ކަށި ވިދުރި

ކަށި ވިދުރި(އިނގިރޭސި ބަހުން: smallpox) އަކީ ޑީއެންއޭ ވައިރަސް ތަކުގެ ތެރޭގައި ހިމެނޭ ޕޮކްސް ގްރޫޕްގެ ވައިރަސްގެ ތެރޭގައި ހިމެނޭ ވޭރިއޯލާ ވައިރަސް ގެ ސަބަބުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.

ވޭރިއޯލާ ވައިރަސްގެ ދެބާވަތެއް ހުރެއެވެ. އެއީ ކަށި ވިދުރި ޖައްސާ ވޭރިއޯލާ މޭޖަރ ވައިރަސް އަދި އެލަސްޓްރިމް ކިޔާ ބައްޔެއް ޖައްސާ ވޭރިއޯލާ މައިނަރ ވައިރަސް އެވެ.


ބަލިޖެހުން

މިބަލި ޖެހެނީ ހަށިގަނޑަށް ވައިރަސް ވާޞިލްވުމުންނެވެ. ވައިރަސް ހަށިގަނޑަށް ވާޞިލްވަނީ ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ރުމާ ފަދައެއްޗެއް ބޭނުންކުރުން، ނުވަތަ ވައިރަސް އާ ތަޣައްޔަރުވެފައިވާ އެއްޗެއް ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑަށް ވާޞިލްވުމުންނެވެ.


ޢަލާމާތްތައް

ފުރަތަމަ ކޮޅު ހުން އައުމާއެކު މިބަލީގެ އަސަރު ކުރާނީ ނޭފަތުގެ ބަތާނަ ނުވަތަ އެތެރޭގެ ތެތް ދުލި ފަށަލަ އަށެވެ. އެއަށްފަހު ވައިރަސް ރެޓިކިއުލޯ އިންޑޯތީލިއަލް ނިޒާމް އަށް ވާޞިލްވެއެވެ. އަދި ލޭގެ ތެރެއަށް ވައިރަސް ފޯރައެވެ. އެއަށްފަހު ވައިރަސް ހަންގަނޑުގެ ދަށުގައި އޭގެ ހިޔާވަހިކަން ހޯދައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ބިހިތަކެއް ހަންގަނޑުގައި ނަގަން ފަށައެވެ. އެއަށްފަހު އެބިހިތައް ފޮޅުތަކަށް ބަދަލުވެ، ފޮޅުތަކަށް ދޮސްއެރި، ފެޅި، ރަގަޅުވާއިރު ދާއިމީ ލަކުނުތަކެއް ހަންގަނޑުގައި ލާފައި ހުރެއެވެ.


ދުނިޔެއިން ފުހެލުން

1980 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިންވަނީ މިބަލި ދުނިޔެއިން ފުހެލާފައެވެ. ނަމަވެސް މިހާރު ވެސް ބައެއް ގައުމުތަކުގައި މިބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑު މީހުންނަށް އެކަމުން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ދީ އުޅެއެވެ. މިގޮތުންދީއުޅޭ ވެކްސިނަށް ކިޔަނީ ކަފް ލިމްފް ވެކްސިން އެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ޢުލޫމުލްއިސްލާމް2010އެމެރިކާބައްރުސެޕްޓެމްބަރު 16ރޫސީއޮގަސްޓު 7ޕޯޗުގަލްޖުލައި 15ނޮވެމްބަރު 16ޑިސެމްބަރު 21ނިއުޒިލޭންޑުފެބްރުއަރީ 19ނަންނުގަތިއެޕްރީލް 6ޢަޤީދާއޮކްޓޫބަރު 30ސޫރިޔާކަޢުބާލީބިޔާއާޖެންޓީނާފެބްރުއަރީ 12މާޓިން ވެން ބިޔުރެންއޭމޮނާކޯކޭޕް ވާޑޭއެއްކައުވަންތަކަންޖުލައި 21ޖުލައި 4ގުއަޓެމާލާއަތްތިލަޓީ ލިމްފަސައިޓްދާނެސްނާމާޖުލައި 12ޖެނުއަރީ 5ޖޫން 3ގޮންޑަވާނާމުޙައްމަދު ޖަމާލުއްދީންމާރޗް 4ޖަރުމަނުވިލާތްކެނެޑާChinaސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)ސްޓްރޯކް ޖެހުންސޮމާލީލޭންޑުކޯނޮވެމްބަރު 15މާރޗް 26އަބޫބަކުރުގެފާނުލެސޯތޯޑިސެމްބަރު 20ނޮވެމްބަރު 20އުތީމު ގަނޑުވަރުމައި ޞަފްޙާސެޕްޓެމްބަރު 26ޖައިނިޒަމްޕޮލެންޑުޑެޑްސީޖެނުއަރީ 7ފާރިސީދީންޑިސެމްބަރު 1އޮގަސްޓު 27ޖުލައި 24ލޯފެބްރުއަރީ 11ހިމަބިހިމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުކެންސަރުރަތުލޯފެބްރުއަރީ 18ދިވެހިރާއްޖެބިންއޮގަސްޓު 19ކޮން ސިންޑްރޯމްޑާކާ🡆 More