށް
  • އިންސާނާގެ އަނގަ، ގޮހޮރު، ފުއްޕާމޭ، އަދި އެހެނިހެން ގުނަވަންތައް ކުރަކިވިޔަނުދީ ތެތްކޮށް ބެހެއްޓުމަށް
  • ފަހަރުވާ އާއި އެކު ހަށިގަނޑުގެ ކުނިބުނި ހަށިގަނޑުން ބޭރުކުރުމަށް
  • ހަން ސާފުކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިޔަ ނުދިނުމަށާއި، ދާހިއްލުމަށް ފަހިކޮށްދިނުމަށް

އެވްރެޖް މީހަކު ދުވާލަކު 2 ނުވަތަ 3 ލީޓަރުގެ ފެން ބޯންޖެހެއެވެ. މީގެ އިތުރުން ތިރީގައި މިވާ ޙާލަތްތަކުގައި އިތުރަށް ފެންބޯންޖެހެއެވެ.

  • ހޫނު މޫސުމްގައި ގިނައިން ދާހިއްލުން
  • ގިނައިން ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން
  • ހުންއައުން
  • ޖައްވުމުގެ ތެތްފިނިކަން ދަށްވެއްޓެއްގައި އުޅެންޖެހުން

އާންމުކޮށް ބޭނުންކުރާ ކާނާގައި ގިނަ މިންވަރަކަށް ފެން އެކުލެވެއެވެ. ޚާއްޞަކޮށް މޭވާ އާއި ތަރުކާރީގައި ވަރަށް ގިނަ މިންވަރަކަށް ފެން އެކުލެވެއެވެ. ނަމަވެސް ތެޔޮ، ފެޓް، އަދި ހަކުރު އަކީ ފެނުގެ ބައި ވަރަށް މަދު 3 ބާވަތެވެ. މައިމީހާގެ ކިރުގައި ގިނައަދަދަކަށް ފެން އެކުލެވިގެން ވެއެވެ. މިހެން ވުމުން ގާތުން ކިރުދޭ ކުދިންނަށް 6 މަސް ވުމުގެ ކުރިން ފެން ނުވަތަ އެހެންވެސް ދިޔާއެއްޗެއް ބޭނުމެއް ނުވާނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ކަރައިވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް ފެނަކީ ވަރަށް މުހިއްމު އެއްޗެކެވެ.

ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އިސްލާމީ އާކިޓެކްޗަރުތާނަ އަލިފުބާގެ ތަރުތީބުޓާކަސް އަދި ކައިކޯ ޖަޒީރާIndiaލައުރޭޝިއާމުޙައްމަދު ޒާހިރު ޙުސައިންމާމެންދޫ (ލ. އަތޮޅު)ފެބްރުއަރީ 12ރަބިންދްރަނާތު ޓޭގޯރނޭވާ ކުރުވުންގްރޭޓް ބެރިއަރ ރީފްއެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންތަލަކަޅު ބިބީLyndon B. Johnsonޖޫން 10ސެޕްޓެމްބަރު 26ނިލަންދެއަތޮޅު ދެކުނުބުރިފޯލްކުލޭންޑު ޖަޒީރާމައުރިބުLa Congolaise2009އިކުއެޓޯރިއަލް ގިނީހައްދުންމަތިދަތްބުޅި މިޔަރުނާރިނގުތެލުގޫއެޕްރީލް 3މާޅޮސް (ބ. އަތޮޅު)ވާބަލިސަގާފަތުލަނޑާ ފާނަސުއޯމީޖޫން 22ލޭއެޅުންއިލްޔާސް އިބްރާހީމްއީލާ އަރުންއޮގަސްޓު 10ޖެނުއަރީ 5ޖޫން 13ނައިޖީރިއާގެ ނިޝާންރަގަޅު ކާނާއަދިވެސް މަޤާމުގައިޕޮލީއަންސެޗުރޭޓެޑް ފެޓްސިންދު ކޯރުޑިސެމްބަރު 28ލަކްޝަދީބުޖުލައި 8ސައްދާމް ހުސެއިން ދަންޖެއްސުންރުވާންޑާއައްނަބީލް ޙަސަން ޒަރީރުނިކަރާގުއާހުޅަނގު ސަހަރާމަހާރާޝްތުރާނޭފަތްމީދާ މިޔަރުޢަބުދުލް މަޖީދު ޢަބުދުލް ބާރީޢައިޝަތު ޝިރާނީއޫރުޝަލީމްސައިފު ރަސްގެފާނު ވާހަކަ - 1އަލްއަމީރު މުޙަންމަދު ފަރީދު ދީދީނޫސްވެރިންއެވަރެސްޓް ފަރުބަދައެންޑްރަޖަންހަތަރު ޚަލީފާކޮނޑޭ (ގއ. އަތޮޅު)މެކްސިކޯ🡆 More