ނީޖަރު

ރިޕަބްލިކް އޮފް ނީޖަރަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.

République du Niger
Republic of Niger
ނީޖަރު ނީޖަރު
Flag Coat of arms
Motto: "Fraternité, Travail, Progrès"  ފަންވަތް:Fr icon
"Fraternity, Work, Progress"
Anthem: La Nigérienne
ނީޖަރު
Location of Niger
Capital
and largest city
Niamey
13°32′N 2°05′E / 13.533°N 2.083°E / 13.533; 2.083
Official languages French (Official)
Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national")
Demonym Nigerien
Government Presidential republic
 -  President {{{leader_name1}}}
 -  Prime Ministerleader_name1 m= [Mohamed Bazou]] Ali Badjo Gamatié
Independence from France
 -  Declared August 3, 1960 
Area
 -  Total 1,267,000 km2 (22nd)
489,678 sq mi
 -  Water (%) 0.02
Population
 -  2009 estimate 15,290,000 (64th)
 -  Density 12.1/km2
31.2/sq mi
GDP (PPP) 2008 estimate
 -  Total $10.180 billion
 -  Per capita $739
GDP (nominal) 2008 estimate
 -  Total $5.382 billion
 -  Per capita $391
Gini (1995)50.5
high
HDI (2007)ނީޖަރު 0.340
Error: Invalid HDI value · 182nd
ކަރަންސީ West African CFA franc (XOF)
Time zone WAT (UTC+1)
 -  Summer (DST) not observed (UTC+1)
ޑްރައިވްސް right
Calling code 227
އިންޓަރނެޓް ޓީއެލްޑީ .ne

އަވަސް ކަޅިއަކުން ބަލައިލުމެއް

ނީޖަރުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން ނީޖަރުގެ މީހުންނަށް ކިޔަނީ ނިޖޭރިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ނިއާމޭއެވެ. ނީޖަރުގެ ވެރި ރަށަކީ ވެސް މިއީއެވެ. ނީޖަރަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 64 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.27 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ne. އެވެ. ކޯލިން ކޯޑަކީ +227 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.

ނަން

ނީޖަރުގެ ނަން ނިސްބަތްވަނީ ނީޖަރު ކޯރަށެވެ.

ޖުޣުރާފީ

ނީޖަރުގެ ދެކުނުގައި އޮތީ ނައިޖީރިޔާ އާއި ބެނީންއެވެ. ހުޅަނގުގައި އޮތީ ބުރުކީނާ ފާސޯ އާއި މާލީއެވެ. އުތުރުގައި އޮތީ ޖަޒާއިރާއި ލީބިޔާއެވެ. އިރުމަތީގައި އޮތީ ޗާޑެވެ. ނީޖަރުގެ އޭރިޔާގައި 1.27 މިލިޔަން އަކަކިލޯމީޓަރު ހުންނަ އިރު އޭގެ ތެރެއިން 300 އަކަކިލޯމީޓަރަކީ ފެނެވެ. އެހެން ކަމުން އެމެރިކާގެ ޓެކްސަސްގެ ދެގުނަ ވަރު މުޅީން ނުވެއެވެ. ނީޖަރަކީ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު 22 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. އެއީ ޗާޑަށް ފަހުގައެވެ. ނީޖަރަކީ ސައިޒުގެ ގޮތުގެ އެންގޯލާއާ އެއްވަރުގެ ޤައުމެވެ.

ތާރީޚު

މިއަދު ނީޖަރުގެ ބޮޑުބައެއް އޮތީ ޞަޙަރާގެ ގޮތުގައެވެ. މީގެ އެތައް ހާސް އަހަރެއް ކުރީން ނީޖަރުގެ އުތުރަކީ ދަނޑުވެރިކަމަށް ރަނގަޅު ފެހިކަން ހުރި ބިމެއް ކަމަށް ކަމާބެހޭ ޢިލްމުވެރީން ވިދާޅުވެއެވެ. ޢީސާގެފާނުގެ މީލާދުގެ 10000 އަހަރު ކުރީން ވެސް ނީޖަރުގައި މީހުން ދިރިއުޅުނު ކަމަށް ބެލެވެއެވެ. މީލާދީން 1591 ވަނަ އަހަރު ވެއްޓުނު ސޮންގައި އެމްޕަޔަރ އިންވަނީ 1400 ގެ އަހަރުތަކުގެ ތެރޭގައި މިހާރުގެ ނީޖަރުގެ ބޮޑުބައެއްގެ މައްޗަށް ވެރިކަން ހިންގާފައެވެ. ނީޖަރާއި ހުޅަނގުގެ ޤައުމުތަކާ ގުޅުން ފެށިފައިވަނީ މީލާދީން 19 ވަނަ ޤަރުނުގެ ތެރޭގައެވެ. 1922 ވަނަ އަހަރުގައި ނީޖަރު ފްރެންޗް ކޮލޮނީއަކަށް ވިއެވެ. ފަރަންސޭސި ވިލާތުން މި ތަނުގެ އިދާރީ ކަންތައް ބަލަހައްޓާފައިވަނީ ސެނެގާލުގެ ޑާކާރުގައި ތިއްބަވާ ފަރަންސޭސި ގަވަރުނަރުން މެދުވެރިކޮށެވެ. ނީޖަރަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 3 އޯގަސްޓް 1960 ގައެވެ. އެހެން ކަމުން ފަރަންސޭސީންގެ ދަށުގައި ނީޖަރު މާކަ ގިނަ ދުވަހު ނެތެވެ. މީގެ އެއް ސަބަބަކީ ނީޖަރަކީ އައްސޭރި ފަށުގެ ޤައުމަކަށް ނުވާތީ، ފަރަންސޭސީންނަށް މިތަނާ ކުރީން ގުޅުން އުފެއްދިފައި ނެތުމެވެ. އަނެއް ކަމަކީ އިސްތިޢުމާރުގެ ދަށުގައި ހުރި ތަންތަން ދޫކޮށްލި ވަގުތާ ދެމެދު މާ ގިނަ މުއްދަތެއް ނުލިބުމެވެ.

ޑެމޮގްރަފިކްސް

ނީޖަރުގެ އާބާދީގެ 50% އަށް ވުރެ ގިނަ މީހުންނަކީ ހައުސަ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. ނީޖަރުގެ އެހެން މީހުންނަކީ ނޯމެޑިކް ސަގާފަތެއް ގެންގުޅޭ މީހުންނެވެ. ނީޖަރުގެ އާބާދީގެ 8% މީހުންނަކީ އަޅުވެތިވެފައިވާ މީހުންނެވެ. އެއީ ފަޤީރުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެކެވެ.

ސަގާފަތު

ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައި އޮތް ޤައުމަކަށްވާތީ ފަރަންސޭސި ސަގާފަތުގެ އަސަރުު ވަރަށް ބޮޑަށް ނީޖަރުގެ ސަގާފަތަށް ކޮށްފައިވެއެވެ. ނީޖަރުގެ އާބާދީގެ 90% މީހުންނަކީ މުސްލިމުންނެވެ. މުސްލިމުންގެ އާބާދީގެ 99% މީހުންނަކީ ސުންނީ މުސްލިމުންނެވެ. 1% މީހުންނަކީ ޝީޢީ މުސްލިމުންނެވެ.

އިޤްތިޞާދު

ނީޖަރަކީ ތަރައްޤީ ވަމުން އަންނަ ޤައުމެކެވެ. ނީޖަރުގެ 80% ގައި އޮތީ ޞަޙަރާއެވެ. ޤައުމުގެ އަނެއް 20% އަށް ވެސް ހަނަފަސްކަމުގެ ބިރުވެރިކަން އަންނަނީ ކުރިމަތިވަމުންނެވެ. ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. މި ގޮތުން ރޯ މެޓީރިއަލެއްގެ ގޮތުގައި ބޭރު ކުރަމުންދާ ޔުރޭނިއަމް ފާހަގަކުރެވެއެވެ. މިހުރިހާ ކަމެއް މިހެން ހުރި އިރުވެސް އަދިވެސް ނީޖަރަކީ ދުނިޔޭގެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 739 ޑޮލަރެވެ.

Tags:

ނީޖަރު އަވަސް ކަޅިއަކުން ބަލައިލުމެއްނީޖަރު ނަންނީޖަރު ޖުޣުރާފީނީޖަރު ތާރީޚުނީޖަރު ޑެމޮގްރަފިކްސްނީޖަރު ސަގާފަތުނީޖަރު އިޤްތިޞާދުނީޖަރު

🔥 Trending searches on Wiki ދިވެހިބަސް:

2013ރޭޑިއަސް ކަށިގަނޑުއުތީމު ގަނޑުވަރުއެޕްރީލް 4އޮސްޓްރިއާއިންފްލޭޝަންކޭޕް ވާޑޭފެޓް (މޮނޮއަންސެޗުރޭޓެޑް ފެޓް)ކޮންޕީޓަރުން ތާނަ ލިޔެކިޔުމަށް މަގެއްޖޫން 28ސާކާޓެންޒޭނިއާދިއްލީމާރޗް 11މާރޗް 14އޮކްޓޫބަރު 16އެލްސެލްވަޑޯރު2002އީރާންމާރޗް 1އޮކްޓޫބަރު 12ކިރިގިސްތާންދެކުނު އެފްރިކާފިޖީވިއެޓުނާމުތިކިޖެހި ތާނައޭގޮންޑަވާނާޗެސްޓަރ އެލާން އަރތަރފެބްރުއަރީ 5ޕޯޗުގީޒުހަންގޭރީކަޒިރަންގާ ގައުމީ ޕާރކްއިސްރާއީލުދިމިޝްޤުވިޓަމިން ބީ6އިންޑިޔާޖެނުއަރީ 22އިނގިރޭސިވިލާތްޖެނުއަރީ 24How to read Thaana scriptސޫރިޔާއެޕްރީލް 16މަސްނޮވެމްބަރު 12އޮގަސްޓު 11ޖުލައި 21ޢުމަރު ޔަރުޢަދުއާސުރިނާމްއެކުވެރި ދައުލަތްތައްކާލް ފްރީދްރީޝް ގައުސްހޮންކޮންގުޖުލައި 24މިލާރޑް ފިލްމޯރޖުލައި 9މެންކޫރީ ޕިރަމިޑްމަސީހީދީންލޭހޮޅިގުރަންދަނާމާހަރިޔާނާފެބްރުއަރީ 21ރާޒުވާޤަޠަރުފްރެންކްލިން ޑިލާނޯ ރޫޒަވެލްޓްސަންތި ހެލީނާޑޭވިޑް ވުޑާޑްއިސްޕެއިންއެޕްރީލް 14ބިލް ކްލިންޓަންޕެރޫސެރެލިއޯންޖުލައި 2އެޕްރީލް 18ބަލްގޭރިއާ🡆 More