އަނބު

އަނބަކީ ހޫނު ހިސާބު ތަކުގައި ހެދޭ މޭވާ އެކެވެ.

ފެށުން

ގަސްގަހާ ގެހީގެ ބާވަތްތައް ބަހާފައިވާއިރު އަނބު ނިސްބަތްވަނީ މެންގިފީރާ ކިޔާ ޢާއިލާ އަކަށެވެ. މިޢާއިލާގައި މޭވާ އަޅާ ތަފާތު 30 ބާވަތެއްގެ ގަސް ހިމެނެއެވެ. އަނބު ޢާންމު ގޮތެއްގައި ހެދެނީ އިރުމަތީ އޭޝިޔާ އާއި، ދެކުނު އޭޝިޔާގެ ގައުމު ތަކުގައިކަމަށް ފާހަގަ ކުރެވިފައި ވެއެވެ. ޚާއްޞަކޮށް އިންޑިޔާ، ބަގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ބަރުމާ، ފިލިޕީންސް އަދި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކުގައި އަނބު ހެދޭ މިންވަރު އިތުރު ކަން ފާހަގަ ކުރެވެއެވެ.

އޭޝިޔާގެ ސަރަހައްދުގައި އަނބަށް ޚާއްޞަ ގަދަރެއް ދެވިފައިވާ ފާހަގަ ވެއެވެ. އަނބަކީ ފިލިޕީންސްގެ ގައުމީ މޭވާ އެވެ. ހިންދީންގެ ތެރޭގައި އަނބު ކަލާންގެ ދެއްވާ ކާނާގެ ގޮތުގައި ސިފަ ކުރެވިފައި ވެއެވެ. ހިންދީންގެ ކައިވެނި، އަދި ދީނީ ހަފްލާތަކަށް ތަންތަން ޒީނަތްތެރި ކުރުމަށް އަނބު ފަތް ބޭނުންކޮށް އުޅެއެވެ.

ގަދީމީ މިޞްރު މީހުން އަނބުގެ ތޮށި ހަންގަނޑުގައި އަޅައި އުޅުނެވެ. އެއީ އެގޮތަށް ހަދައިގެން އިރުގެ ދޯދިތަކުން ހަނގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށް ހަމުގެ ކެންސަރަށް ހަންގަނޑު ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރުމަށް ކަމަށް ބުނެވެއެވެ.


ނަން

އަނބަށް އިގިރޭސި ބަހުން ކިޔައި އުޅޭ މެންގޯ މިނަން އައިސްފައިވަނީ ތަމަޅަ، އަދި މަލަޔާޅަމް ބަހުން ކަމަށް ބުނެވެއެވެ. މިދެބަހުގައި އަނބަށް ކިޔަނީ މަންގާ އެވެ. މަންގާގެ ގޮތުގައި މިނަން މަޝްހޫރު ވެގެން އައީ ޕޯޗުގީޒުން އިހު ޒަމާނުގައި އިންޑިޔާއަށް ކުރި ދަތުރުތަކަށް ފަހުގައެވެ. ދިވެހި ބަހަށް އަނބު މިނަން އައިސްފައިވަނީ ފާރިސީ ނުވަތަ އުރުދޫ ބަހުން ކަމަށް ބެލެވެއެވެ. ފާރިސީ ބަހުން އަނބަށް ކިޔަނީ އަންބާ މިހެންނެވެ. އަދި އުރުދޫ ބަހުން ކިޔަނީ އަމްބާ މިހެންނެވެ.


ސިފަ

އަނބު ގަހަކީ ހިޔާދޭ ބޮޑުކޮށް ހެދޭ ގަހެކެވެ. އާއްމު ގޮތެއްގައި 40-35 މީޓަރުގެ އުސްމިނަށް އަނބުގަސް ހެދެއެވެ. އަނބުގަހުގެ މައި ބައި 10 މީޓަރުގެ ފުޅާ މިނަށް ބޮޑުވާ ކަމަށް ވެއެވެ. ފެހި ކުލައަށް ހުންނަ ފަތުގެ ދިގުމިނުގައި 35-15 ސެންޓިމީޓަރު ހުންނަ އިރު ފުޅާ މިނުގައި 16-6 ސެންޓިމީޓަރު ހުރެއެވެ. މާ އަޅަނީ ކޯނި ތަކުގެ ކުރީގައެވެ. މާއެޅުމަށް ފަހު އަނބު އެޅުމަށް 6-3މަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

އަނބުގެ ތަނޑި ބައެއް ފަހަރު ވަރަށް ދިގުކޮށް ހުރެއެވެ. އަނބު ދޮންވުމުން ރީދޫ، އޮރެންޖް، ރަންގު، ރަން، ރަތް އަދި މިނޫން ކުލަތަކުގައި ވެސް ހުރެއެވެ. އާއްމު ގޮތެއްގައި ދޮންނުވާއިރު އަނބު ހުންނަނީ ފެހި ކުލައަށެވެ. ނަމަވެސް ބައެއް ވައްތަރު ދޮންނުވާއިރު ވެސް އެހެން ކުލައަކަށް ހުރެދާނެއެވެ.


ޞިއްޙީ ފައިދާ

އަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. އަދި ހަމަ މިހެން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް އަނބުގައި އެކުލެވިގެން ވެއެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަގަޅު ކުރުމުގައި އަނބަކީ ބޭނުންތެރި މޭވާއެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަނބަކީ އޭގައި ފީނޮލިކް ކަމްޕައުންޑްތައް އެކުލެވޭ ކާނާގެ ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފީނޮލިކް ކަމްޕައުންޑް އެކުލެވޭ ކާނާގެ ބާވަތްތަކަކީ ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން ހިމާޔަތް ކޮށްދިނުމުގައި އެހީތެރިވެދޭ ބާވަތްތަކެކެވެ. އަނބުގައި އެކުލެވޭ ފީނޮލިކް ކަމްޕައުންޑް ތަކުގެ ތެރޭގައި ކޮރެސްޓިން، އަސްޓްރަގްލިން، ގަލިކް އެސިޑް އަދި މީތައިލް ގަލޭޓް ފަދަ މާއްދާތައް ހިމެނެއެވެ.

ދަނގަޑު ގިނަ ޢަދަދަކަށް އަނބުގައި ހިމެނޭތީ ލޭދަށްވުން ތަޙައްމަލު ކުރަމުންދާ މީހުންނަށް އަނބު ކެއުމަށް އިރުޝާދު ދެވެއެވެ. މާބަނޑު އަންހެނުންނާއި، މައްސަރު ކަންތައް ލައިގެންފައިވާ މީހުން އަނބު ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ. އެއީ ބޭރުވެގެންދާ ލެޔާއެކު ގެއްލިގެންދާ ދަނގަޑުގެ ބައި އަބުރައި ހޯދުމަށް އަނބު ބޭނުންކުރުން އެހީއަކަށްވާތީ އެވެ.

އަނބު 
A mango tree in full bloom in Kerala, India

ދަނޑުވެރިކަމުގެ ގޮތުގައި އަނބު ހެއްދުން

އަނބު އެންމެ ގިނައިން ހައްދަނީ އިންޑިޔާގައެވެ. ދުނިޔޭގެ އެންމެ ގިނައިން އަނބުހައްދައި އެއިން ވިޔަފާރި ކުރާ 12 ގައުމުގެ ތެރޭގައި އޭޝިޔާގެ 8 ގައުމު ހިމެނެއެވެ. އޭގެ ތެރޭގައި އިންޑިޔާ، ޕާކިސްތާނު، އިންޑޮނޭޝިޔާ، ޗައިނާ، ތައިލޭންޑް، ފިލިޕީންސް އަދި ބަގްލާދޭޝް ފަދަ ގައުމުތައް ހިމެނެއެވެ.

އިންޑިޔާގައި އަހަރަކު 10.8 މިލިއަން ޓަން ގެ އަނބު ހައްދައެވެ. އިންޑިޔާގެ މަހާރާސްތުރާ، އުއްތަރު ޕްރަދޭޝް، އަންދުރަ ޕްރަދޭޝް، އަދި ކަރުނަޓަކާ ފަދަ ސިޓީ ތަކަކީ ނިސްބަތުން އަނބު ހައްދާ މިންވަރު އިތުރު ސިޓީ ތަކެވެ. ބައެއް ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ކެއުމެއްގެ ގޮތުގައި އަނބު ބޭނުންކޮށް އުޅެއެވެ.

Tags:

އަނބު ފެށުންއަނބު ނަންއަނބު ސިފައަނބު ޞިއްޙީ ފައިދާއަނބު ދަނޑުވެރިކަމުގެ ގޮތުގައި ހެއްދުންއަނބު

🔥 Trending searches on Wiki ދިވެހިބަސް:

ކޮކާ ކޯލާއޮކްޓޫބަރު 3ސެޕްޓެމްބަރު 4އެޕްރީލް 4އެޕްރީލް 29ސުއްނީ މުސްލިމުންފެބްރުއަރީ 27އިނގިރޭސިވިލާތްޓެންޒޭނިއާޑިސެމްބަރު 26ސައޫދީ އަރަބިއްޔާލަޑިމިއަރ ޕޫޓިންއެޒިތުރޯމައިސިންޖޯޖް ވޮޝިންގޓަންބަންފު ޤައުމީ ޕާކުނޮވެމްބަރު 27އިސްލާމް ދީނުގައި ކައިވެނިއޮގަސްޓު 12ޑިސެމްބަރު 27އޮކްޓޫބަރު 30އޮކްޓޫބަރު 26ނޮވެމްބަރު 9ޢަލީ އަޝްފާގްޑިސެމްބަރު 12ޖަރްކަންދުރަން ދޮރާށި ފާލަންވެނުބަނޑޭރި އާއިލާ (މަސް)ޒަކާތްއަކަކިލޯމީޓަރުސިލިކަންތިކިޖެހި ތާނަބެލްގޮރޯޑް ސަރަހައްދުގައެވެރުމޭނިއާހަށިދަމަނަސެޕްޓެމްބަރު 16ޖެނުއަރީ 21އެޕްރީލް 10އިންޑިޔާގެ ބޮޑުވަޒީރުޖުލައި 5ޖެނުއަރީ 5އޮކްޓޫބަރުގޮބޮޅި އަލަނޮވެމްބަރު 18ޢަރަބިޖެނުއަރީ 22006ގުރަންދަނާމާވިލާތު ބަށިސުއޯމީމެންކޫރީ ޕިރަމިޑްސޫރިޔާލިންޑަން ބެއިންސް ޖޯންސަންޔޫ.ޓީ.ސީ.ސޮމާލީލޭންޑުއިންޑިޔާކަދުރާއޮކްޓޫބަރު 13ކަޢުބާސެޕްޓެމްބަރު 8ޖެނުއަރީ 9ނޮވެމްބަރު 28ސުލޮވީނިއާޓޮމް އެންޑް ޖެރީޖީޒާގެ ޕިރަމިޑްބުދަ ދުވަސްޝުޢައިބުގެފާނުއާކިޓެކްޗަރުޖޯޖް ހާރބަޓް ވޯކަރ ބުޝްމުގު ތޮޅިޖުލައި 9އޮކްސިޓޯސިންކަޅުއޮށް އާއިލާ (މަސް)🡆 More